Wednesday, 9 September 2026
Ads by

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ރައްޔިތުން ދެއްވި ތާއީދަށް ޕީއެންސީން ޝުކުރު އަދާކޮށްފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ރައްޔިތުން ދެއްވި ތާއީދަށް ޕީއެންސީން ޝުކުރު އަދާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ، ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި އެ ދާއިރާގެ ރައްޔިތުން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ކުރެއްވި ތާއީދަށްޓަކައި އެ ޕާޓީން އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފިއެވެ.

Ad Image
Ads by

ޕީއެންސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިއަދު ކުރިއަށްދިޔަ މި އިންތިޚާބުގައި އެ ޕާޓީގެ ކެންޑިޑޭޓް އަޙްމަދު ސަޢީދަށް ގިނަ އަދަދެއްގެ ރައްޔިތުން ވޯޓު ދެއްވައި، ޕާޓީއަށް އޮތް ތާއީދު ދައްކުވައިދެއްވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

މި އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު، ހިތަދޫގައި ބެހެއްޓި ފަސް ވޯޓު ފޮށީގެ ތެރެއިން ތިން ފޮށްޓެއްގެ އަޣުލަބިއްޔަތު އަޙްމަދު ސަޢީދު ވަނީ ހޯއްދަވާފައެވެ. އަދި މާލޭގައި ބެހެއްޓި ދެ ފޮށީގެ ތެރެއިން އެއް ފޮށީގެ އަޣުލަބިއްޔަތުވެސް ލިބިވަޑައިގަތީ އޭނާއަށެވެ. މީގެ އިތުރުން، ހިތަދޫގައި ބެހެއްޓި ވޯޓު ފޮށިތަކުގެ ޖުމްލަ އަޣުލަބިއްޔަތުވެސް ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓެވެ.

ޕީއެންސީން ފާހަގަކުރި ގޮތުގައި، މިއީ އިދިކޮޅު ހުރިހާ ޕާޓީތަކެއް ގުޅިގެން މަސައްކަތް ކުރަމުންދިޔަ ދަނޑިވަޅެއްގައި، އިތުރު އެހެން ޕާޓީއެއްގެ ވާގިވެރިކަމެއް ނެތި ޕީއެންސީން ހޯދި ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.

މި ބައި-އިލެކްޝަނަށް ތައްޔާރުވުމުގައި ކެންޑިޑޭޓް އަޙްމަދު ސަޢީދާއި، އޭނާގެ ކެމްޕެއިން ޓީމުތަކުން ކުރެއްވި ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް، ޕާޓީގެ ފަރާތުން ވަނީ ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކޮށްފައެވެ. ހަމައެއާއެކު، ޕާޓީގެ ލީޑަރޝިޕާއި އެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ކެންޑިޑޭޓަށް ތާއީދު ހޯއްދަވައިދެއްވުމަށް ކުރެއްވި މަސައްކަތް ފާހަގަކޮށް، އެ ބޭފުޅުންނަށްވެސް ޕީއެންސީން ވަނީ ޝުކުރު ދަންނަވާފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، މި އިންތިޚާބުގައި ބެހެއްޓި ޖުމްލަ 7 ވޯޓު ފޮށީގެ ތެރެއިން 4 ފޮށި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެނޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) އެވެ. ޚާއްޞަކޮށް އައްޑޫ ސިޓީގައި ބެހެއްޓުނު ފޮށިތަކުން ސައީދު ވަނީ ބޮޑު ތަރުހީބެއް ހޯއްދަވައި، އެ ފޮށިތަކުން ކުރި ހޯއްދަވާފައެވެ. މި އިންތިޚާބު އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) ކާމިޔާބު ކުރެއްވި ނަމަވެސް، އޭނާއަށް ކުރި ލިބިވަޑައިގަތީ އެންމެ 62 ވޯޓުގެ ކުޑަ ތަފާތަކުންނެވެ. ސޯބެ އިންތިޚާބު ކާމިޔާބު ކުރެއްވުމުގައި މާލޭގައި ބެހެއްޓި ފޮށިތަކުން ލިބުނު ވޯޓު ބޮޑު ދައުރެއް އަދާކުރިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި