Sunday, 26 July 2026
Ads by

ސީ-ޓު-އެއަރ ކާގޯ: މިދިޔަ މަހު 7 ޤައުމަކަށް 162 ޓަނުގެ މުދާ ފޮނުވައިފި

ސީ-ޓު-އެއަރ ކާގޯ: މިދިޔަ މަހު 7 ޤައުމަކަށް 162 ޓަނުގެ މުދާ ފޮނުވައިފި

ކަނޑުމަގުން ރާއްޖެއަށް ގެންނަ މުދާ ވައިގެ މަގުން ދުނިޔޭގެ އެހެން މަންޒިލްތަކަށް ފޮނުވުމަށް ފަށާފައިވާ ”ސީ-ޓު-އެއަރ ކާގޯ“ ޚިދުމަތުގެ ދަށުން، ނިމިދިޔަ މޭ މަހު 162 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ.

Ad Image
Ads by

އެމްޕީއެލް އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، 15 މޭ 2024 ގައި ރަސްމީކޮށް ފެށި މި ޚިދުމަތުގެ ދަށުން މިދިޔަ މަހުގެ ނިޔަލަށް ޖުމްލަ 29 ޓީއީޔޫސް (20 ފޫޓުގެ ކޮންޓެއިނަރު) ގެ މުދާ ވަނީ ރާއްޖެއިން ބޭރަށް ފޮނުވާފައެވެ. މި މުދާތައް ފޮނުވާފައިވަނީ ދުނިޔޭގެ މަގުބޫލު 5 އެއާލައިނެއް މެދުވެރިކޮށް ޖުމްލަ 7 ޤައުމަކަށެވެ.

މި ޚިދުމަތުގައި މިދިޔަ މަހު ބައިވެރިވި އެއާލައިންތަކަކީ:

  • ޤަޠަރު އެއާވޭސް
  • އިއްތިހާދު އެއާވޭސް
  • ސައުދިއާ
  • ސްވިޒް އެއާ
  • ޓާކިޝް އެއާލައިން

ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި އެމްޕީއެލް ގުޅިގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މީގެ މައިގަނޑު ބޭނުމަކީ ކަނޑުމަގުން އަންނަ މުދާ، ޓްރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޮނުވައިދީ، ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުމެވެ.

ސަރުކާރުން ހާމަކުރައްވާ ގޮތުގައި، ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ކާމިޔާބުކަމާއެކު ހިންގަމުންދާ މިފަދަ ޚިދުމަތެއް ރާއްޖޭގައި ފެށުމަކީ އިޤްތިޞާދަށް ބޮޑެތި މަންފާތަކެއް ލިބޭނެ ކަމެކެވެ. ރާއްޖެއަކީ ބައިނަލްއަޤްވާމީ ގިނަ އެއާލައިންތަކަކުން ދަތުރުކުރާ މަންޒިލަކަށް ވުމާއެކު، މި ޚިދުމަތް އިތުރަށް ފުޅާކުރުމަށް ރާއްޖެއަށް އޮތް ފުރުޞަތުތައް ވަރަށް ބޮޑުކަން ސަރުކާރުން ފާހަގަކުރައްވައެވެ.

މި ޚިދުމަތުގެ ސަބަބުން ރާއްޖެއަކީ ހަމައެކަނި މުދާ އެތެރެކުރާ ތަނެއްގެ އިތުރުން، ބައިނަލްއަޤްވާމީ ލޮޖިސްޓިކްސް ހަބަކަށް ވުމަށް ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި