Sunday, 26 July 2026
Ads by

މީކާއީލްގެ ސުވާލެއް: އެމްޑީޕީގެ ބައި ލައްކަ މެންބަރުން މަގުމަތިކުރި ބަޔަކާ ޕާޓީ ހަވާލުކުރަން ތައްޔާރުތޯ؟

މީކާއީލްގެ ސުވާލެއް: އެމްޑީޕީގެ ބައި ލައްކަ މެންބަރުން މަގުމަތިކުރި ބަޔަކާ ޕާޓީ ހަވާލުކުރަން ތައްޔާރުތޯ؟

އެމްޑީޕީ ގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ކެމްޕޭނު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.. ފޮޓޯ / އެމްޑީޕީ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް، އެ ޕާޓީގެ އާންމު މެންބަރުންނާ މުހިންމު ސުވާލުތަކެއް ކުރިމަތިކުރައްވައިފިއެވެ.

Ad Image
Ads by

ކެމްޕޭން ދަތުރުފުޅުތަކުގެ ތެރެއިން ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ، އެމްޑީޕީގެ ބައި ލައްކައެއްހާ މެންބަރުން މަގުމަތިކުރުވި ބަޔަކާ ޕާޓީގެ ހުންގާނު ހަވާލުކުރަން މެންބަރުން ތިބީ ތައްޔާރަށްތޯ އޭނާގެ ހިތަށް އަރާ ކަމަށެވެ. މީކާއިލް މިހެން ވިދާޅުވީ ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ފޯރި ގަދަވެފައިވާ ދަނޑިވަޅެއްގައެވެ.

މީކާއިލް ވިދާޅުވީ، އަތޮޅުތެރެއަށް ކުރައްވަމުންދާ ދަތުރުތަކުން ބައްދަލުވާ އާންމު މެންބަރުންގެ ޝުޢޫރުތަކުން، އިދިކޮޅު ފަރާތްތަކުން އެ ބުނާ ބޮޑު ބަދަލަށް މެންބަރުން ތައްޔާރު ނޫންކަން ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި މި އިންތިޚާބު ތަނަވަސް އަޣުލަބިއްޔަތަކުން ކާމިޔާބު ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ.

”އަޅުގަނޑު ހަމަ ހިތައް އަރަނީ އެމްޑީޕީގެ ބައި ލައްކައެއްހާ މެންބަރުން މަގުމަތި ކުރުވި ބަޔަކާ މި ޕާޓީގެ ހުންގާނު ހަވާލުކުރަން ތިބޭފުޅުން ހަމަ ތައްޔާރުތޯ؟ އަޅުގަނޑަށް ހަމަ ޔަގީން އަޅުގަނޑުމެން މިކުރާ ދަތުރުތަކުން އަޅުގަނޑުމެންނާ ބައްދަލުވަމުންދާ އާންމު މެންބަރުންގެ ވާހަކަތަކުން އެ ބޭފުޅުން އެ ވިދާޅުވާ ބޮޑު ބަދަލަށް ތައްޔާރު ނޫންކަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އިންތިޚާބު ތަނަވަސް އަގުލަބިއްޔަތަކުން ކާމިޔާބުކުރާނަން،“ މީކާއިލް ވިދާޅުވިއެވެ.

މީކާއިލް އިތުރަށް ވިދާޅުވީ، އޭނާގެ އަމާޒަކީ އަތޮޅުތަކުގައި ވަޅުޖެހިފައިވާ ޕާޓީގެ ހަރަކާތްތައް އާ ހިތްވަރަކާއެކު އަލުން ފައްޓަވައިދެއްވުން ކަމަށެވެ. އަދި މެންބަރުން އެދޭ ގޮތަށް ޕާޓީގެ ހަރަކާތްތައް މުޅި ރާއްޖޭގައި ވަރުގަދަކުރައްވާނެ ކަމުގެ ވައުދުވެސް އޭނާ ވެވަޑައިގަތެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ފޯރި ގަދަވެފައިވާއިރު، މި އިންތިޚާބަކީ ކުރިއަށް އޮތް ތަނުގައި އެޕާޓީގެ މިސްރާބު ކަނޑައެޅުމުގައި މުހިންމު ދައުރެއް އަދާކުރާނެ އިންތިޚާބެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި