Sunday, 26 July 2026
Ads by

2028 ވަނަ އަހަރު އައްޑޫ ސިޓީވެގެން ދާނީ ޕީއެންސީގެ ކިއްލާއަކަށް: ފަލާޙް

2028 ވަނަ އަހަރު އައްޑޫ ސިޓީވެގެން ދާނީ ޕީއެންސީގެ ކިއްލާއަކަށް: ފަލާޙް

ރައްޔިތުންގެ މަޖިލިހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު---

ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މުޅި އައްޑޫ ސިޓީ ވެގެންދާނީ ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ކިއްލާއަކަށް ކަމަށް، ރައްޔިތުންގެ މަޖިލިހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް އިޝާރަތް ކުރައްވައި މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފަލާޙު ވިދާޅުވީ، ހިތަދޫ އުތުރު ދާއިރާއަކީ އެމްޑީޕީގެ ކިއްލާއެއް ކަމަށް އެބައިމީހުން ކުރަމުން އައި ދައުވާ ބައި-އިލެކްޝަނާ އެކުގައި ނިމިގެން ގޮސްފައިވާ ކަމަށެވެ.

އެމްޑީޕީގެ ހުރިހާ ރިޔާސީ ކެންޑިޑޭޓުން ކަމަށްވާ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމާއި އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދާއި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢިލާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަން ”މުޅި އުމުރުގައި ކުރެއްވި“ މުޙައްމަދު އަސްލަމާއި އެމްޑީޕީއާ އެކު ކުރާނެ މަސައްކަތެއް ނޯންނާނެ ކަމަށް ވިދާޅުވި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ތާއީދުކޮށްގެން ވެސް އިންތިހާބުގައި އައްޑޫ ސިޓީ ހިތަދޫގައި ބެހެއްޓި ވޯޓް ފޮށިތަކުން އެ ދާއިރާގެ ރައްޔިތުން، އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް ޢަބްދުﷲ ޞާދިޤު ލަދުވެތި ގޮތަކަށް ބަލިކޮށްފައިވާ ކަމަށް ފަލާޙު ވަނީ ވިދާޅުވެފައެވެ.

”އައްޑޫގައި ދިރިއުޅޭ، ރައްޔިތުން ބުނާ ކަހަލަ އެމްޑީޕީގެ ލީޑަރޝިޕް ވަނީ ފެއިލްވެފައޭ. އައްޑޫ އާމެދު އިހުމާލުވެފައޭ! ޔާމީނަކަށް އައްޑޫއިން ޖާގައެއް ނެތޭ! ކަލޭމެން ދެން އައްޑޫއަށް ނާރައްޗޭ!“ – ފަލާޙު ލިޔުއްވާފައިވެއެވެ.

ފަލާހް އިތުރަށް ވިދާޅުވީ، އިއްޔެ ބޭއްވި އިންތިހާބުގައި ބެހެއްޓުނު ހަތް ވޯޓު ފޮށީގެ ތެރެއިން ހަތަރު ވޯޓު ފޮށިން ޕީއެންސީގެ ކެންޑިޑޭޓު ކުރި ހޯދުމަކީ އައްޑޫ ސިޓީގެ ރައްޔިތުންގެ މެދުގައި ޕީއެންސީގެ މަގުބޫލުކަމާއި ރައީސް މުޢިއްޒަށް އޮތް އިތުބާރާއި ލޯބި އޮތް ހާމަވާ ކަމެއް ކަމަށެވެ.

މި އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓް އަޙުމަދު ސަޢީދު (ސޮޑާ) ގެ މައްޗަށް ސޯބެ ކާމިޔާބު ހޯއްދެވި ނަމަވެސް، ހިތަދޫގައި ބެހެއްޓުނު ވޯޓު ފޮށިތަކުން ޕީއެންސީން ގިނަ ވޯޓު ހޯދި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ އިން ދައްކައެވެ. އެގޮތުން ސޯބެއަށް މި އިންތިހާބުގައި ލިބިވަޑައިގަތީ 1،375 ވޯޓެވެ. އަދި ސޮޑާއަށް ލިބިވަޑައިގަތީ 1،313 ވޯޓެވެ. ދެ ބޭފުޅުންގެ ދެމެދުގައި 62 ވޯޓުގެ ފަރަގެއް ހުއްޓެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
fhtfw
ދިވެހި ދަޢުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ހަވާލުކުރައްވައިފި
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި