Saturday, 24 October 2026
Ads by

ތިލަމާލެ ބްރިޖުގެ %35 ނިމިއްޖެ؛ ޝެޑިއުލަށްވުރެ %1 އަވަސް

ތިލަމާލެ ބްރިޖުގެ %35 ނިމިއްޖެ؛ ޝެޑިއުލަށްވުރެ %1 އަވަސް

ކޮންސްޓްރަކްޝަން މިނިސްޓްރީން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު މުއްތޮލިބު: ވިދާޅުވީ ތިލަމާލެ ބްރިޖުގެ 35 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް - ފޮޓޯ:ކޮންސްޓްރަކްޝަން މިނިސްޓްރީ

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް އަޅާ ތިލަމާލެ ބްރިޖުގެ 35 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ކޮންސްޓްރަކްޝަން މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ސެނަކޯ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ތިލަމާލެ ބްރިޖުގެ މަސައްކަތް 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

”މަސައްކަތް ކުރިއަށްދާ ގޮތަށް ބަލާއިރު، ސުޕަރ ސްޓްރަކްޗަރގެ ޕްރީ ކާސްޓިން މަސައްކަތުގެ 24 ޕަސެންޓް މަސައްކަތް ވަނީ ނިމިފައި. މަޝްރޫއުގެ މަސައްކަތާއި އަލަށް އެކުލަވާލި މަސައްކަތާ އަޅާބަލާއިރު މިހާރު ޕްރޮގްރެސް ހުރީ 1.11 ޕަސެންޓް ކުރީގައި،“ – ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު

ބްރިޖުގެ 35.53 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި މަސައްކަތުގެ ޕްރޮގްރެސް ހުރީ ޝެޑިއުލަށް ވުރެ ކުރީގައި ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވެފައި ވަނީ ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމަކީ މިވަގުތު އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ.

ބްރިޖުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ގޮތާ ބެހޭ ގޮތުން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ތަނބުތަކުގެ ޕައިލިން މަސައްކަތުގެ 58 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. ޕައިލް ކެޕްގެ 43 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ޕިއަރ ކޮލަމްންސްގެ 40 އިންސައްތަ ވަނީ ނިންމާފައެވެ. އަދި ސުޕަރ ސްޓްރަކްޗަރގެ ޕްރީ ކާސްޓް ސެގްމަންޓްތަކުގެ 24 އިންސައްތަ ވަނީ ކާސްޓްކޮށް ނިމިފައެވެ.

ތިލަމާލެ ބްރިޖުގެ މަޝްރޫއު މިހާރު ނިންމަން ހަމަޖެހިފައި ވަނީ:

  • މާލޭން ގުޅީފަޅަށް – 2026 ވަނަ އަހަރުގެ މާރޗް މަހުގެ 31 ވަނަ ދުވަހަށް
  • ގުޅީފަޅުން ތިލަފުއްޓަށް – 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހަށް

ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި ހިލޭ އެހީގެ ގޮތުގައި އިންޑިއާގެ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރެވެ. ބްރިޖުގެ މަސައްކަތުގައި ތުރުކީ އާއި ޖަރުމަނުގެ އިތުރުން އޮސްޓްރޭލިއާގެ މާހިރުން ބައިވެރިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި