Wednesday, 9 September 2026
Ads by

”ގެއިން ނުކުންނަވާ“: ލައިލާ ނަޝީދަށް ދިން ކަހަލަ އޯޑަރެއް، ނަޝީދު ރައީސް މުޢިއްޒަށް!

”ގެއިން ނުކުންނަވާ“: ލައިލާ ނަޝީދަށް ދިން ކަހަލަ އޯޑަރެއް، ނަޝީދު ރައީސް މުޢިއްޒަށް!

ކުރީގެ ރައީސް ނަޝީދަށް ދިމާވި 'ގެއިން ނުކުންނަވާ' ހާދިސާ ކަމަށްބުނާ މަންޒަރު ދައްކުވައިދޭ އޭއައި ފޮޓޯއެއް...

ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައި، މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ”ގެއިން ނުކުންނެވުމަށް“ ގޮވާލައްވައިފިއެވެ.

Ad Image
Ads by

ރޭ ނަޝީދު ފެކްޝަނުން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ރައީސް މުޢިއްޒު މިހާރު ހުންނެވީ ”ތިންފަށް“ ވެފައި ކަމަށެވެ.

”މަނިކްފާނު ތިހުރީ 3 ފަށް ވެފަ. 3 ފަށްވީމާ ދެން އެކަން ކުރާންޖެހޭގޮތް އަޅުގަނޑު ހިތުން އެންމެނަށްވެސް އެނގޭ. ދެން ޖެހޭނީ ހަމަ އަލުން ފަށަން. ފައިބާ ވަޑައިގަންނަވާ، ނުކުންނަވާ، ގެއިން ނުކުންނަވާ.. މިހާރު އެމަނިކުފާނަށް އެ ގޮނޑީގައި އިންނެވުމުގެ އެއްވެސް ޙައްޤެއް އޮތް ކަމަކަށް ނުފެނޭ،“ ރައީސް މުޢިއްޒަށް އަމާޒުކުރައްވައި ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިފަދައިން ވިދާޅުވީ ދާދިފަހުން ބޭއްވުނު ކައުންސިލް އިންތިޚާބާއި، ނިޒާމީ ވޯޓު (ރިފެރެންޑަމް) އަދި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ނަތީޖާއަށް އިޝާރާތް ކުރައްވަ އެވެ. ކައުންސިލް އިންތިޚާބުގައި މުޅި ރާއްޖޭގެ ގިނަ ގޮނޑިތައް ޕީއެންސީން ކާމިޔާބު ކުރި ނަމަވެސް، ބޮޑެތި ސިޓީތަކުން ސަރުކާރު ވަނީ ބަލިވެފައެވެ. އަދި ރިފެރެންޑަމް އިން ވެސް ސަރުކާރަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނެވެ. މި ނަތީޖާތަކާ ގުޅިގެން ރައީސް މުޢިއްޒު ވަނީ ބަލި ގަބޫލުކުރައްވައި، ސަރުކާރު ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައެވެ. އަދި އިންތިޚާބު ބާތިލްކުރުމަށް ކޯޓަށް ވަޑައިނުގެން، ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ނަތީޖާ ގަބޫލުކުރައްވާފައިވެއެވެ.

ނަމަވެސް، ސިޔާސީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ނަޝީދު މިއަދު މި ދައްކަވާ ވާހަކަފުޅުތަކަކީ އަމިއްލަފުޅު ހާލަތަށް ބަލާއިރު ވަރަށް ”މަޖާ“ ވާހަކަތަކެކެވެ. ނަޝީދަކީ ސިޔާސީ ގޮތުން ”ފަށް ނުކެނޑޭ ވަރަށް ފަށްފަށްވެފައި“ ހުންނެވި ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. 2012 ވަނަ އަހަރު ދައުރު ނުނިމެނީސް ރައީސްކަމުން އިސްތިއުފާ ދެއްވުމަށްފަހު، 2013 ގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވެ، 2023 ގައި އަމިއްލަފުޅަށް އުފެއްދެވި ”ދަ ޑިމޮކްރެޓްސް“ އާއެކު ފުލުފުލުން ފެއިލްވުމާއި، މަޖިލިސް ރައީސްކަމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތުމާއި، އަދި 2024 ގެ މަޖިލިސް އިންތިޚާބުން ލިބުނު ބޮޑު ނާކާމިޔާބީއަކީ މީގެ ހެކިތަކެވެ.

ނަޝީދު މިއަދު ރައީސް މުޢިއްޒަށް ”ގެއިން ނުކުންނަވާ“ އޭ ވިދާޅުވިއިރު، މިއީ 2021-2022 ހިސާބުގައި ނަޝީދުގެ އަމިއްލަ ދިރިއުޅުމުގައި ވެސް ދިމާވި ކަމެކެވެ. އޭރުގެ އަނބިކަނބަލުން ލައިލާ ޢަލީއާއި ގުޅުން ގޯސްވެ، ލައިލާގެ ގެކޮޅު މ. ޔާގޫތުގެއިން ނަޝީދު ނެރެލެއްވީ ވެސް ”ގެއިން ނުކުންނަވާ“ އޭ ވިދާޅުވެފައި ކަމަށް އަޑުތައް ފެތުރިފައިވެއެވެ. އެ މައްސަލަގަނޑުގެ ތެރޭގައި އޭރުގެ ޖޭއެސްސީގެ ރައީސް ހިސާނުއާ ނަޝީދު ސިއްރު ގުޅުންތަކެއް ބޭއްވި ކަމުގެ ތުހުމަތުތަކެއް ވެސް ކުރެވުނެވެ. މި ތުހުމަތުތަކުގައި ނަޝީދުގެ އަންހެން ދަރި ކަނބަލުން ވަނީ ސޯޝަލްމީޑިއާގައިވެސް ހިސާނުއަށް ބޭ އަދަބީކޮށް ރައްދު ދެއްވާފައެވެ.

އޭގެ ފަހުން ކެނެރީގެއަށް ބަދަލުވެ، އުޅުއްވުމަށްފަހު، އެމްޑީޕީން ވަކިވެ، ޑިމޮކްރެޓްސްގެ ނަމުގައި އައު ޕާޓީއެއް ހަދައި، އެންމެ ފަހުން ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރެއްވިއެވެ. މި ދަތުރުގައި ނަޝީދު ވަނީ 2024 ޖެނުއަރީ 26 ގައި ސްރީލަންކާގައި ލައިލާއަށްވުރެ ޒުވާން އަންހެނެއް ކަމަށްވާ ޔުމްނާ ރުޝްދީއާ ކައިވެނި ބައްލަވައިގެންފައެވެ. އެފަހުން ގާނާގައި ގިނަ ދުވަސްތަކަކު އުޅުއްވުމަށްފަހު، މިހާރު އަނެއްކާވެސް ވަނީ އެމްޑީޕީގެ ތެރެއަށް ވަދެވަޑައިގެންފައެވެ. އަމިއްލަފުޅަށް އުފެއްދެވި ޑިމޮކްރެޓްސް ޕާޓީ މެންބަރުން ހަމަނުވެގެން ދާދިފަހުން އުވާލާފައިވާއިރު، ނަޝީދު މިހާރު ގެންދަވަނީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވައި ކެމްޕޭނު ކުރައްވަމުންނެވެ.

ރާއްޖޭގެ ސިޔާސީ ޙަޤީޤަތަށް ނަޒަރު ހިންގާލާއިރު، ސިޔާސީގޮތުން އެންމެ ގިނައިން ފަށްވެފައި ހުންނެވީ ކުރީގެ ރައީސް ނަޝީދެވެ. އަދި ފަށްވާ ކޮންމެ ފަހަރަކު ބޭރު ގައުމުތަކަށް ވަޑައިގެން ރައްޔިތުންގެ ޓެކްސް ފައިސާއިން އެތައް ހޭދައެއް ކުރެއްވުމަށްފަހު، ކޮންމެވެސް ސިޔާސީ މޮޅެއް ނުވަތަ، ގޮނޑިއެއް ބޭނުންވުމުން ރާއްޖެއަށް ވަޑައިގަންނަވާ ނަޝީދަށް، ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ހޮވާފައިވާ ރައީސަކު ”ގެއިން ނުކުންނަވަން“ ބުނުމުގެ އެއްވެސް އަޚްލާގީ ޙައްޤެއް ނޯންނާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ްމުހައްމަދު އިބްރާހިމް ދީދީ
ްމުހައްމަދު އިބްރާހިމް ދީދީ
3 މަސް ކުރިން

ތީހަގީގަތުގަވެސް ތެދުވާހަކައެއް ނަޝީދުފައްވިވަރައް ފައްވިއެއްވެސް މީހަކުނުހުންނާނެ ފައްވިވަރުންގުދޯގުދޯއެގޮވަނީ ލަދެއްހިޔާތެއްހުރިނަމަ އެގޮތައްގޮވާކައްނުކެރޭނެ ކިތައްމެ އަސަރެއްކުރިޔަސް ނަޝީދުއެދުނުގޮތައް ސަރުކާރުގެ ބައެއްނުދެވޭނެ ސަރުކާރުގެ މިނިސްޓަރުންނާ އަދި ކުންފުނިތަކުގެ މެ ނޭޖިނަ ޑިރެކްޓަރުންނައް އޭނަގެ ޑިމޮކްރެޓަރު ކަމައް ޖާގަނުދީގެން އެފުއްޕަނީ ރައީސްގެ ދުރުވިސްނުންފުޅައް ވަރައްބޮޑަށް މަރުހަބާ

Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި