Saturday, 24 October 2026
Ads by

ތަފާސްހިސާބުތަކުން ކުރީގައި އޮތީ އަޅުގަނޑު، އިންތިޚާބުގެ އިންސާފުވެރިކަމާމެދު ސުވާލު އުފެދޭ: މީކާއިލް

ތަފާސްހިސާބުތަކުން ކުރީގައި އޮތީ އަޅުގަނޑު، އިންތިޚާބުގެ އިންސާފުވެރިކަމާމެދު ސުވާލު އުފެދޭ: މީކާއިލް

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އެޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް، އިންތިޚާބުގެ މިހާތަނަށް ލިބިފައިވާ ތަފާސްހިސާބުތަކުން ކުރީގައި އުޅުއްވަނީ އޭނާ ކަމަށް ވިދާޅުވެއްޖެއެވެ. ނަމަވެސް އިންތިޚާބުގެ އިންސާފުވެރިކަމާ މެދު އޭނާ ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރައްވާފައެވެ.

Ad Image
Ads by

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއިލް ދެންމެ މީޑިއާ ތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މިހާތަނަށް ލިބިފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އޭނާ އަދިވެސް އުޅުއްވަނީ ކުރީގައި ކަމަށެވެ. އަދި ވީހާވެސް ގިނަ އެމްޑީޕީގެ އާންމު މެންބަރުން ނުކުމެ ވޯޓު ދެއްވުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ނަމަވެސް، އިންތިޚާބުގެ ތެރެއިން ވަރަށް ހިތާމަވެރި ކަންކަން ފެންނަމުންދާކަން މީކާއިލް ފާހަގަކުރެއްވިއެވެ. އެގޮތުން ބައެއް ރަށްރަށުގައި އޭނާގެ މަންދޫބުންނަށް ގަސްދުގައި ފާސް ދޫނުކޮށް ވޯޓުލުން ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، ބައެއް ރަށްރަށުގައި ވޯޓު ފޮށި ފަޅާލާފައި ހުއްޓާ އެ ފޮއްޓަށް ވޯޓުލާން މަޖުބޫރުކޮށްފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

”ބައެއް ރަށްރަށުގައި ވޯޓާސް ލިސްޓް އޮޅުވާލާފައިވޭ. އަދި އަޅުގަނޑުމެންނަށް ވޯޓުލާން ތިބި މީހުން ވޯޓާސް ލިސްޓުން އުނިކޮށްފައިވާކަން ފާހަގަވޭ. މިއީ އަޅުގަނޑު ދުވަހަކުވެސް އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއްގައި ދެކެން ބޭނުންވި މަންޒަރެއް ނޫން،“ މީކާއިލް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އިޝާރާތް ކުރައްވަމުން މީކާއިލް ވިދާޅުވީ، 2028 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކުރެވެން އޮތީ ޕާޓީގެ އެތެރޭގެ އިންސާފުވެރިކަމާއި ހަމަހަމަކަން ގާއިމުކޮށްގެން ކަމަށެވެ. އަދި އެތެރޭގެ އިންތިޚާބުތަކުގެ ސައްހަކަން ކަށަވަރުކޮށްގެން މެނުވީ 2028 ވަނަ އަހަރުގެ ކާމިޔާބީއާ ހަމައަށް ނުދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

”2028 ކާމިޔާބު ކުރެވެން އޮތީ އެތެރޭގެ އިންސާފުވެރިކަން ގާއިމުކޮށްގެން، ހަމަހަމަކަން ގާއިމުކޮށްގެން އެތެރޭގެ އިންތިހާބު ތަކުގެ ސައްހަކަން ކަށަވަރުކޮށްގެން. އެހެންވީމަ އެމަގުން ހިނގައިގެން އަޅުގަނޑުމެންނަށް 2028 ލިބޭނީ“ މީކާއިލް ވިދާޅުވިއެވެ.

މީކާއިލް އިތުރަށް ވިދާޅުވީ މިއީ އެމްޑީޕީގެ މެންބަރުން ތަސައްވަރުކުރާ އެމްޑީޕީއެއް ނޫން ކަމަށެވެ. އަދި ޕާޓީގެ ތެރޭގައި ޑިމޮކްރަސީ ހަރުދަނާކުރުމަށްޓަކައި، މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ކަށަވަރުކޮށްދިނުމަށް އެޕާޓީގެ އިލެކްޝަންސް ކޮމިޓީއަށް އޭނާ ގޮވާލެއްވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި