Wednesday, 9 September 2026
Ads by

ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް: ރައީސް

ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް މުޢިއްޒު މި މޭރުމުން ވިދާޅުވީ، ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން އަބަދު ވެސް އިސްކަމެއް ދެއްވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ކާބޯތަކެތީގެ ޒަރީއާއިން ފެތުރޭ ބަލިތައް ނައްތާލުމަށާއި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ އިތުރުން ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި ރައްކާތެރި ކާބޯތަކެތި ލިބުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އަދި ކާބޯތަކެތިން ޖެހޭ ގިނަ ބަލިތަކަކީ، މައުލޫމާތާއި ހެކީގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ނިޒާމުތަކެއްގެ ތެރެއިންނާއި، މުޅި މުޖުތަމައުގެ އެއްބާރުލުމާއެކު ހުއްޓުވިދާނެ ބަލިތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެއްޗަކީ ރައްކާތެރި، ސިއްހަތަށް ފައިދާހުރި، އަދި އިތުބާރު ހިފޭ ތަކެތިކަން ކަށަވަރުކުރުމަށް ސަރުކާރުން ސާބިތުކަމާއެކު މަސައްކަތް ކުރައްވާނެކަން ފާހަގަކުރައްވައި ރައީސް ވަނީ، މިކަމުގައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކުގެ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. އެގޮތުން:

  • ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް އެކުލަވާލުން
  • ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތި ކޮންޓްރޯލްކޮށް ބެލެހެއްޓުމުގެ ނިޒާމު ވަރުގަދަކުރުން
  • ކާބޯތަކެތީގެ ރައްކާތެރިކަން މޮނިޓަރކޮށް ތަހުލީލުކުރުމަށް ބޭނުންވާ ފަންނީ ގާބިލުކަން ގައުމީ ފެންވަރުގައި އިތުރުކުރުން

މީގެ އިތުރުން، މި ވަގުތު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކުގެ ހަނދާން ރައީސް ވަނީ އާކުރައްވައިފައެވެ. އެގޮތުން ފަލަޞްޠީނުގެ ޣައްޒާގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ އިންސާނީ ކުއްލި ނުރައްކަލުގެ ހާލަތަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވަނީ، ޣައްޒާގައި ރައްކާތެރި ނޫން ކާބޯތަކެއްޗާއި ތަޣައްޔަރުވެފައިވާ ފެން ބޭނުންކުރަން ޖެހުމުގެ ސަބަބުން ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް ހުރިހާ ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށް ބައިނަލްއަގުވާމީ ޖަމުއިއްޔާތަކަށް ރައީސް ވަނީ ގޮވާލައްވައިފައެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ތަބާވެ، އެއްބާރުލުން އިތުރުކޮށްގެން އެންމެނަށް ރައްކާތެރި މުސްތަގުބަލެއް ބިނާކުރެވިދާނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި