Wednesday, 9 September 2026
Ads by

ވޯލްޑްކަޕް 2026: ޕެރަގުއޭގެ މައްޗަށް އެމެރިކާއިން ކުރި ހޯދީ 4-1 ގެ ނަތީޖާއަކުން

ވޯލްޑްކަޕް 2026: ޕެރަގުއޭގެ މައްޗަށް އެމެރިކާއިން ކުރި ހޯދީ 4-1 ގެ ނަތީޖާއަކުން

ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ކާމިޔާބު ކުރުމަށްފަހު، އެމެރިކާގެ ފޯލަރިން ބަލޯގުން އުފާފާޅުކުރަނީ [ފޮޓޯ: ޑޭވް ބާނަލް/ގެޓީ އިމޭޖަސް]

2026 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕް ބާއްވާ ތިން ގައުމުގެ ތެރެއިން އެމެރިކާގައި ކުޅުނު ފުރަތަމަ މެޗުގައި، އެމެރިކާއިން ޕެރަގުއޭގެ މައްޗަށް 4-1 ގެ ބޮޑު މޮޅެއް ހޯދައިފިއެވެ.

Ad Image
Ads by

ލޮސް އެންޖެލިސްގައި ރޭ ކުޅުނު މި ފޯރިގަދަ މެޗުގައި އެމެރިކާގެ ފަރާތުން ފެނިގެންދިޔައީ އާދަޔާ ހިލާފު މޮޅު ކުޅުމެކެވެ. މެޗު ފެށިގެން ހަތްވަނަ މިނެޓުގައި ޕެރަގުއޭގެ ޑަމިއަން ބޮބަޑިލާ އަތުން ބައިކޮޅަށް ވަން ލަނޑަކުން އެމެރިކާއަށް ކުރިލިބުނެވެ. މި ލަނޑު ފެނިގެންދިޔައީ އެމެރިކާގެ ތަރި ކްރިސްޓިއަން ޕުލިސިޗް އާއި ވެސްޓަން މެކެނީ ގުޅިގެން އުފެއްދި ރީތި ހަމަލާއަކަށްފަހުއެވެ.

މުޅި މެޗު ޑޮމިނޭޓްކޮށްގެން ކުޅުނު އެމެރިކާ ޓީމަށް ފޮލަރިން ބަލޮގަން ވަނީ ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖިއޯ ރޭނާ ވަނީ ހިތްގައިމު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 4-1 އަށް ބަދަލުކޮށްލާފައެވެ. ޕެރަގުއޭގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މައުރީސިއޯ އެވެ.

މި މެޗު ބަލަން ދަނޑަށް ވަން 70,492 މީހުންގެ ތެރޭގައި ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ޓޮމް ކްރޫޒް، ލިއޮނާޑޯ ޑިކެޕްރިއޯ އަދި ޕެރިސް ހިލްޓަން ހިމެނެއެވެ.

މި މޮޅާއެކު ގްރޫޕް ޑީގައި ހިމެނޭ އެމެރިކާއަށް ވަނީ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ބޮޑުވެފައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ އޮސްޓްރޭލިއާ އާއި ތުރުކީ އެވެ.

މެޗުގެ ފުރަތަމަ ހާފަށްފަހު އެމެރިކާގެ މުހިންމު ކުޅުންތެރިޔާ ކްރިސްޓިއަން ޕުލިސިޗް ބަދަލުކުރުމަކީ އެމެރިކާގެ ސަޕޯޓަރުންނަށް ކޮންމެވެސް ވަރެއްގެ ކަންބޮޑުވުމެއް ލިބުނު ކަމެކެވެ. 2002 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް މުބާރާތުގެ ކުއާޓާ ފައިނަލާ ހަމައަށް ދިއުމަށް އުންމީދުކުރާ އެމެރިކާ ޓީމަށް ޕުލިސިޗް އަކީ ވަރަށް މުހިންމު ކުޅުންތެރިއެކެވެ.

މެކްސިކޯ އާއި ކެނެޑާއާއެކު މިފަހަރުގެ ވޯލްޑްކަޕް ބާއްވާ އެމެރިކާއިން މިވަނީ އަމިއްލަ ފަސްގަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި ސަޕޯޓަރުން އުންމީދުކުރި ފަދަ ފުރިހަމަ ނަތީޖާއެއް ހޯދާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
DSC_1135
އުމުރު ހަމަވާ އުޅަނދުތަކަށް އެކަށީގެންވާ ބަދަލެއް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ: ސަޢީދު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި