Wednesday, 9 September 2026
Ads by

ސަރުކާރާ ދެކޮޅަށް އާޒިމް ރޭވި ’ޑްރާމާ‘ އެއްގައި ޕީއެންސީގެ ދެ ކައުންސިލަރުން ބައިވެރިވީ ކޮން މަގުސަދެއްގައި؟

ސަރުކާރާ ދެކޮޅަށް އާޒިމް ރޭވި ’ޑްރާމާ‘ އެއްގައި ޕީއެންސީގެ ދެ ކައުންސިލަރުން ބައިވެރިވީ ކޮން މަގުސަދެއްގައި؟

މާލެ ސިޓީ ކައުންސިލް ހިންގުމުގައި ސަރުކާރުގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވެ، ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބާ ބައްދަލުކުރެއްވުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމާއި ކައުންސިލަރުން ހައުސިން މިނިސްޓްރީއަށް ވަޑައިގެންފިއެވެ.

Ad Image
Ads by

މޭޔަރު އާޒިމް ހައުސިން މިނިސްޓްރީއަށް ވަޑައިގެންނެވީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީއަށް ނިސްބަތްވާ ދެ ކައުންސިލަރުންނާ އެކުގައެވެ. އެއީ ހުޅުމާލެ މެދު ދާއިރާގެ ކައުންސިލަރު ސަނީހު އަދި ވިލިމާލެ ދާއިރާގެ ކައުންސިލަރު ސަމާހުއެވެ. މި ބައްދަލުކުރެއްވުމަށް ވަޑައިގެންނެވި ނަމަވެސް، މިނިސްޓަރުގެ މަސައްކަތްޕުޅުތައް ހުރިގޮތުން އިއްޔެ ބައްދަލުކުރެވޭ ގޮތް ނުވި ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

މިނިސްޓްރީ ދޮށުގައި ހުންނަވައި މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މޭޔަރު އާޒިމް ވަނީ ސަރުކާރަށާއި މިނިސްޓަރު މުއްޠަލިބަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އާޒިމް ވިދާޅުވީ މިނިސްޓަރު މުއްޠަލިބަކީ ”ފިއްލަވައިގެން އުޅުއްވާ“ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމަށާއި، ސަރުކާރުން މަސައްކަތް ކުރަނީ ސިސްޓަމުން ބޭރުން ކަމަށެވެ. އަދި މި ސަރުކާރަކީ އިތުރުފުޅު ހަދާ ސަރުކާރެއް ކަމަށާއި، މިނިސްޓަރު ވެސް ވަރަށް ގިނައިން އިތުރުފުޅު ހައްދަވާ ކަމަށް އާޒިމް ތުހުމަތު ކުރެއްވިއެވެ. އާޒިމް މި ވާހަކަތައް ދެއްކެވި އިރު، އޭނާގެ ފަހަތުގައި ތިއްބެވި ޕީއެންސީގެ ދެ ކައުންސިލަރުން ވެސް ތިއްބެވީ އާޒިމްގެ ވާހަކަތަކަށް ތާއީދުކޮށް ބޯ ޖަހާށެވެ.

”ސީދާ ކަނޑައެޅިގެން ވަރަށް ގިނަފަހަރަށް މިނިސްޓަރު އިތުރުފުޅު ހައްދަވާކަން އަޅުގަނޑަށް ފާހަގަވޭ.. ދެން މި ސަރުކާރަކީ ވަރަށް ގިނައިން އިތުރުފުޅު ހައްދަވަމުންދާ ބައެއް. މިނިސްޓަރު މުއްތަލިބު ފާހަގަކުރެވެނީ އަޅުގަނޑަށް ވަރަށް ބޮޑަށް ފިއްލަވައިގެން އުޅޭ މިނިސްޓަރެއް ގޮތުގަ، ސަރުކާރުން މަސައްކަތް ކުރަނީ ސިސްޓަމުން ބޭރުން“ އާޒިމް ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވި ގޮތުގައި މިނިސްޓަރާ ބައްދަލުކުރައްވަން ވަޑައިގެންނެވީ ވިލިމާލޭގެ ފުނަވައު ސަރަހައްދުގައި ހައުސިން މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫއަކާ ގުޅިގެން ރައްޔިތުން ހުށަހަޅާފައިވާ ޕެޓިޝަނެއްގެ ކަންބޮޑުވުންތައް ހިއްސާކުރުމަށެވެ. ”ވިލިމާލެ ފުނަވައުގައި ކުރިއަށްގެންދާ މި މަޝްރޫއަކީ ސިޓީ ކައުންސިލުން ހިންގާ މަޝްރޫއެއް ނޫން. މިއީ ސީދާ ހައުސިން މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫއެއް،“ އާޒިމް ވިދާޅުވިއެވެ.

އެ ސަރަހައްދުގައި ޕްރޮޖެކްޓް ހިންގުމުގެ ސަބަބުން ފުނަވައުއަށް ގެއްލުން ލިބެމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން އާޒިމް ވިދާޅުވީ، މިނިސްޓަރާ މަޝްވަރާކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް މިނިސްޓަރު ބިޒީކޮށް އުޅުއްވާތީ ބައްދަލުނުކުރެވޭނެ ކަމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ހައުސިން މިނިސްޓްރީން ބުނެފައިވަނީ، އަންނަ ހަފްތާގެ ތެރޭގައި މި ބައްދަލުވުމަށް ވަގުތު ދޭނެ ކަމަށެވެ. މޭޔަރު އާޒިމް ވިދާޅުވީ އަންނަ ހަފްތާގައި ވެސް ބައްދަލުކުރަން ވަޑައިގަންނަވާނެ ކަމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ލިބެންދެން މިނިސްޓްރީއަށް ވަޑައިގަތުން ހުއްޓާނުލައްވާނެ ކަމަށެވެ.

ޕީއެންސީގެ ޓިކެޓުގައި އިންތިޚާބުވި ދެ ކައުންސިލަރުން، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މޭޔަރު އާޒިމްގެ ފަހަތްޕުޅުގައި ތިއްބަވައި ސަރުކާރަށް ބަހުގެ ހަމަލާތައް ދެމުންދިޔަ ވަގުތު ބައިވެރިވުމުން، އެއީ ”ސިޔާސީ ޗަރުކޭހެއް“ގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކާއި ތަރައްޤީގެ މަޝްރޫޢުތަކަށް އެއްބާރުލުން ދިނުމަށް ރައްޔިތުން އިންތިޚާބުކުރި ބަޔަކު، ސަރުކާރާ ދެކޮޅަށް މޭޔަރު ކުރައްވާ ކަންކަމުގައި ބައިވެރިވުމަކީ ޕީއެންސީގެ އާންމު މެންބަރުންގެ މެދުގައި ވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ކަމެކެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނަމުންދަނީ، ސަރުކާރު ހިންގާ މައި ޕާޓީގެ ކައުންސިލަރުންތަކެއް މޭޔަރުގެ އަރިހުގައި ތިއްބަވައި، ސަރުކާރުގެ ވަޒީރުންނަކީ ”ދޮގުވެރިން“ ކަމަށް ބުނާއިރު އެކަމަށް ތާއީދުކޮށް ބޯޖަހަން ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން، ސަރުކާރުން މާލޭގެ ތަރައްޤީއަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައި، ކައުންސިލްގެ ތެރެއިން މިފަދަ މަންޒަރުތަކެއް ފެނުމަކީ ސަރުކާރުގެ މަސައްކަތްތަކަށް ހުރަސްއެޅުމަށް ކުރެވޭ ކަމެއްގެ ގޮތުގައި ސިފަކުރެވެއެވެ.

މޭޔަރު އާޒިމް މިނިސްޓްރީ ދޮށުގައި ކުޅުއްވި މި ’ސިޔާސީ ޑްރާމާ‘ ގައި ޕީއެންސީގެ ދެ ކައުންސިލަރުން ބައިވެރިވި ސަބަބާ މެދު އެ ޕާޓީގެ ފަރާތުން ރަސްމީކޮށް އަދި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، މި ހާދިސާއާއެކު މާލެ ސިޓީ ކައުންސިލާއި ސަރުކާރާ ދެމެދު އޮތް ގުޅުމަށް އިތުރު ބުރޫތަކެއް އަރާފައިވާކަން ވަނީ ހާމަވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު