Wednesday, 9 September 2026
Ads by

ރައީސް އޮފީހުގެ މުޝީރަކަށް އައްޔަނުކުރެއްވިތާ އިރުކޮޅެއްތެރޭގައި އާދަމް ނަސީރު އިސްތިއުފާ ދެއްވައިފި

ރައީސް އޮފީހުގެ މުޝީރަކަށް އައްޔަނުކުރެއްވިތާ އިރުކޮޅެއްތެރޭގައި އާދަމް ނަސީރު އިސްތިއުފާ ދެއްވައިފި

ރައީސް އޮފީހުގެ ދިވެހިބަހާއި ގައުމިއްޔަތާ ބެހޭ ޚާއްސަ މުޝީރުގެ މަގާމަށް މިއަދު އައްޔަންކުރެއްވި ކުރީގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް، މަގާމާ ހަވާލުވެވަޑައިގެންނެވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.

Ad Image
Ads by

އާދަމް ނަސީރު އިބްރާހިމް ރައީސް އޮފީހުގެ ޚާއްސަ މުޝީރުކަމަށް އައްޔަންކުރެއްވިކަން ސަރުކާރުން ހާމަކުރީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް އޭރު ވިދާޅުވީ އާދަމް ނަސީރު މަސައްކަތް ފައްޓަވައިފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ރަސްމީ މައުލޫމާތުތައް ހާމަކުރިތާ މާ ގިނައިރުތަކެއް ނުވަނީސް، މިއަދު 15:30 ގައި އޭނާ މަގާމުން އިސްތިއުފާދެއްވިކަން ތަރުޖަމާނު ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.

މިދިޔަ އޭޕްރިލް މަހުގެ 14 ވަނަ ދުވަހު އާދަމް ނަސީރު އިބްރާހިމް ހިމެނޭހެން ސަރުކާރުގެ 10 މިނިސްޓަރަކު ވަނީ ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާދެއްވައިފައެވެ.

ރައީސް އޮފީހުން އޭރު ބުނެފައިވާ ގޮތުގައި އެ ފިޔަވަޅު އެޅުއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމަށެވެ.

އެ ފަހަރު އިސްތިއުފާދެއްވި ބައެއް މިނިސްޓަރުންނަށް ފަހުން ސަރުކާރުގެ އިސް މަގާމުތައް ދީފައިވެއެވެ. އެގޮތުން ކުރީގެ ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހީމް ވަނީ މިނިސްޓަރު ފެންވަރުގައި ރައީސް އޮފީހުގެ މަގާމަކަށް އަލުން އައްޔަންކުރައްވައިފައެވެ. އަދި އޭގެ އިތުރުން ކުރީގެ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ގަތަރަށް އަދި ކުރީގެ އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ޔޫއޭއީއަށް ސަފީރުންގެ ގޮތުގައި ފޮނުއްވުމަށް ސަރުކާރުން ވަނީ ނިންމަވައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި