Wednesday, 9 September 2026
Ads by

ހުޅުމާލެ ފިޔަވަހި ތިނެއްގެ ބިނާވެށި ތަރައްގީކުރަން ޗައިނާގެ ސީއެމްއީސީއަށް

ހުޅުމާލެ ފިޔަވަހި ތިނެއްގެ ބިނާވެށި ތަރައްގީކުރަން ޗައިނާގެ ސީއެމްއީސީއަށް

ހުޅުމާލެ ފިޔަވަހި ތިނެއްގެ ބިނާވެށި ތަރައްގީކުރަން ޗައިނާގެ ސީއެމްއީސީ އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން - ފޮޓޯ:އެޗްޑީސީ

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިނާވެށި ތަރައްގީކުރަން ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޮންސްޓްރަކްޝަން (ސީއެމްއީސީ) އާއެކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

Ad Image
Ads by

ސީއެމްއީސީ އާއެކު އަންގާރަ ދުވަހު ސޮއިކުރި އެމްއޯޔޫ އާ ގުޅޭގޮތުން އެޗްޑީސީން ބުނެފައި ވަނީ މި އެއްބަސްވުމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކްގެ މަސައްކަތް ފުރިހަމަކުރާނެ ކަމަށެވެ. އަދި އެ ސަރަހައްދުގައި ގިގަބިޓް ޕެސިވް އޮޕްޓިކް ނެޓްވޯކް (ޖީޕޮން) އަޅާނެ ކަމަށް އެޗްޑީސީން ބުނެއެވެ. މިއީ ފޯނާއި އިންޓަނެޓް ފަދަ ހިދުމަތްތައް ގޭގެއަށް ގުޅައިދިނުމަށް ބޭނުންކުރާ ނެޓްވޯކެވެ.

އެޗްޑީސީން ބުނީ މި މަސައްކަތްތަކުގެ އިތުރުން އެ ފިޔަވަހީގެ މަގުތައް ވެސް ތަރައްގީކުރާނެ ކަމަށެވެ. މަގުތައް ތަަރައްގީކުރާނީ އަލިފާނުގެ ހާދިސާތަކުންނާއި ފެނާއި ނަރުދަމާގެ ނިޒާމު އިތުރަށް ފުރިހަމަ ވާނެ ގޮތަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތަރައްގީކުރުމަށް ނިންމާފައިވާ ރަސްމާލެ އަދި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ތަރައްގީކުރަން ފެށި ގުޅިފަޅުގައި ބައެއް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައި ވަނީ ވެސް ސީއެމްއީސީ އަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި