Wednesday, 9 September 2026
Ads by

ކަނޑުމަގުން މުދާ ބޭރުކުރުމުގެ މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަސް ހޭދަވާކަމަށް ކަސްޓަމްސްގެ ދިރާސާއަކުން ދައްކައިފި

ކަނޑުމަގުން މުދާ ބޭރުކުރުމުގެ މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަސް ހޭދަވާކަމަށް ކަސްޓަމްސްގެ ދިރާސާއަކުން ދައްކައިފި

ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގައި ފުރިހަމަކުރަންޖެހޭ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް މިހާރު 10 ދުވަސް ހޭދަވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ކަސްޓަމްސްއިން ކުރިއަށްގެންދިޔަ ދިރާސާއެއްގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ”ޓައިމް ރިލީޒް ސްޓަޑީ 2025“ ރިޕޯޓުގައެވެ.

Ad Image
Ads by

މި ދިރާސާގައި ބަލާފައިވަނީ ކަސްޓަމްސް ޑިކްލަރޭޝަން ހުށަހަޅާ ވަގުތުން ފެށިގެން، މުދާ ބަރުކޮށްގެން ބޯޓު ފުރާ ވަގުތާ ހަމައަށް ހޭދަވާ ވަގުތަށެވެ. ރިޕޯޓުގައިވާ ގޮތުން، މި މުޅި މަރުހަލާ ފުރިހަމަކުރުމަށް އެވްރެޖްކޮށް 10 ދުވަހާއި، 10 ގަޑިއިރާއި، 14 މިނެޓު ހޭދަވެއެވެ.

ކަސްޓަމްސްއިން ފާހަގަކުރި ގޮތުގައި، މި ދިރާސާގެ ހޯދުންތަކުގެ އަލީގައި އިދާރީ އިސްލާހުތަކާއި ޑިޖިޓަލް ނިޒާމުތައް މެދުވެރިކޮށް، މުދާ ފޮނުވުމުގައި ހިނގާ ވަގުތު ކުރުކުރެވޭނެ ގޮތްތައް ދެނެގަނެވޭނެއެވެ.

ދިރާސާގެ ތަފްސީލީ ހިސާބުތަކަށް ބަލާއިރު، ޑިކްލަރޭޝަން ހުށަހަޅާ ވަގުތުން ފެށިގެން އެސެސްމަންޓްގެ މަސައްކަތް ނިމުމާ ހަމައަށް ގާތްގަނޑަކަށް 15 ގަޑިއިރާއި 6 މިނެޓު ހޭދަވެއެވެ. އަދި ފައިސާ ދެއްކުމުގެ މަރުހަލާއަށް އިތުރު 17 ގަޑިއިރާއި 31 މިނެޓު ހޭދަވާކަމަށް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، އޮފް-ޝޯ ރިކުއެސްޓަށް 1 ދުވަހާއި 16 ގަޑިއިރާއި 55 މިނެޓު ހޭދަވާއިރު، އޮފް-ޝޯ އެޕްރޫވަލްއަށް 1 ދުވަހާއި 9 ގަޑިއިރާއި 47 މިނެޓް ހޭދަވެއެވެ. މުދާ ބަލައި ފާސްކުރުމުގެ މަރުހަލާގައި ސަރުކާރުގެ އެކި އިދާރާތަކުން ކުރަންޖެހޭ އިންސްޕެކްޝަންތައް ނިންމުމަށް އެވްރެޖްކޮށް 1 ދުވަހާއި 9 ގަޑިއިރާއި 35 މިނެޓު ހޭދަވެއެވެ.

ކަސްޓަމްސްގެ ރިޕޯޓުގައިވާ ގޮތުން، ބުކިން ފޯމަށް ހުއްދަ ލިބުމަށް ގާތްގަނޑަކަށް 1 ދުވަހާއި 13 ގަޑިއިރާއި 57 މިނެޓު ހޭދަވާ ނަމަވެސް، މުޅި ސިލްސިލާގައި އެންމެ ގިނަ ވަގުތު ހޭދަވަނީ އެންމެ ފަހު މަރުހަލާ ކަމަށްވާ މުދާ ބަރުކޮށް ބޯޓު ފުރުމުގެ މަރުހަލާގައެވެ. މި މަރުހަލާއަށް އެކަނިވެސް 2 ދުވަހާއި، 12 ގަޑިއިރާއި، 3 މިނެޓު ހޭދަވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި