Wednesday, 9 September 2026
Ads by

އެމްޑީޕީގެ އާ ޗެއާޕާސަންއަކަށް ނަޝީދު އިންތިޚާބުވުމާ ގުޅިގެން އިބޫ ސޯލިހު މަރުހަބާ ވިދާޅުވެއްޖެ

އެމްޑީޕީގެ އާ ޗެއާޕާސަންއަކަށް ނަޝީދު އިންތިޚާބުވުމާ ގުޅިގެން އިބޫ ސޯލިހު މަރުހަބާ ވިދާޅުވެއްޖެ

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ކާމިޔާބު ކުރައްވައި، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް އިންތިޚާބުވެވަޑައިގަތް މުޙައްމަދު ނަޝީދަށް، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އިބޫ ސޯލިހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ކާމިޔާބު ކުރެއްވި މުޙައްމަދު ނަޝީދަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި މިވަގުތަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި އެމްޑީޕީން ކުރަންޖެހޭ ސިޔާސީ މަސައްކަތްތައް ވަރަށް ގިނަވެފައިވާ ވަގުތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިބޫ ސޯލިހު ވިދާޅުވި ގޮތުގައި، މި މަސައްކަތްތައް ކުރުމުގައި އާ ޗެއާޕާސަންގެ ތަޖުރިބާގެ އަލީގައި ކުރިއަށް ވަޑައިގަންނަވާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.

މީގެ އިތުރުން، މި އިންތިޚާބުގައި ނަޝީދާ ވާދަކުރެއްވި މީކާއީލް ނަސީމް ކުރެއްވި މަސައްކަތްތަކަށް ވެސް އިބޫ ސޯލިހު ވަނީ ތައުރީފު ކުރައްވާފައެވެ. މީކާއީލްގެ މަސައްކަތްތައް ވަރަށް ކައިރިން ދުށް މީހެއްގެ ހައިސިއްޔަތުން މަރުހަބާ ދަންނަވަމުން، ރައީސް ސޯލިހު ވިދާޅުވީ މީކާއީލްގެ ސިޔާސީ މުސްތަގުބަލު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށެވެ.

މި އިންތިޚާބާ ގުޅޭގޮތުން އިބޫ ސޯލިހު އިތުރަށް ވިދާޅުވީ، މިއީ އެމްޑީޕީގެ އެތެރޭގެ ޑިމޮކްރެސީ ފައްކާވެ ފުރިހަމަވަމުން އަންނަކަމުގެ ހެއްކެއް ކަމަށެވެ. އަދި ޕާޓީއާއިގެން ކުރިއަށްދާންވީ އެންމެން އެކުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި