Sunday, 25 October 2026
Ads by

އަދަބިއްޔާތުގައި ހިމެނޭ ފަންނުތައް ކުރިއަރުވަން ފަރުދުންގެ އެއްބާރުލުން ވަރަށް މުހިންމު: ނައިބު ރައީސް

އަދަބިއްޔާތުގައި ހިމެނޭ ފަންނުތައް ކުރިއަރުވަން ފަރުދުންގެ އެއްބާރުލުން ވަރަށް މުހިންމު: ނައިބު ރައީސް

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް: ވިދާޅުވީ އަދަބިއްޔާތުގައި ހިމެނޭ ފަންނުތައް ކުރިއަރުވަން ފަރުދުންގެ އެއްބާރުލުން ވަރަށް މުހިންމު ކަމަށް - ފޮޓޯ:ރައީސް އޮފީސް

ގައުމިއްޔަތު ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި، ދިވެހި އަދަބިއްޔާތުގައި ހިމެނޭ ފަންނުތައް ކުރިއެރުވުމަށް ފަރުދުންގެ އެއްބާރުލުން ވަރަށް މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ދުނިޔޭގެ ޅެންވެރިކަމުގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، އެ ފަންނުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވިދާޅުވެ މިއަދު ’އެކްސް‘ ގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވެފައި ވަނީ ގައުމިއްޔަތު ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި، ދިވެހި އަދަބިއްޔާތުގައި ހިމެނޭ ފަންނުތައް ކުރިއެރުވުމަށް ފަރުދުންގެ އެއްބާރުލުން ވަރަށް މުހިންމު ކަމަށެވެ.

ދިވެހިބަހާއި އަދަބިއްޔާތާއި ތާރީހާއި ސަގާފަތާއި ތަރިކަ އާއި އާދަކާދަތަކާއި ގައުމިއްޔަތު ހިމާޔަތްކޮށް ދިރުވައި އާލާކޮށް ދެމެހެއްޓުމުގެ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަށް މި ސަރުކާރުން ވަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ނަމުގައި ވުޒާރާއެއް އުފައްދާފައެވެ. އަދި އެ ވުޒާރާގެ ދަށުން ދިވެހި ބަހުގެ އެކެޑަމީ އާއި ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒު އަދި ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒު ހިނގަމުންދާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި