Sunday, 26 July 2026
Ads by

ރައީސް މުޢިއްޒުގެ އިޤްޞާދީ ސިޔާސަތުތަކަށް ދުނިޔޭގެ އިތުބާރު އޮތްކަން ފިޗް ރޭޓިންގްސް އިން ހާމަވެއްޖެ:ޒަމީރު

ރައީސް މުޢިއްޒުގެ އިޤްޞާދީ ސިޔާސަތުތަކަށް ދުނިޔޭގެ އިތުބާރު އޮތްކަން ފިޗް ރޭޓިންގްސް އިން ހާމަވެއްޖެ:ޒަމީރު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ އިޤްތިޞާދީ ސިޔާސަތުތަކުގެ ސަބަބުން، އަވަށްޓެރި ސްރީލަންކާއަށް ދިމާވި ފަދަ އިޤްތިޞާދީ ބޮޑު ކާރިސާއަކުން ރާއްޖެ ސަލާމަތްވެފައިވާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޕީއެންސީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ، ދުނިޔޭގެ މާލީ ހާލަތާއި ހަނގުރާމަތަކުގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތަކާއެކުވެސް، ފިޗް ރޭޓިންގްސްއިން ރާއްޖެއަށް ’ސީސީސީ ޕްލަސް‘ (CCC+) ރޭޓިންއެއް ދީފައިވަނީ ރައީސް މުޢިއްޒުގެ އިޤްތިޞާދީ ސިޔާސަތުތަކަށް އޮތް އިތުބާރެއްގެ ބޮޑުކަމުން ކަމަށެވެ. ޒަމީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އިޤްތިޞާދީ ހާލަތު އޮތް ގޮތުން ފިޗްގެ ރޭޓިން ކޮމިޓީން ފުރަތަމަ ނިންމީ ރޭޓިން ’މައިނަސް‘ އަކަށް ބަދަލުކުރުމަށެވެ. ނަމަވެސް، ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެއަށް މިހާރު އޮތް އެންމެ މަތީ ރޭޓިން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

”އަޅުގަނޑުމެން މި ދަންނަވަނީ ހަނގުރާމައިގެ މި ދަތި ހާލުގަ ރައީސް ގެންގުޅުއްވާ އިޤްތިޞާދީ ސިޔާސަތު ރަނގަޅުވީމަ ނޫންތޯއޭ ފިޗުން އައިސް މިވަރުގެ ރޭޓިންއެއް ރާއްޖެއަށް ދޭނީ؟“ ޒަމީރު ސުވާލުކުރެއްވިއެވެ.

ޒަމީރުގެ ވާހަކަފުޅުގައި، އޭނާގެ ބަދަލުގައި ފިނޭންސް މިނިސްޓަރުގެ މަޤާމަށް އައްޔަންކުރެއްވި ބޭފުޅާއަކީ އެ މަޤާމަށް އެންމެ ޤާބިލް ބޭފުޅާ ކަމަށް ވިދާޅުވިއެވެ. އެގޮތުން، މިހާރުގެ ފިނޭންސް މިނިސްޓަރަކީ މީރާ އުފެދުނީއްސުރެ އެތަނުގެ އިސް މަޤާމުތަކާއި، ޑެޕިއުޓީ ކޮމިޝަނަރުގެ ފަންތީގައި މަސައްކަތް ކުރައްވައި، ރާއްޖޭގެ ރޭޓިންއާއި ރެވެނިއު ސްޓްރީމްތަކަށް ވަރަށް ބޮޑަށް އަހުލުވެރި ބޭފުޅެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ކެބިނެޓަށް ބަދަލު އައި ނަމަވެސް، ރައީސް މުޢިއްޒުގެ ފިކުރާއެކު ސާބިތުވެ ހުންނަވާނެ ކަމުގެ ޔަޤީންކަން ދެއްވަމުން ޒަމީރު ވިދާޅުވީ، އޭނާ ސިޔާސީ މައިދާނުން ގެއްލުނީ ނޫން ކަމަށެވެ. އަދި ރައީސްއަކީ ލަފާ ގަބޫލުކުރައްވާ ބޭފުޅެއް ކަމަށާއި، ބޭރުގައި ހުރެގެންވެސް ރައީސަށް ލަފާ އެރުވުމުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވިއެވެ.

”އަޅުގަނޑު އަބަދުވެސް ހުންނާނީ މި ފިކުރާ އެކުގޭ. ރައީސް މުއިއްޒުގެ އުފެއްދުންތެރި ފިކުރާ އެކުގޭ އަބަދުވެސް އަޅުގަނޑު ހުންނާނީ އެމަނިކުފާނު ކުރައްވާ ކޮންމެ ކަމެއްގައި އަބަދުވެސް ފަހަތުގަ ހުންނާނަމޭ،“ ޒަމީރު ވިދާޅުވިއެވެ.

ޒަމީރުގެ ވާހަކަ ނިންމަވާލެއްވީ، ރާއްޖެ ދަރަނިވެރިވެ، އިޤްތިޞާދީ ގޮތުން އިނދަޖެހިގެން ދިޔަ ނުދީ ހިފެހެއްޓެވި ކަމަށްޓަކައި ރައީސް މުޢިއްޒަށް ޝުކުރު އަދާކުރައްވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް އެ ފިޔަވަޅުތައް ނޭޅުއްވިނަމަ ރާއްޖެ އޮންނާނީ ސިލޯނަށް ވީ ހާލުގައެވެ. ނަމަވެސް މިއަދު ދުނިޔޭގެ އެއްވެސް ރިޕޯޓެއްގައި ރާއްޖެ ބަނގުރޫޓުވާނެ ކަމުގެ ބިރެއް ނެތް ކަމަށް ޒަމީރު ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި