Wednesday, 9 September 2026
Ads by

އިމާރާތްކުރުމުގެ ގާނޫނާއި ގަވައިދުތަކަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމްތައް ހަ އަތޮޅެއްގައި ހިންގަނީ

އިމާރާތްކުރުމުގެ ގާނޫނާއި ގަވައިދުތަކަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމްތައް ހަ އަތޮޅެއްގައި ހިންގަނީ

އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލައިފައިވާ ގަވައިދުތަކަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމްތަކެއް ހަ އަތޮޅެއްގައި ކުރިއަށްގެންދަން ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.

Ad Image
Ads by

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ޕްރޮގްރާމްތައް ކުރިއަށްގެންދާނީ  ކ، ވ، އދ، އއ ،ޅ އަދި ބ އަތޮޅުގެ ރަށު ކައުންސިލްތަކަށް އަމާޒުކޮށްގެން މިއަދުން ފެށިގެން މި މަހުގެ 11ގެ ނިޔަލަށް ކަމަށެވެ.

މިނިސްޓްރީން ބުނީ ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ އިމާރާތްކުރުމުގެ ގާނޫނާއި ގަވައިދުތަކަށް ރަށު ކައުންސިލްތަކުގައި މަސައްކަތްކުރާ މުވައްޒަފުން އަހުލުވެރިކުރުވުން ކަމަށެވެ.

މި ޕްރޮގްރާމްގެ ސެޝަންތަކުގައި އިމާރާތްކުރުމުގެ ހުއްދަ ނެގުމާއި ކުރެހުންތައް ފާސްކުރުމާއި ޕްރޮޖެކްޓްތަކަށް ލައިސަންސް ދިނުމާއި އިމާރާތްކުރުމަށް ބޭނުންވާ ތަކެތި އެެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލްކުމުގެ ގަވައިދާއި ސައިޓުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އިތުރުން ޕްލޭނިން ގަވައިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި އިމާރާތްކުރަންވީ ގޮތުގެ ގަވައިދުގެ މައުލޫމާތު ދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ކުރެހުން ފާސްކުރުމާއި ހުއްދަތައް ދޫކުރާނެ ގޮތާއި ގަވައިދާ ހިލާފުވާ ފަރާތްތަކާމެދު އަމަލުކުރާނެ އުސޫލުތަކާއި ކޮންޓްރެކްޓަރުންގެ ޒިންމާތަކާ ގުޅޭ ތަފްސީލީ މައުލޫމާތުތައްވެސް ދޭނެ ކަމަށް ބުންޏެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި