Tuesday, 17 November 2026
Ads by

ކައުންސިލަރު ޙައްޖަ، ރަސްމީ މަސައްކަތް ނުކޮށް 32 ހާސް ރުފިޔާގެ މުސާރައާއެކު ’ކެމްޕޭން ހޮލިޑޭ‘ ގައި

ކައުންސިލަރު ޙައްޖަ، ރަސްމީ މަސައްކަތް ނުކޮށް 32 ހާސް ރުފިޔާގެ މުސާރައާއެކު ’ކެމްޕޭން ހޮލިޑޭ‘ ގައި

ކައުންސިލަރު ޚަދީޖާ މީކާއިލްގެ ކެމްޕޭނެއްގައި---

ރައްޔިތުން އިންތިހާބުކޮށްފައިވާ މަގާމެއްގައި ހުރެ، އަދި ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު މުސާރައާއި އިނާޔަތްތައް ނަގައިގެން މަގާމުގެ މަސްއޫލިއްޔަތުތަކުން ރެކިގަންނަ މީހުންގެ ވާހަކައަކީ ދިވެހިންނަށް އާ ވާހަކައަކަށް ނުވާނެއެވެ.

Ad Image
Ads by

އެގޮތުން މި ދުވަސްވަރު އެންމެ ބޮޑަށް ދެކެވޭ ވާހަކައަކީ، ކުރިއަށް އޮތް އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގައި ވާދަކުރާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމްގެ ކެމްޕޭނު ހަރަކާތްތަކުގައި މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅި އުތުރު ދާއިރާގެ ކައުންސިލަރު ޚަދީޖާ މުޙައްމަދު އިސްކޮށް ހަރަކާތްތެރިވެ އުޅޭ ވާހަކައެވެ.

މީހެއްގެ ކެމްޕޭނު ހަރަކާތްތަކުގައި މަސައްކަތް ކުރުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫން ނަމަވެސް، މައްސަލައަކަށްވާ ހިސާބަކީ ރަސްމީ މަސައްކަތު ވަގުތުތަކުގައި އޮފީހަށް ހާޒިރު ނުވެ، އޮފީހުގެ އެއްވެސް މަސައްކަތެއް ނުކުރުމުގެ އިތުރުން ހައްގު ނޫން މުސާރަ ނަގައިގެން ކެމްޕޭނު ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވެ އުޅޭތީއެވެ.

މައްޗަންގޮޅި އުތުރު ދާއިރާގެ ރައްޔިތުން ފާހަގަކުރާ ގޮތުގައި، ކަމެއްގެ މައުލޫމާތު ސާފުކުރުމަށް މިހާތަނަށް ޚަދީޖާއަށް ފޯނުކުރުމުން ފޯނަށް ޖަވާބުދީފައިވަނީ މަދު ފަހަރެއްގައެވެ. އަދި މިއަދު ކައުންސިލުން މައްޗަންގޯޅިގައި ކުރިއަށް ގެންދެވުނު ޙަރަކާތުގައިވެސް ޙައްޖަ ބައިވެރިވެފައިނުވަނީ ރަސްމީ ވަގުތު މީކާއިލްގެ ކެމްޕޭނަށް އަތޮޅުތެރޭގެ ދަތުރުގައި އުޅޭތީކަމަށް ދާއިރާއިން ’އެކި‘ އަށް މަޢުލޫމާތުދިން ބޭފުޅުން ވިދާޅުވެއެވެ.

މިއަދު މައްޗަންގޯޅީގައި ކުރިއަށް ދިޔަ ކައުންސިލް އިވެންޓުގައި ހައްޖަ ފެންނާކަށްނެތް..

ފާހަގަކޮށްލެވޭ ގޮތުގައި އެމްޑީޕީގެ އާންމު މެންބަރުން ވެސް އަންނަނީ މީކާއިލްގެ ކެމްޕޭނު ހަރަކާތްތަކުގައި ޚަދީޖާ ހަރަކާތްތެރިވެ އުޅޭތީ އެކަމަށް ފާޑުކިޔަމުންނެވެ. ވަކިން ހާއްސަކޮށް ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލްގެ ފެކްޝަނަށް ނިސްބަތްވާ މެންބަރުންގެ ފާޑުކިޔުން ވަނީ ޚަދީޖާއަށް އަމާޒުވެފައެވެ.

އެމްޑީޕީގެ އާންމު މެންބަރުން ޚަދީޖާއަށް ފާޑުނުކިޔަންވީ އެއްވެސް ސަބަބެއް ނެތެވެ. ސަބަބަކީ މި ފަހުން ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި، މައްޗަންގޮޅި އުތުރު ދާއިރާގެ ރައްޔިތުން އެ މަގާމަށް ޚަދީޖާ އިންތިހާބުކުރީ ވަރަށް ވެސް ފޮނި އުންމީދުތަކާއެކުގައި ކަމަށް ވާތީއެވެ. އެގޮތުން ކެމްޕޭނު ދުވަސްވަރު ކުރިއަށްގެންދިޔަ ދޮރުންދޮރަށް ހަރަކާތްތަކުގައި ތަކުރާރުކޮށް އޭނާ ބުނަމުން ގެންދިޔައީ އަބަދު ވެސް ހުންނާނީ ރައްޔިތުންގެ ހިދުމަތުގައި ވަރުބަލި ކަމެއްނެތި ކަމަށެވެ.

ރައްޔިތުންގެ ހިދުމަތުގައި ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި 24 ގަޑިއިރު މަސައްކަތްކުރާނެ ކަމަށް ވައުދުވެ، މައްޗަންގޮޅި އުތުރު ދާއިރާގެ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށްފަހު ޚަދީޖާގެ އަމަލުތައް މިހާރު ފެނިގެންދަނީ އޭރު ދެއްކި ވާހަކަތަކާއި ދިމާ މުޅިން އިދިކޮޅަށެވެ. އެގޮތުން ރަސްމީ މަސައްކަތު ވަގުތުތަކުގައި އޮފީހަށް ހާޒިރުނުވެ، މީކާއިލުގެ ކެމްޕޭނުގައި އަތޮޅުތެރޭގެ ރަށްރަށަށް ދަތުރުކުރުމާއި، އެ ރަށްރަށަށް ގޮސް ބެޑްމިންޓަން ކުޅުމާއި، މާލޭގެ އެކި އަވަށްތަކުގައި ހިންގާ ދޮރުންދޮރަށް ހަރަކާތުގައި ބައިވެރިވެ ޑްރާމާ ކުޅުމުގައި ޚަދީޖާ އުޅެނީ އަވަދިނެތިއެވެ.

މީގެ އިތުރުން ރައްޔިތުންގެ ޓެކްސް ފައިސާއިން  މުސާރަނަގައިގެން ސަރުކާރުގެ 2 އަންހެން އެކްޓިވިސްޓުން ދަތުރު ކުރަނީ ކަމަށްބުނެ އެންމެ ބޮޑަށް ފާޑުކިޔާ ފުރައްސާރަކޮށްހެދި ހައްޖަ ރައްޔިތުން އިންތިޚާބުކޮށް ޒިންމާތަކެއް މަތިކޮށްފައި ވަނިކޮށް ރައްޔިތުންގެ ޓެކްސް ފައިސާއިން މަހެއްގެ މައްޗަށް 32 ހާސް ރުފިޔާގެ މުސާރައެއް ނަގަމުން، މަގާމުގެ މަސްއޫލިއްޔަތު އަދާނުކޮށް އަތޮޅުތެރޭގެ ރަށްރަށަށް ހޮލިޑޭގައި ދަތުރު ހަދާފައި ގޮސްއުޅޭ އުސޫލުން މީކާއިލުގެ ކެމްޕޭނު ހަރަކާތްތަކުގައި ރަށްރަށަށް ގޮސް އުޅޭތީ މަގާމުން އަމިއްލައަށް އިސްތިއުފާދިނުމަށާއި، ކަން ކުރެވޭނެ ފަރާތަކަށް ފުރުސަތު ދިނުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
large_thumb_1794838270108
މާފަރާއި ފޮއްދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
vazeerunge majilis
ސިޔާސަތުތަކަށް ފަންނީ ތަޖުރިބާކާރުންގެ އިލްމީ ލަފާ ހޯދަން ކޮމިޓީތަކެއް އުފައްދަވަނީ
big_y0OjWZ5sc0AZ00GFfi0UbJiYK
2028 ގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމުގެ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު: ޢަބްދުއްރަޙީމް
Ads by
މަގުބޫލު
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި