Sunday, 26 July 2026
Ads by

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވައި ބޭނުންކުރަން ފަށައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވައި ބޭނުންކުރަން ފަށައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވުމަށް ބޭއްވި ޖަލްސާގެ ތެރެއިން--- ފޮޓޯ: ޕީއެސްއެމް

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވައި ބޭނުންކުރަން ފަށައިފިއެވެ.

Ad Image
Ads by

މިކަމަށްޓަކައި އިއްޔެ ރޭ އެ ފިހާރައިގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ފްލޯ ހުޅުއްވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދެވެ. އެ ރަސްމިއްޔާތުގައި ޗައިނާގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ”ސުންމީ“ ބްރޭންޑްގެ އުފެއްދުންތައް ވެސް ވަނީ ތައާރަފްކޮށްފައެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހާއްސަކޮށްފައިވަނީ ހޯމް އިމްޕްރޫވްމަންޓް ސާމާނުގެ އިތުރުން ގޭތެރެ ރީތިކުރުމަށް ބޭނުންވާ ސާމާނުތަކަށެވެ. އެ ތަނުގައި ޕްރޮކިޔޯ ޕްލަސް އަދި ޕީކަބޫގެ އައުޓްލެޓަކާއި ރެއިމްބޯ ހޯމް އިމްޕްރޫވްމަންޓްގެ ޑިސްޕްލޭ ޒޯނެއް ވެސް ހުރެއެވެ. މީގެ އިތުރުން ދިވެހިންގެ މެދުގައި މަޝްހޫރު ކޮފީ ބީންސް އެންޑް ޓީ ލީވްސްގެ އައުޓްލެޓެއް ވެސް ފުރަތަމަ ފަންގިފިލާގައި ވަރަށް އަވަހަށް ހުޅުވަން ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި އަލަށް ހުޅުވި ފަންގިފިލާގައި މިހާރު ވެސް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ވިއްކަމުންދާ މަގުބޫލު ބްރޭންޑްތައް ކަމަށްވާ ފިލިޕްސް، ރަސެލްހޮބްސް، އެލްޖީޓިވީ އަދި ޑައިސަންގެ ތަފާތު އެކި ސާމާނުތައް ހުރެއެވެ. ހަމައެހެންމެ، މި ފަންގިފިލާގައި ކުޑަކުދިން ގޮވައިގެން ވިޔަފާރިކުރަން ދާ ފަރާތްތަކަށް، އެ ކުދިން ބައިތިއްބާނެ ކިޑްސް ކޯނާއެއް ވެސް ހާއްސަކޮށްފައިވެއެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސްއަކީ ރާއްޖެއަށް ސުޕަރމާކެޓް ކޮންސްޕްޓް ތައާރަފް ކުރި ފުރަތަމަ ފިހާރައެވެ. މި ފިހާރައިން ކާބޯތަކެތިން ފެށިގެން ހޯމް އިމްޕްރޫވްމަންޓު ސާމާނާއި ކޮސްމެޓިކްސް ވެސް ލިބެން ހުންނަކަން ފާހަގަކޮށްލަންޖެހެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި