Sunday, 26 July 2026
Ads by

އަޅުގަނޑުގެ ސަރުކާރު ވައްޓާލަން އޭރުގެ އިދިކޮޅަށްވުރެ ބޮޑަށް މަސައްކަތްކުރީ އެމްޑީޕީ ތެރެއިން: ރައީސް އިބޫ

އަޅުގަނޑުގެ ސަރުކާރު ވައްޓާލަން އޭރުގެ އިދިކޮޅަށްވުރެ ބޮޑަށް މަސައްކަތްކުރީ އެމްޑީޕީ ތެރެއިން: ރައީސް އިބޫ

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހު

ނިމިދިޔަ އެމްޑީޕީގެ ސަރުކާރު އޮތްއިރު، އޭރުގެ އިދިކޮޅު ފަރާތްތަކަށްވުރެ ބޮޑަށް ސަރުކާރާ ދެކޮޅަށް މަސައްކަތްކޮށް، ސަރުކާރު ފަޟީޙަތްކުރުމުގެ މަސައްކަތް ކުރީ އެމްޑީޕީގެ ތެރޭގައި ތިއްބެވި މެންބަރުން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް ސޯލިހު މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމްގެ ކެމްޕޭން ހަރަކާތެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

އެމަނިކުފާނުގެ ވެރިކަމުގެ ދުވަސްވަރު ކުރިމަތިވި ސިޔާސީ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ސޯލިހު ވިދާޅުވީ، މަޖިލިސް ތެރޭގައި ވަރަށް ހަޑިހުތުރުކޮށް ސަރުކާރަށާއި އެމަނިކުފާނަށް ނިސްބަތްކޮށް ވާހަކަ ދައްކަވަން ފެށީ އޭރު އެމްޑީޕީގައި ތިއްބެވި މެންބަރުން ކަމަށެވެ.

”މަޖިލިސް ތެރޭގައި ވަރަށް ހަޑިހުތުރުކޮށް ސަރުކާރަށާއި އަޅުގަނޑަށް ނިސްބަތްކޮށް އަޅުގަނޑުމެންގެ މެންބަރުން (އޭރުގެ އެމްޑީޕީ މެމްބަރުން) ވާހަކަ ދައްކަވަން ފެށީ. ވަގަށް ވެސް ގޮވަނީ، ހަޑި ހުތުރު އެއްޗެހިވެސް ގޮވަނީ. ސަރުކާރުން ރައްޔިތުންނަށް ކަމެއް ނުކޮށްދެއޭވެސް ގޮވަނީ،“ ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، ޙަޤީޤަތުގައި އޭރު އޮތް އިދިކޮޅު ފަރާތްތަކަށް ވުރެ ބޮޑަށް ސަރުކާރު ފަޟީޙަތްކޮށް، ރައްޔިތުންގެ ކުރިމަތީގައި ސަރުކާރުގެ އަގު ވައްޓާލުމަށްޓަކައި މަސައްކަތް ކުރަމުން ގެންދިޔައީ އެމްޑީޕީގެ ތެރޭގައި ތިބި ބަޔަކު ކަމަށެވެ. އެމަނިކުފާނު ވެރިކަމުގެ މަސައްކަތްތައް ފަށައިގަންނަން ޖެހުނީ އެފަދަ ބޮޑެތި ދަތިތަކަކާ އެކު ކަމަށާއި، އެއީ އެއްގޮތަކަށްވެސް އުއްމީދު ކުރެއްވި ކަމެއް ނޫން ކަމަށްވެސް ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

މި ވާހަކަފުޅުގައި ރައީސް ސޯލިހު އިޝާރާތް ކުރެއްވީ އޭރުގެ އެމްޑީޕީގެ ތެރޭގައި އުފެދުނު ބައިބައިވުންތަކާއި، އޭގެ ސަބަބުން ސަރުކާރު ހިންގުމަށް ކުރިމަތިވި ހުރަސްތަކަށެވެ. މީކާއިލް ނަސީމްގެ ކެމްޕޭން ހަރަކާތުގައި ދެއްކެވި މި ވާހަކަފުޅަކީ ކުރީގެ ސަރުކާރުގެ ދުވަސްވަރު އެ ޕާޓީގެ އެތެރޭގައި ހިނގާދިޔަ ސިޔާސީ ކަންތައްތަކާ ގުޅޭގޮތުން އެމަނިކުފާނު މިހާތަނަށް އެންމެ ފާޅުކަން ބޮޑުކޮށް ދެއްކެވި ވާހަކަފުޅެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި