Wednesday, 9 September 2026
Ads by

މީދޫ ބައި-އިލެކްޝަން: ކައުންސިލް ރައީސްގެ ގޮނޑިއާއެކު، އެމްޑީއޭގެ ކުލަ ފޮހެލާ ވިލުނޫ ކުލައަށް !

މީދޫ ބައި-އިލެކްޝަން: ކައުންސިލް ރައީސްގެ ގޮނޑިއާއެކު، އެމްޑީއޭގެ ކުލަ ފޮހެލާ ވިލުނޫ ކުލައަށް !

މީދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުވި ސުހާ---

ލޯކަލް ކައުންސިލް އިންތިހާބުގައި ދ. މީދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަ ކުރެއްވި ދެ ކެނޑިޑޭޓުން އެއްވަރުވުމުގެ ސަބަބުން މިއަދު ނެގި އިތުރު ބުރުގެ ވޯޓު ވެރިކަންކުރާ ޕާޓީ ޕީއެންސީގެ ކެނޑިޑޭޓް ސުހާ އިބްރާހީމް ކާމިޔާބުކޮށްފިއެވެ.

Ad Image
Ads by

ސުހާ މި އިންތިހާބު ކާމިޔާބުކޮށްފައިވަނީ އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު ޝާހިދާ ވާދަކޮށެވެ. ވޯޓުގެ ރަސްމީ ނަތީޖާ ލިބިފައި ނުވި ނަމަވެސް މީދޫގައި ބަހައްޓާފައިވާ ދެ ފޮއްޓާއި މާލޭގައި ބެހެއްޓި ފޮށީގެ ނަތީޖާއަށް ބަލާއިރު ސުހާ ވަނީ އެ އިންތިހާބު ކާމިޔާބުކޮށް، އެ ރަށު ކައުންސިލްގެ ރައީސްކަން ކަށަވަރުކުރައްވައިފައެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެފަހުން އާންމުކޮށްފައިވާ އަދާހަމައަށް ބަލައިލާއިރު މި އިންތިހާބުގައި މިހާތަނަށް 890 މީހުން ވަނީ ވޯޓުލައިފައެވެ. އެއީ 398 އަންހެނުންނާއި 492 ފިރިހެނުންނެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 1،049 މީހަކަށެވެ.

ދ. މީދޫ ކައުންސިލް ރައީސް މަގާމަށް މީހަކު އިންތިހާބު ކުރުމަށް އިތުރުބުރެއް ބާއްވަން ޖެހުނީ ދ. މީދޫ ކައުންސިލްގެ ރައީސްގެ ނަތީޖާ އެއް ވޯޓުގެ ތަފާތެއްގައި އޮއްވާ އިތުރު ވޯޓެއް ސައްހަ ކަމަށް ހައި ކޯޓުން ހުސްވި މެއި މަހުގެ 14 ވަނަ ދުވަހު ކުރި ހުކުމާއި ގުޅިގެންނެވެ. މި މައްސަލަ ހައި ކޯޓަށް ހުށަހެޅީ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމެވެ.

މި މައްސަލަ ސުހާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅީ، އޭނާއަށް ލިބުނު ދެ ވޯޓެއް ގޯސްކޮށް ބާތިލްކުރި ކަމަށް ބުނެއެވެ. ހައި ކޯޓުން ކޮށްފައިވާ ހުކުމުގައިވަނީ ދެ ވޯޓުގެ ތެރެއިން އެއް ވޯޓު ބާތިލްކުރީ ގޯސްކޮށް ކަމަށެވެ. އެ ވޯޓުގައި ހެޔޮ ފާހަގައިގެ މަތިން ފަވާފައިވީ ނަމަވެސް އިތުރު ފާހަގައެއް ނުވަތަ ނިޝާނެއް ވޯޓު ކަރުދާހުގައި ނެތުމުން އެއީ ސައްހަ ވޯޓެއް ކަމަށާއި ނަމަވެސް ދެވަނަ ވޯޓު ކަރުދާހުގައި ކެންޑިޑޭޓުގެ ނަމާ ދިމާލަށް ޖަހާފައިވާ ހެޔޮ ފާހަގައިގެ އިތުރުން އިތުރު ފާހަގައެއް އޮތުމުން އެއީ ބާތިލް ވޯޓެއް ކަމަށް ނިންމި ނިންމުން ރަނގަޅު ކަމަށް ކޯޓުގެ ހުކުމުގައިވެއެވެ.

މިދިޔަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މީދޫ ކައުންސިލްގެ ރައީސް ކަމަށް ވެރިކަން ކުރާ ޕާޓީ ޕީއެންސީންނާއި އެމްޑީއޭގެ އިތުރުން އަމިއްލަ ކެންޑިޑޭޓަކު ވާދަކޮށްފައިވާއިރު، 392 ވޯޓާއިއެކު ހޮވުނީ އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު ޝާހިދުއެވެ. ޕީއެންސީގެ ކެންޑިޑޭޓް ސުހާއަށް ލިބިފައިވަނީ 391 ވޯޓެވެ.

މި އިންތިހާބުން ސުހާ ހޮވިފައިވާއިރު، މީދޫ ކައުންސިލްގެ މެމްބަރަކަށް ވެސް ހޮވިފައިވަނީ ޕީއެންސީގެ ހުސައިން ރަޝީދެވެ. އޭނާ އެ އިންތިހާބު ކާމިޔާބުކޮށްފައިވަނީ އެމްޑީއޭގެ މުހައްމަދު ތައުފީގުއާއި ވާދަކޮށް 42 ވޯޓުން ކުރި ހޯއްދަވައިގެންނެވެ.

އަދި މީދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި ވެސް ކާމިޔާބުކޮށްފައިވަނީ ޕީއެންސީގެ ކެންޑިޑޭޓެވެ. ޕީއެންސީގެ މިސްކާ އަބްދުލް ރަހްމާން އެ އިންތިހާބު ކާމިޔާބުކޮށްފަިއވަނީ އެމްޑީއޭގެ އާމިނަތު މައުރީންއާއި ވާދަކޮށް 94 ވޯޓުން ކުރި ހޯއްދަވައިގެންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި