Sunday, 26 July 2026
Ads by

ވޯލްޑް ކަޕް 2026: މެޗުގެ ފަހު ވަގުތު ކޫކީ ކާމިޔާބުކުރި ލަނޑުން ޤަތަރާއި ސްވިޒަލެންޑް އެއްވަރުވެއްޖެ

ވޯލްޑް ކަޕް 2026: މެޗުގެ ފަހު ވަގުތު ކޫކީ ކާމިޔާބުކުރި ލަނޑުން ޤަތަރާއި ސްވިޒަލެންޑް އެއްވަރުވެއްޖެ

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ޤަތަރާއި ސްވިޒަލެންޑް ބައްދަލުކުރި ފޯރިގަދަ މެޗުގެ ތެރެއިން.. ފޮޓޯ / އަލް-ޖަޒީރާ

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ޤަތަރާއި ސްވިޒަލެންޑް ބައްދަލުކުރި ފޯރިގަދަ މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

Ad Image
Ads by

މެޗުގެ ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 16 ވަނަ މިނެޓުގައި ޤަތަރުގެ މަހުމޫދު އަބޫނަދާއަށް ވަނީ ރީނދޫ ކާޑެއް ދައްކާފައެވެ. އޭގެ އެއް މިނެޓު ފަހުން، މެޗުގެ 17 ވަނަ މިނެޓުގައި ސްވިޒަލެންޑަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްދީ ބްރީލް އެމްބޯލޯ ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ.

ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު 1-0 އިން ސްވިޒަލެންޑް ކުރީގައި އޮތްއިރު، މި ހާފުގައި ސްވިޒަލެންޑްގެ ޑެނިސް ޒަކަރިއާއަށާއި ޤަތަރުގެ ޖާސިމް ޤާބިރަށް ވަނީ ރީނދޫ ކާޑު ދައްކާފައެވެ.

މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ގިނަ ބަދަލުތަކެއް ފެނިގެންދިޔައެވެ. އެގޮތުން ޤަތަރުގެ ތަޖުރިބާކާރު ކުޅުންތެރިޔާ ޙަސަން އަލް ހައިދޯސްއާއި އަޙްމަދު އަލާ ފަދަ ކުޅުންތެރިން ކުޅުމަށް ނުކުތެވެ. ސްވިޒަލެންޑުންވެސް ވަނީ އެ ޓީމުގެ ބައެއް މުހިންމު ކުޅުންތެރިން ބަދަލުކޮށްފައެވެ.

މެޗުގެ ނަތީޖާ ޤަތަރަށް ހަމަހަމަ ކުރެވުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރުވަގުތުގެ ގޮތުގައި ދެއްކި 4 މިނެޓުގެ ތެރެއިން ފަހު މިނެޓުގައެވެ. ހުމާމް އަލް އަމީން ނަގައިދިން ހުރަހަކުން، ބޫލަމް ކޫކީ ވަނީ ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައި ޤަތަރަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި ނަތީޖާއާއެކު ދެ ޓީމަށްވެސް ވަނީ ޕޮއިންޓެއް ލިބިފައެވެ. މިއީ މެޗުގެ އެންމެ ފަހު ވަގުތާ ހަމައަށް ހިތްވަރު ދޫނުކޮށް ޤަތަރުން ކުރި މަސައްކަތުން ހޯދި މުހިންމު ނަތީޖާއެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި