Wednesday, 9 September 2026
Ads by

ފިޔޯރީ އާއި ފީއަލީގެ އެމްޑީޕީ ވޯޓުލާ މަރުކަޒުތަކުގައި ހަމަނުޖެހުން ހިންގައި ވޯޓުލުން މެދުކެނޑިއްޖެ

ފިޔޯރީ އާއި ފީއަލީގެ އެމްޑީޕީ ވޯޓުލާ މަރުކަޒުތަކުގައި ހަމަނުޖެހުން ހިންގައި ވޯޓުލުން މެދުކެނޑިއްޖެ

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް މިއަދު ބާއްވަމުންދާ އިންތިހާބުގެ ތެރެއިން، ގދ. ފިޔޯރީ އާއި ފ. ފީއަލީގައި ހަމަނުޖެހުން ހިންގުމާ ގުޅިގެން އެ ދެ ރަށުގައި ވޯޓުލުން މެދުކެނޑިއްޖެއެވެ.

Ad Image
Ads by

މައުލޫމާތު ލިބިފައިވާ ގޮތުގައި، މިއަދު ހަވީރު ގދ. ފިޔޯރީގައި ހިނގި ހަމަނުޖެހުމުގައި ކެންޑިޑޭޓެއްގެ މަންދޫބެއް ކަމަށް ބުނެ އެތަނަށް ދިޔަ މީހަކު ވަނީ ވޯޓު ފޮށި ފަޅާލައިފައެވެ. އޭނާ އެތަނުގައި އަޑުގަދަކޮށް ހަމަނުޖެހުން ހިންގުމާ ގުޅިގެން، ވޯޓުލާ މަރުކަޒުން އޭނާ ވަނީ ބޭރުކޮށްލާފައެވެ. މީސްމީޑިއާގައި އާންމުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި، ފިޔޯރީގެ ވޯޓު ފޮއްޓަށް ވަނީ ވަރަށް ބޮޑަށް ގެއްލުންދީފައެވެ. އަދި ވޯޓު ފޮށި ފަޅާލުމުގެ ސަބަބުން ބައެއް ވޯޓު ކަރުދާސްތައް ބިންމައްޗަށް އުކާލެވިފައި ހުރި މަންޒަރު ފެނެއެވެ.

މީގެ އިތުރުން ފ. ފީއަލީގައި ވެސް ވޯޓުލާ މަރުކަޒުގައި ބޮޑެތި ދެބަސްވުންތަކެއް ވަނީ އުފެދިފައެވެ. ފީއަލީގައި ވޯޓުލުން ކުރިއަށްދަނީ ރަސްމީ ވޯޓު ލިސްޓަށް ނޫން ކަމަށް ބުނެ، ކެންޑިޑޭޓް މީކާއިލް އަހުމަދު ނަސީމްގެ ފަރާތުން ވަނީ ރަސްމީކޮށް ޝަކުވާ ހުށަހަޅާފައެވެ. އެ ރަށުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން ބަޔަކު މީހުން ވޯޓު ފޮށި ހިފައިގެން މަރުކަޒުން ނުކުމެގެންދާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެމްޑީޕީގެ މި އިންތިހާބަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި، އަދި އަވަށްޓެރި ސްރީލަންކާގައި ވެސް ވޯޓު ފޮށި ބަހައްޓައިގެން ކުރިއަށްގެންދާ އިންތިހާބެކެވެ. ޖުމްލަ 241 ވޯޓު ފޮށި ބަހައްޓާފައިވާއިރު، މީގެ ތެރޭގައި މާލޭގެ 10 ސްކޫލެއްގައި ބަހައްޓާފައިވާ ފޮށިތައް ވެސް ހިމެނެއެވެ.

ޗެއާޕާސަންގެ މަގާމަށް މި އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. މި ދެ ރަށުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ވޯޓުލުން މެދުކެނޑިފައިވީ ނަމަވެސް، އިތުރު ރަށްރަށުގައި ވޯޓުލުމުގެ ކަންކަން އަމާންކަމާއެކު ކުރިއަށްދާ ކަމަށް މައުލޫމާތު ލިބެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި