ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް އަރޓްސްގެ ޑީންސް އެވޯރޑް ހަތަރު ނޫސްވެރިއަކަށް ލިބިއްޖެއެވެ.
މިކަމަށްޓަކައި އެމްއެންޔޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޑީންސް އެވޯރޑް ލިބުނު ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޔުނިވަރސިޓީގެ ޗާންސެލާ ޑރ. މަޙުމޫދު ޝައުޤީއެވެ.
ފެކަލްޓީ އޮފް އާޓްސްގެ ޑީންސް އެވޯރޑް ލިބުނީ ބެޗެލަރ އޮފް އަރޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަން ކިޔަވަމުންދާ ހަތަރު ނޫސްވެރިން ކަމަށްވާ ވޮއިސްގެ ޗީފް އެޑިޓަރު އަދި ނޫސްވެރިޔާ ޝަފްރާޒް އަޙްމަދު ޙުސައިނާއި ޕީއެސްއެމްގެ ދެ ނޫސްވެރިން ކަމަށްވާ އާމިނަތު ޝާޒިޔާ އާއި ޝިފްނާ އަޙްމަދުގެ އިތުރުން އަދަދުގެ ނޫސްވެރިޔާ ލީވާން ޢަލީ ނަސީރުއެވެ.
ޑީންސް އެވޯރޑަކީ ކޮންމެ ސެމިސްޓަރއެއްގައި މޮޑިއުލްތަކުން އެންމެ މަތިން ފާސްވާ ދަރިވަރުންނަށް ދެވޭ އެވޯރޑެއްކަން ފާހަގަކޮށްލަންޖެހެއެވެ.













