ހެލްތް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް ކުރީގެ ސިޓީސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރުގެ އަނބިކަނބަލުން ޒީނާޒް އަދުނާން އައްޔަނުކޮށްފިއެވެ.
ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ޒީނާޒް އައްޔަނުކޮށްފައި ވަނީ މި މަހުގެ ހަތަރުވަނަ ދުވަހުގައެވެ. ހެލްތް މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި، މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ހެލްތް މިނިސްޓްރީގެ ޖެންޑަރ އާ ބެހޭ ޑިޕާޓްމަންޓްގައި ޒީނާޒް ވަނީ މަސައްކަތްކުރައްވަން ފައްޓަވައިފައެވެ.
ޒީނާޒް އަކީ މީގެކުރިން ކުޑަކުދިންގެ ހިޔާގެ ސީއީއޯގެ މަގާމުގެ ފުރުއްވުމުގެ އިތުރުން ތައުލީމީ ދާއިރާގައި ވެސް މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.
މީގެ އިތުރުން އޭނާ ވަނީ ވެރިކަންކުރާ ޕާޓީ، ޕީއެންސީގެ އެސްޖީކަން ވެސް ކުރައްވައިފައެވެ.













