Wednesday, 9 September 2026
Ads by

ބީއެމްއެލްގެ މާލީ ދުޅަހެޔޮކަން ބަލައިގަނެ، ފިޗުން އަނެއްކާ ވެސް އާ ރޭޓިންގއެއް

ބީއެމްއެލްގެ މާލީ ދުޅަހެޔޮކަން ބަލައިގަނެ، ފިޗުން އަނެއްކާ ވެސް އާ ރޭޓިންގއެއް

ބީއެމްއެލްގެ މައި އިދާރާ---

ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ އިތުބާރު ވަރުގަދަވަމުންދާ ދަނޑިވަޅެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހަރުދަނާކަމާއި މާލީ ދާއިރާގައި އަދާކުރާ މުހިންމު ދައުރު ފިޗުން ފާހަގަކޮށްފިއެވެ.

Ad Image
Ads by

ފިޗް ރޭޓިންގސް އިން ބީއެމްއެލްއަށް ދިން ކްރެޑިޓް ރޭޓިންގގައި، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ބައިނަލްއަގުވާމީ މައިދާނުގައި އާ އިތުބާރެއް ލިބެމުންދާ މި ދަނޑިވަޅުގައި، ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ވަރުގަދަކަން ވަނީ ފާހަގަކޮށްފައެވެ. ފިޗުން ބީއެމްއެލްއަށް ދީފައިވަނީ ’ސީސީސީ-’ ގެ ލޯންގް-ޓާމް އިޝުއަރ ޑިފޯލްޓް ރޭޓިންގް (އައިޑީއާރް) އެކެވެ. އަދި މި ރޭޓިންގގެ އައުޓްލުކް އަކީ ’ސްޓޭބަލް‘ ރޭޓިންގް އެކެވެ. މީގެ އިތުރުން، ބޭންކުގެ އަމިއްލަ މާލީ ފުދުންތެރިކަން ވަރުގަދަވުމުގެ ސަބަބުން، ދިވެހި ދައުލަތުގެ ރޭޓިންގްއަށްވުރެ ދެ ދަރަޖަ މަތީ ’ސީސީސީ+‘ ގެ ލޯކަލް ކަރަންސީ ލޯންގް-ޓާމް އައިޑީއާރް އެއްވެސް ބޭންކަށް ވަނީ ދީފައެވެ.

މި ރޭޓިންގ ދީފައިވަނީ މި މަހުގެ ތިންވަނަ ދުވަހު ފިޗުން ރާއްޖޭގެ އިގްތިސާދީ ރޭޓިންގް ’ސީސީ‘ އިން ’ސީސީސީ-’ އަށް މަތިކުރުމާ ގުޅިގެންނެވެ. ދައުލަތުގެ ރޭޓިންގް މަތިކުރީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި 500 މިލިއަން ޑޮލަރުގެ ސުކޫކް ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމާ ގުޅިގެންނެވެ. މީގެ އިތުރުން، އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ގެންނަ އިސްލާހުތަކާއި ބޭރު ފައިސާއާ ބެހޭ ގާނޫނު ތަންފީޒުކުރަން ފެށުމަކީ ވެސް މި ރޭޓިންގް މަތިވުމަށް މެދުވެރިވި ސަބަބުތަކެއްގެ ގޮތުގައި ފިޗުން ފާހަގަކުރެއެވެ.

ބީއެމްއެލްގެ ރޭޓިންގ ބިނާވެފައިވަނީ ދައުލަތުގެ ރޭޓިންގގެ އޮނިގަނޑުގެ ތެރޭގައި ކަމަށްވީ ނަމަވެސް، ފިޗްގެ އެސެސްމަންޓުގައި ބޭންކުގެ އެތެރޭގެ ވަރުގަދަކަން ވަނީ ބަލައިގެންފައެވެ. އޭގެ ތެރޭގައި ބޭންކުގެ ބާޒާރުގެ ހިއްސާ ބޮޑުވުމާއި، މާލީ ދާއިރާގައި އޮތް ވަރުގަދަ މަގާމާއި، ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދުމުގެ ގާބިލުކަމުގެ އިތުރުން ބޭންކުގެ ރައުސްމާލުގެ ވަރުގަދަކަން ހިމެނެއެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުން، އާންމު ފަރުދުންނާއި، ވިޔަފާރިތަކާއި ކުންފުނިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބީއެމްއެލް މުހިންމު ދައުރެއް އަދާކުރެއެވެ. ހަމައެހެންމެ، ބޭރު ފައިސާގެ މުއާމަލާތްތައް ހިންގުމުގައާއި މުޅި އިގްތިސާދަށް މާލީ އިތުބާރު ހޯދައިދިނުމުގައި ވެސް ބޭންކުގެ ދައުރު ބޮޑެވެ.

ފިޗުން ފާހަގަކުރި ގޮތުގައި، ބޭންކުގެ ރައުސްމާލު ވަރުގަދަކޮށް ހިފެހެއްޓުމުގައި ބޭންކުން ގެންގުޅޭ ހަރުދަނާ ރިސްކް މެނޭޖްމަންޓް ސިޔާސަތުތަކާއި އަމިއްލައަށް ރައުސްމާލު އުފެއްދުމުގެ ގާބިލުކަން މުހިންމު ދައުރެއް އަދާކުރެއެވެ. މި ކަންކަމުގެ ސަބަބުން، އިގްތިސާދީ އެކި ހާލަތްތަކުގައި ވެސް ކަސްޓަމަރުންނަށް ބޭނުންވާ މާލީ އެހީތެރިކަން މެދުނުކެނޑި ފޯރުކޮށްދިނުމުގެ ގާބިލުކަން ބީއެމްއެލްއަށް ލިބިގެންވެއެވެ.

ބީއެމްއެލް ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، މި ރޭޓިންގއަކީ ބޭންކުގެ މާލީ ވަރުގަދަކަމާއި، ހަރުދަނާ ކުރިއެރުމާއި، ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލުކަން ރަމްޒުކޮށްދޭ ހެއްކެކެވެ.

އިގްތިސާދީ މާހައުލުގައި އަދިވެސް ގޮންޖެހުންތަކެއް ހުރި ނަމަވެސް، ފިޗްގެ މި ރޭޓިންގް އިން ސާފުކޮށްދެނީ މައިގަނޑު އެއް ކަމެކެވެ. އެއީ ގައުމުގެ އިގްތިސާދު އިއާދަކުރުމާއި ދިގުރާސްތާގެ ތަރައްގީގައި ބީއެމްއެލްއަކީ އެންމެ މުހިންމު އަދި ވަރުގަދަ މުއައްސަސާގެ ގޮތުގައި ދެމިއޮތް ކަމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި