Wednesday, 9 September 2026
Ads by

ރައީސް އޮފީހާއި، ހުރިހާ ވުޒާރާއަކުން މަޢުލޫމާތު ހާމަކުރުމުގެ އިލްތިޒާމް 100 އިންސައްތަ ފުރިހަމަކޮށްފި

ރައީސް އޮފީހާއި، ހުރިހާ ވުޒާރާއަކުން މަޢުލޫމާތު ހާމަކުރުމުގެ އިލްތިޒާމް 100 އިންސައްތަ ފުރިހަމަކޮށްފި

އެކި ގްރެފިކްސް: އިމްރާން...

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސަރުކާރުގެ ހުރިހާ ވުޒާރާތަކުން އިސްނަގައިގެން މަޢުލޫމާތު ހާމަކުރުމުގެ ޤާނޫނީ އިލްތިޒާމްތައް ސައްތައަކުން ސައްތަ ފުރިހަމަކޮށްފިކަމަށް އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ހާމަކުރެއްވި އެންމެ ފަހުގެ ތަފުސީލުތަކަށް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިތުރުން ސަރުކާރުގެ 16 ވުޒާރާއަކުންވެސް މިހާރު ވަނީ މަޢުލޫމާތު ހާމަކުރުމާ ގުޅޭ ޤާނޫނީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރަން ފަށާފައެވެ. މިއީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކުން އިސްނަގައިގެން ހާމަކުރަންޖެހޭ މަޢުލޫމާތުތައް އާންމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މިކަމާ ގުޅޭގޮތުން އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ފާހަގަކުރެއްވި ގޮތުގައި، ޤާނޫނީ އިލްތިޒާމްތައް ފުރިހަމަކުރުމަކީ (Compliance) އޭގެ ޒާތުގައި މާބޮޑު ދެއްކުންތެރިކަމެއް ނުވަތަ ތައުރީފެއް އޮތް ކަމެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި އެއީ ކޮންމެ އިދާރާއަކުންވެސް ކޮންމެހެން އަދާކުރަންޖެހޭ، ޤާނޫނީ ގޮތުން މަޖުބޫރު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

”ކަނޑައެޅިފައިވާ މިންގަނޑަށް ވާޞިލުވުމަކީ ހަމައެކަނި ފެށުން. އެއީ މަސައްކަތުގެ ނިމުމެއް ނޫން،“ ކޮމިޝަނަރު ވިދާޅުވިއެވެ.

އާހިދު އިތުރަށް ވިދާޅުވީ، ސަރުކާރުގެ އިދާރާތަކުން ޤާނޫނީ މިންގަނޑަށް ފެތުމަކީ ހާމަކަން ބޮޑު ނިޒާމެއް ބިނާކުރުމަށް އެޅޭ ބިންގާ ކަމަށާއި، މި މަސައްކަތް މެދުނުކެނޑި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމަށެވެ.

މި ސަރުކާރުން މަޢުލޫމާތު ހާމަކުރުމަށް ދޭ އަހައްމިއްޔަތުކަން ފާހަގަކުރަމުން، އިންފޮމޭޝަން ކޮމިޝަނަރު ވަނީ ހުރިހާ މުއައްސަސާތަކުންވެސް ޤާނޫނަށް ބޯލަނބައި، ރައްޔިތުންނަށް އެނގެންޖެހޭ މަޢުލޫމާތުތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް ހަރުދަނާކުރުމަށް އިލްތިމާސްކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި