Sunday, 26 July 2026
Ads by

ތަފާސް ހިސާބުން މީކާއިލް މޮޅުވި ކަމަށް ބުނެފައިވަނިކޮށް، ބޮޑު ތަފާތަކުން އެމްޑީޕީ ޗެއާޕާސަން ކަމަށް ނަޝީދު

ތަފާސް ހިސާބުން މީކާއިލް މޮޅުވި ކަމަށް ބުނެފައިވަނިކޮށް، ބޮޑު ތަފާތަކުން އެމްޑީޕީ ޗެއާޕާސަން ކަމަށް ނަޝީދު

ދިވެހިރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ބޮޑު ތަފާތަކުން ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. މުޅި ރާއްޖޭގައި ކުރިއަށްދިޔަ މި ފޯރިގަދަ އިންތިޚާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން، ރައީސް ނަޝީދު ވަނީ މީކާއިލްގެ މައްޗަށް 6 ހާސް ވޯޓުގެ ތަފާތުން، ކުރީގައި އޮވެ، ބޮޑު އަޣުލަބިއްޔަތެއް ހޯއްދަވާފައެވެ.

Ad Image
Ads by

މި އިންތިޚާބުގައި ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް، މިރޭގެ ވަގުތެއްގައި ވިދާޅުވީ އިންތިޚާބުގެ މިހާތަނަށް ލިބިފައިވާ ތަފާސްހިސާބުތަކުން ކުރީގައި އުޅުއްވަނީ އޭނާ ކަމަށެވެ. ނަމަވެސް އިންތިޚާބުގެ އިންސާފުވެރިކަމާ މެދު އޭނާ ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރައްވާފައެވެ. އެގޮތުން އިންތިޚާބުގެ ތެރެއިން ވަރަށް ހިތާމަވެރި ކަންކަން ފެންނަމުންދާކަން މީކާއިލް ފާހަގަކުރެއްވިއެވެ. އެގޮތުން ބައެއް ރަށްރަށުގައި އޭނާގެ މަންދޫބުންނަށް ގަސްދުގައި ފާސް ދޫނުކޮށް ވޯޓުލުން ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، ބައެއް ރަށްރަށުގައި ވޯޓު ފޮށި ފަޅާލާފައި ހުއްޓާ އެ ފޮއްޓަށް ވޯޓުލާން މަޖުބޫރުކޮށްފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

މީކާއިލްގެ މި ތުހުމަތުތަކަށް ފަހުވެސް، ވޯޓުލުން އިތުރު ބައި ގަޑި އިރަށް ދަންމައިގެން ނަޝީދު މިވަނީ މި އިންތިޚާބު ބޮޑުކޮށް ނަގާފައެވެ. މި ކާމިޔާބީއާ ގުޅިގެން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ ރައީސް ނަޝީދަށާއި އެމްޑީޕީގެ އާންމު މެންބަރުންނަށް މަރުހަބާ ވިދާޅުވެފައެވެ. ފައްޔާޒް ވިދާޅުވީ، މާތް اللهގެ ވާގިފުޅާއެކު ކާމިޔާބަށް ވާސިލުވެވިއްޖެ ކަމަށާއި، މި ލިބުނު ކުޑަ ދުވަސްކޮޅު ތެރޭގައި މުޅި ރާއްޖޭގައި ”ރީނދޫ ލަޝްކަރު“ ރުކުރުވާލެވިފައި އޮތް މަންޒަރު ފެނުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މި ކެމްޕޭނުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ކެމްޕޭން ޓީމަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އިންތިޚާބުގައި ވޯޓު ދެއްވި ހުރިހާ މެންބަރުންނަށް ޚާއްޞަ ޝުކުރެއް އަދާކުރައްވަމުން ފައްޔާޒް ވިދާޅުވީ، ޕާޓީގެ މެންބަރުން މިއަދު ސާބިތުކޮށްދެއްވީ ޕާޓީގެ މިސްރާބު ކަނޑައަޅައިދޭ ވިންދަކީ އާންމު މެންބަރުން ކަމަށެވެ. ”ހިތަށް ވީ ތަދުގެ ބަދަލު ހޯދުމަށް ވުރެ މި ރާއްޖެ އިސްކޮށް ތިޔަ ދެއްވީ މުހިންމު ވޯޓެއް،“ އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމާއި ކެމްޕޭން ޓީމުން ދެއްކި ހިތްވަރަށް ފައްޔާޒް ވަނީ ސާބަސް ދެއްވާފައެވެ. އޭނާ އިތުރަށް ވިދާޅުވީ، ދެން އޮތް އެންމެ މުހިންމު މަސައްކަތަކީ އެކުގައި ނުކުމެ މިހާރު އޮތް ސަރުކާރު ބަލިކުރުން ކަމަށާއި، ބަދަހި ސަފުތަކަކާއެކު އެ މަސައްކަތް ކާމިޔާބު ކުރާނެ ކަމަށެވެ.

ފައްޔާޒްގެ މެސެޖު ނިންމާލައްވަމުން ވިދާޅުވީ، އެމްޑީޕީގެ މެންބަރުން ތިބީ ބޮޑު ބަދަލަކަށް ތައްޔާރަށްކަން މިއަދު ސާބިތުކޮށްދީފި ކަމަށެވެ. އަދި ރައީސް ނަޝީދަށް ދެއްވި ވޯޓާއެކު ރާއްޖެއަށް ”ބޮޑު ބަދަލު“ ގެނައުމުގެ މަސައްކަތް މިއަދު ފެށިގެން ދިޔައީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި އިންތިޚާބަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެމްޑީޕީ ތައްޔާރުވުމުގެ ގޮތުން ބޭއްވުނު ވަރަށް މުހިންމު ހަރަކާތެކެވެ. ރައީސް ނަޝީދުގެ މި ކާމިޔާބީއާއެކު، ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ސިޔާސީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި