Tuesday, 17 November 2026
Ads by

މާލޭގެ އެކި ސަރަހައްދުތަކަށް ޖަމާކޮށްފައިވާ ކުނި ނަގައި ސާފުކޮށްފި

މާލޭގެ އެކި ސަރަހައްދުތަކަށް ޖަމާކޮށްފައިވާ ކުނި ނަގައި ސާފުކޮށްފި

ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލޭ މަގުމަތީ އެކި ސަރަހައްދުތަކަށް ޖަމާކޮށްފައިވާ ކުނި ނަގައި ސާފުކޮށްފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

Ad Image
Ads by

އެގޮތުން މާލޭ އުތުރުފަރާތު ބަނދަރު ސަރަހައްދާއި، ވިލިމާލޭ ބަގީ ޝެޑު ސަރަހައްދަށް އެއްކޮށްފައިވާ ކުނި ނަގައި ސާފުކުރުމުގެ އިތުރުން މާލެ ލޯކަލް މާރުކޭޓު އަދި ދަތުރުވެރިންގެ މާރުކޭޓު ސަރަހައްދާއި، އިސްކަންދަރު ކޮށީ ދޮށުގައި އެއްކޮށްފައި ހުރި ކުނިތައް އިއްޔެ އަދި ރޭގައި ކުރި މަސައްކަތުން ނަގާ ސާފުކޮށްފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.

މިއަދު އެކައުންސިލުން އެތާންގައި އެއްކޮށްފައި ހުރި ކުނި ތައް ނަގައި ސާފުކުރި ސަރަހައްދު ތަކުގެ ތެރޭގައި

  • ހަދީބީ މަގު ކަންމަތި
  • ފަނޑިޔާރުމަގު ފަތަހަ ކަންމަތި
  • މަޖީދީމަގު ރުވާމަގު ކަންމަތި
  • ރުވާމަގު ޕިިއްޒާ ބޯނާ ކަންމަތި
  • ހީނާމާގެ ޕާކިންގ
  • ސަލާހުއްދީން ޕާކިންގ
  • މަޖިލިސް އިރުމަތީ މަގު

މި ރަމަޟާންމަހު މާލޭގެ މަގުތަކަށް ކުނި އަޅާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލު ވިދާޅުވީ ކުނި އެޅުން ހުއްޓުވަން ސިޓީ ކައުންސިލްގެ ވެށިފާރަވެރިން ވެސް މަގުތަކަަށް ނެރެމުންދާ ކަމަށެވެ.

ސިޓީ ކައުންސިލުން މިހާރުވަނީ ކުނި އުކާ މީހުން ހޯދުމަށް ފަހު އެމީހުން ލައްވާ ކުނިތައް އުކާލުމުގެ މަސައްކަތް ފަށައިފައެވެ.

މީގެއިތުރުން މާލޭ މަގުމަތީ ކުނި ބަހައްޓަމުންދާ ފަރާތްތަކުގެ ފޮޓޯ އަދި ވިޑިއޯ ސިޓީ ކައުންސިލުގެ ނަންބަރ، 9341144 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް ފޮނުއްވުމަށް ވެސް މާލެ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
large_thumb_1794838270108
މާފަރާއި ފޮއްދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
vazeerunge majilis
ސިޔާސަތުތަކަށް ފަންނީ ތަޖުރިބާކާރުންގެ އިލްމީ ލަފާ ހޯދަން ކޮމިޓީތަކެއް އުފައްދަވަނީ
big_y0OjWZ5sc0AZ00GFfi0UbJiYK
2028 ގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމުގެ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު: ޢަބްދުއްރަޙީމް
Ads by
މަގުބޫލު
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި