Sunday, 26 July 2026
Ads by

ވޭތުވެދިޔަ އެއް އަހަރު ތެރޭގައި 13,000 އަށްވުރެ ގިނަ ’ޓެރަރިސްޓުން‘ މަރާލައިފިން: ނައިޖީރިއާގެ ރައީސް

ވޭތުވެދިޔަ އެއް އަހަރު ތެރޭގައި 13,000 އަށްވުރެ ގިނަ ’ޓެރަރިސްޓުން‘ މަރާލައިފިން: ނައިޖީރިއާގެ ރައީސް

ނައިޖީރިއާގެ އަސްކަރިއްޔާއިން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި 13،000 އަށްވުރެ ގިނަ ”ޓެރަރިސްޓުން“ ނައްތާލާފައިވާ ކަމަށް އެ ގައުމުގެ ރައީސް ބޯލާ އަހުމަދު ޓިނޫބޫ އިޢުލާން ކުރައްވައިފިއެވެ. އޭނާ މިކަން ހާމަކުރެއްވީ އެ ގައުމުގައި ހަތިޔާރު އެޅި ޖަމާއަތްތަކުންނާއި ކުށްވެރިވާ ގޭންގުތަކުން މީހުން ވަގަށް ނެގުމާއި ބޮޑެތި ހަމަލާތައް ދެމުންދާ ދަނޑިވަޅެއްގައެވެ.

Ad Image
Ads by

ހުކުރު ދުވަހު ގައުމާ މުޚާތަބު ކުރައްވައި ދެއްވި ޓީވީ މެސެޖެއްގައި ރައީސް ޓިނޫބޫ ވިދާޅުވީ، 2023 ވަނަ އަހަރު އޭނާ ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން، ހަތިޔާރު އެޅި ހަނގުރާމަވެރިންނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި މަރުވާ މީހުންގެ އަދަދު 81 އިންސައްތަ ދަށްވެފައިވާ ކަމަށެވެ. އަދި ”އޮޕަރޭޝަން ސޭފް ކޮރިޑޯ“ ގެ ދަށުން 124،000 ހަނގުރާމަވެރިންނާއި އެމީހުންގެ އާއިލާތަކުން ހަތިޔާރު ބަހައްޓައި އަމާންދީފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މިއީ ހަތިޔާރު ބަހައްޓާ މީހުން އަލުން މުޖުތަމައަށް ނެރުމަށް ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމެެއް ގޮތުގައި ސިފަކުރެއްވިއެވެ.

ރައީސް ޓިނޫބޫގެ މި ތަގުރީރަކީ ނައިޖީރިއާގެ ”ޑިމޮކްރަސީ ޑޭ“ ފާހަގަކުރުމުގެ ގޮތުން ދެއްވި ތަގުރީރެކެވެ. މި ދުވަހަކީ 1999 ވަނަ އަހަރު އެ ގައުމުގައި އަސްކަރީ ވެރިކަން ނިމުމަކަށް އައިސް، ޑިމޮކްރަސީ އިއާދަވި ދުވަހެވެ.

ނަމަވެސް، ރައީސްގެ ތަގުރީރުގައި ކާމިޔާބީގެ ވާހަކަތައް ހިމެނުނު ކަމުގައިވީ ނަމަވެސް، އެފްރިކާގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު އޮތް ނައިޖީރިއާ އަދިވެސް އޮތީ ސަލާމަތީ ގޮތުން ބޮޑު ނުރައްކަލެއްގެ ތެރޭގައެވެ. އައި.އެސް އަދި އަލްގައިދާއާ ގުޅުންހުރި ޖަމާއަތްތަކުންނާއި ކުށްވެރިވާ ގޭންގުތަކުން ދަނީ ފައިސާ ހޯދުމުގެ ބޭނުމުގައި އާންމުން ވަގަށް ނަގަމުން ކަމަށް ނައިޖީރިއާއިން ތުހުމަތު ކުރެއެވެ. ވަކިން ހާއްސަކޮށް، ސަލާމަތީ ބާރުތަކުގެ ހިދުމަތް މަދުން ލިބޭ ރަށްފުށުގެ ސަރަހައްދުތަކުގައި ހުންނަ ސްކޫލްތަކާއި، ފައްޅިތަކާއި މިސްކިތްތަކަށް އަމާޒުކޮށް މިފަދަ ހަމަލާތައް ދެމުންދާކަން ފާހަގަކުރިއެވެ.

ކުރިން ހަމައެކަނި ގައުމުގެ އުތުރު ސަރަހައްދުގައި ހަރަކާތްތެރިވި މި ޖަމާއަތްތައް، މިހާރު ވަނީ ގައުމުގެ ހުޅަނގު ދެކުނުގެ ސަރަހައްދުތަކަށް ފެތުރެން ފަށާފައިކަމަށް ވެއެވެ. އޮފިޝަލުން ފާހަގަކުރި ގޮތުގައި، މި ޖަމާއަތްތައް އެހެން ސަރަހައްދުތަކަށް ބަދަލުވަނީ އަސްކަރިއްޔާގެ ފިއްތުންތައް ކުރިމަތިވުމުގެ ސަބަބުންނެވެ.

ނައިޖީރިއާގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށްކަމަށްބުނެ އިޒްރޭލަށް ވާގިވެރިވާ އެމެރިކާއިންވެސް ދަނީ އެޤައުމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން، ހަތިޔާރު އެޅި ޖަމާއަތްތައް ތިބޭ ތަންތަނަށް އަމާޒުކޮށް ހަމަލާދިނުމުގައި އެމެރިކާ އަސްކަރިއްޔާއިން އެހީތެރިވަމުންދާއިރު، މިދިޔަ ފެބުރުވަރީ މަހު އެމެރިކާގެ 100 ސިފައިން ވަނީ ނައިޖީރިއާއަށް ފޮނުވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި