Wednesday, 9 September 2026
Ads by

މަގާމު ދޫކޮށްލިޔަސް ރައީސް މުއިއްޒުގެ ފިކުރަކާ ވަކިނުވާނަން: ޒަމީރު

މަގާމު ދޫކޮށްލިޔަސް ރައީސް މުއިއްޒުގެ ފިކުރަކާ ވަކިނުވާނަން: ޒަމީރު

ފިނޭންސް މިނިސްޓަރުކަމުގެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވި މޫސާ ޒަމީރު، ސިއްހީ ހާލަތު ހުރިގޮތުން މަގާމުން އެއްފަރާތަށް ޖެހިވަޑައިގަތް ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއެކު ސާބިތުކަމާއެކު ”ގަދަކޮށް“ ހުންނެވި ކަމަށް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޒަމީރު މިހެން ވިދާޅުވީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ މަގާމުން ވަކިވެވަޑައިގަތީ ސިއްހީ ހާލަތު ތަން ނުދޭތީ ކަމަށާއި، ނަމަވެސް ރައީސް މުއިއްޒާއެކު ޕާޓީ ކުރިއެރުވުމުގައި އަބަދުވެސް ދެމިހުންނަވާނެ ކަމަށެވެ.

ޒަމީރުގެ ވާހަކަފުޅުގައި، އޭނާގެ ބަދަލުގައި ފިނޭންސް މިނިސްޓަރުގެ މަޤާމަށް އައްޔަންކުރެއްވި ބޭފުޅާއަކީ އެ މަޤާމަށް އެންމެ ޤާބިލް ބޭފުޅާ ކަމަށް ވިދާޅުވިއެވެ. އެގޮތުން، އާ ފިނޭންސް މިނިސްޓަރަކީ މީރާ އުފެދުނީއްސުރެ އެތަނުގެ އިސް މަޤާމުތަކާއި، ޑެޕިއުޓީ ކޮމިޝަނަރުގެ ފަންތީގައި މަސައްކަތް ކުރައްވައި، ރާއްޖޭގެ ރޭޓިންއާއި ރެވެނިއު ސްޓްރީމްތަކަށް ވަރަށް ބޮޑަށް އަހުލުވެރި ބޭފުޅެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

”އަޅުގަނޑު އަބަދުވެސް ހުންނާނީ މި ފިކުރާ އެކުގޭ. ރައީސް މުއިއްޒުގެ އުފެއްދުންތެރި ފިކުރާ އެކުގޭ އަބަދުވެސް އަޅުގަނޑު ހުންނާނީ އެމަނިކުފާނު ކުރައްވާ ކޮންމެ ކަމެއްގައި އަބަދުވެސް ފަހަތުގަ ހުންނާނަމޭ،“ ޒަމީރު ވިދާޅުވިއެވެ.

ކެބިނެޓަށް ބަދަލު އައި ނަމަވެސް، ރައީސް މުޢިއްޒުގެ ފިކުރާއެކު ސާބިތުވެ ހުންނަވާނެ ކަމުގެ ޔަޤީންކަން ދެއްވަމުން ޒަމީރު ވިދާޅުވީ، އޭނާ ސިޔާސީ މައިދާނުން ގެއްލުނީ ނޫން ކަމަށެވެ. އަދި ރައީސްއަކީ ލަފާ ގަބޫލުކުރައްވާ ބޭފުޅެއް ކަމަށާއި، ބޭރުގައި ހުރެގެންވެސް ރައީސަށް ލަފާ އެރުވުމުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، 2018 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރު ނިމުމުން ޕާޓީގެ ކަންކަމާ ދުރަށް ޖެހިލެއްވި ސަބަބު ހާމަކުރައްވަމުން ޒަމީރު ވިދާޅުވީ، ޕާޓީ ބޮޑުވެގެން އަންނައިރު އާ ލީޑަޝިޕަކަށް ފުރުސަތު ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. ”އުމުރުން ދުވަސްވާރަކަށް އަންނަ ބަދަލުތަކާއެކު އާ ލީޑަޝިޕަށް ފުރުސަތު ދިނުމަކީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް،“ އޭނާ ވިދާޅުވިއެވެ.
ޒަމީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި އޮތީ ދެ ފިކުރެކެވެ.
ލީޑަރުންނާއި ޕާޓީތަކުގެ ނަން ބަދަލުވިޔަސް، ޑީއާރުޕީ، ޕީޕީއެމް އަދި ޕީއެންސީއަކީ އެއް ފިކުރެއް ކަމަށާއި، މިހާރު އެ ފިކުރުގެ ދަންމަރު ހިއްޕަވައިގެން ހުންނެވި ލީޑަރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ހާރިޖީ ސިޔާސަތަށް ތައުރީފު ކުރައްވަމުން ޒަމީރު ވިދާޅުވީ، ރައީސް މުއިއްޒު ގާއިމްކުރެއްވީ ”މޯލްޑިވްސް ފަސްޓް“ ނުވަތަ ދިވެހިރާއްޖެ އިސްކުރުމުގެ ސިޔާސަތު ކަމަށެވެ. އަދި އިސްލާމްދީނާއި ގައުމިއްޔަތާއި ރައްޔިތުންގެ ތަނަވަސްކަމަށް ރައީސް ކުރައްވާ މަސައްކަތްޕުޅުތައް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ފިނޭންސް މިނިސްޓަރުކަމުން ވަކިވެވަޑައިގަތުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ، ވޭތުވެދިޔަ ހަ މަސްދުވަހަކީ ދުނިޔޭގެ މަސްރަހު އޮތްގޮތުން ފިނޭންސް މިނިސްޓަރަކަށް ވަރަށް ބޮޑު ޒިންމާއެއް އުފުލަންޖެހުނު ދުވަސްތަކެއް ކަމަށެވެ. އެހެންކަމުން، ސިއްހީ ހާލަތު ތަން ނުދޭއިރު އެ މަގާމުގައި ބައްދައިގެން ހުރުމަކީ ޕާޓީއަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވިދާޅުވެ، ގާބިލު ބޭފުޅުންނަށް ފުރުސަތު ދިނުމުގެ ގޮތުން އެއްފަރާތަށް ޖެހިލީ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒަމީރު ވާހަކަ ނިންމާލަމުން ވަނީ ޕާޓީއާއި ފިކުރު ކުރިއެރުވުމަށް ހަވާލުކުރައްވާ ކޮންމެ ޒިންމާއެއް އަދާ ކުރުމަށް ތައްޔާރަށް ހުންނެވި ކަމުގެ ޔަގީންކަން ދެއްވާފައެވެ

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި