Sunday, 26 July 2026
Ads by

ހިލޭ ޓީވީން ވޯލްޑް ކަޕްގެ މެޗުތައް ދެއްކުން ހުއްޓުވުމަށް ސިވިލް ކޯޓުގެ އަމުރެއް

ހިލޭ ޓީވީން ވޯލްޑް ކަޕްގެ މެޗުތައް ދެއްކުން ހުއްޓުވުމަށް ސިވިލް ކޯޓުގެ އަމުރެއް

ސިވިލް ކޯޓުގެ ނަންބޯޑު---

ހިލޭ ޓީވީ ނަމަކަށް ކިޔާ ވެބްސައިޓަކުން ވޯލްޑް ކަޕްގެ މެޗުތައް ހިލޭ ދައްކާނެ ކަމަށް ބުނެފައިވަނިކޮށް އެކަން ހުއްޓުވުމަށް ސިވިލް ކޯޓުން އަމުރެއް ނެރެފިއެވެ.

Ad Image
Ads by

ސިވިލް ކޯޓުން މި އަމުރު ނެރެފައިވަނީ ހިލޭ ޓީވީ ވެބްސައިޓުން ވޯލްޑް ކަޕްގެ މެޗުތައް އެއްވެސް ފީއަކާނުލައި ހިލޭ ދައްކާނެ ކަމަށް ބުނުމާ ގުޅިގެން، މީޑިއާނެޓުން ސިވިލް ކޯޓަށް ހުށަހެޅި ވަގުތީ އަމުރަކާ ގުޅިގެންނެވެ.

ހިލޭ ޓީވީން މީޑިއާނެޓްގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް ބުނެ މީޑިއާނެޓުން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. ހިލޭ ޓީވީން މީޑިއާނެޓްގެ ފީޑްތައް އެއްކުރުމަށްފަހު އެ ފަރާތުގެ ވެބްސައިޓް މެދުވެރިކޮށް ފެންނާނެ ކަމަށް ޓެލެގްރާމް ގްރޫޕްގައި ބުނެފައިވާ ކަމަށް މީޑިއާނެޓުން ވަނީ ބުނެފައެވެ.

ވޯލްޑް ކަޕްގެ މެޗުތައް ދެއްކުމުގެ އެއްވެސް ހައްގެއް ނެތް ބަޔަކު ހިންގާ މިފަދަ އަމަލުތައް ނުހުއްޓުވައިފިނަމަ ދައުވާކުރާ ފަރާތުގެ މަސްލަހަތަށާއި އާންމުންގެ މަސްލަހަތަށް ވެސް އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށް މީޑިއާނެޓުން ސިވިލް ކޯޓަށް ހުށަހެޅި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައާ ގުޅިހެން ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ، އެ ކޯޓުން ބަލަމުންދާ މި މައްސަލައާމެދު ގޮތެއް ކަނޑައަޅައި ނިމެންދެން ހިލޭ ޓީވީގެ ވެބްސައިޓުން ދިވެހިރާއްޖޭގެ އައިޕީ އެޑްރެސްތަކުން ނުވަދެވޭނޭހެން ހެދުމަށް ކޮމިޔުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ މައްޗަށް އަންގައި އަމުރުކުރާ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި