Wednesday, 9 September 2026
Ads by

”ގޭގައި ކޯލް ސެންޓަރު ހަދައިގެން އަދި ދޮރުންދޮރަށް ހިނގައިގެން ވެސް 3 ރައީސުންނަށް ލިބުނީ ނާކާމިޔާބީއެއް“

”ގޭގައި ކޯލް ސެންޓަރު ހަދައިގެން އަދި ދޮރުންދޮރަށް ހިނގައިގެން ވެސް 3 ރައީސުންނަށް ލިބުނީ ނާކާމިޔާބީއެއް“

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު---

ގޭގައި ކޯލް ސެންޓަރު ހަދައިގެންނާއި ދޮރުންދޮރަށް ހިނގައިގެން ވެސް ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ކުރީގެ ތިން ރައީސުންނަށް ލިބުނީ ބޮޑު ނާކާމިޔާބީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، ރައީސް މުޢިއްޒާއި ޕީއެންސީއާ ދެކޮޅަށް ނުކުމެ ކުރީގެ ތިން ރައީސުން އެއްބައިވެގެން ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެވުނީ އެންމެ 62 ވޯޓުން ކަމަށެވެ. މި ނަތީޖާއިން އެ ތިން ބޭފުޅުންނަށް ވެސް ޝޮކެއް ލިބިފައިވާ ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

ޝުޖާއު އެ ވިދާޅުވާ ކުރީގެ ތިން ރައީސުންނަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އިތުރުން ކުރިގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ.

”ރައީސް މުޢިއްޒު މި ނަތީޖާ ހޯއްދެވީ އެމްޑީޕީގެ ވެރިކަމުގައި ބައި-އިލެކްޝަންތަކުގައި މުޅި ދައުލަތް ލޫޓުވާލި ގޮތަކަށް ނޫން. ކޮމަންޑޫ އާއި ގުރައިދޫ ދާއިރާއަށް މުޅި ދައުލަތް އޮއްސާލި ގޮތަކަށް ނޫން. މި ނަތީޖާ ޕީއެންސީ ހޯދީ އާސަންދަ އަދި އެންސްޕާގެ ވެރިން ލެޕްޓޮޕްތައް ހިއްޕަވައިގެން ހިތަދޫއަށް އަރުވައިގެނެއް ނޫން. ވަޒީފާތަކާއި ޕްރޮމޯޝަންތައް އޮއްސައިގެނެއް ނޫން. ވީމާ މި ނަތީޖާއިން ތިޔަ ތިން ރައީސުންނަށް މޮޅުތަކެއް ނުލިބޭ،“ – ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ، އިންތިހާބު ތެރޭގައި ރައީސް ޔާމީން އިންނެވީ ގޭގައި ކޯލްސެންޓަރު ހައްދަވައިގެން ރައްޔިތުންނަށް ގުޅުއްވަން ކަމަށާއި ރައީސް ނަޝީދާއި ރައީސް ޞާލިޙް ކުރެއްވި ކަމަކީ އައްޑޫ ސިޓީ ހިތަދޫއަށް ވަޑައިގެން ދޮރުންދޮރަށް ހިންގެވުމުގައި ކަމަށެވެ.

ނަމަވެސް އެ ތިން ބޭފުޅުންނާއި ހިލާފަށް ރައީސް މުޢިއްޒު ގެންދަވަނީ ގައުމާއި ރައްޔިތުންގެ ހައްގުގައި އެ ބޭފުޅުންގެ ވެރިކަންތަކުގައި ނެންގެވި ލޯނުތައް ދައްކަވައި، ގައުމުގެ ރޭޓިންގ ރަނގަޅުކުރެއްވުމަށް ކުރައްވަންޖެހިވަޑައިގަންނަވާ މަސައްކަތްޕުޅުތައް ކުރެއްވުމުގައި އަވަދިނެތި ގައުމު ހިންގެވުމަށް ކަމަށް ޝުޖާއު ވަނީ އިތުރަށް ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި