Wednesday, 9 September 2026
Ads by

ބްރޯޑްކޮމްއަށް ނުޒުހާ އައްޔަންކޮށްފި، ފަތްކޮޅު ފޮނުވީ ގެއަށް

ބްރޯޑްކޮމްއަށް ނުޒުހާ އައްޔަންކޮށްފި، ފަތްކޮޅު ފޮނުވީ ގެއަށް

ބްރޯޑްކޮމްއަށް އައްޔަންކުރި ނުޒުހާ: ކުރިން އަމަލު ކުރަމުން އަންނަ ގޮތާ ހިލާފަށް ފަތްކޮޅު ފޮނުވީ އޭނާގެ ގެއަށް.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ހުސްވެފައިވާ މަގާމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އައިމިނަތު ނުޒުހާ މަގާމަށް އައްޔަންކޮށްފިއެވެ.

Ad Image
Ads by

މީގެ ކުރިން އަމަލު ކުރަމުން އަންނަ ގޮތާ ހިލާފަށް ނުޒުހާއަށް މަގާމުގެ ފަތްކޮޅު އެރުވުމަށް ރައީސް އޮފީހުގައި ރަސްމިއްޔާތެއް ބާއްވާފައެއް ނުވެއެވެ. މަގާމުގެ ފަތްކޮޅު އޭނާ ދިރިއުޅެމުން އަންނަ ގެއަށް ފޮނުވާފައި ވަނީ ހޯމަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ.

އާންމުގޮތެއްގައި އަމަލު ކުރަމުން އަންނަ އުސޫލަކީ މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތަކަށް ބޭފުޅުން އައްޔަންކުރުމަށް ރައީސް އޮފީހުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައި، އެ ރަސްމިއްޔާތުގައި ފަތްކޮޅު ދެއްވުން ކަމަށް ވީނަމަވެސް އެ އުސޫލަށް އަމަލު ނުކުރެއްވި ސަބަބެއް ސާފެއް ނުވެއެވެ.

ބްރޯޑްކޮމްގެ ހުސްވެފައިވާ މެންބަރު ކަމަށް ނުޒުހާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. ބްރޯޑްކޮމްގެ މެންބަރެއްގެ މަގާމު ހުސްވެފައި ވަނީ އެ ކޮމިޝަނުގެ ނައިބު ރައީސް އަދި މެންބަރެއްގެ ގޮތުގައި ހުންނެވި އަހުމަދު ގައިސް ކޮމިޝަނުގެ މެންބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލި ފަސް ފަރާތުގެ ނަންތައް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ.

ނުޒުހާއަކީ މީގެކުރިން ރާއްޖެ ޓީވީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ނޫސްވެރިއެކެވެ.

ބްރޯޑްކޮމްގެ މިހާރުގެ ރައީސަކީ މަރިޔަމް ވަހީދާއެވެ. ނައިބު ރައީސަކީ މުހައްމަދު ފަޒީނެވެ. އެ ކޮމިޝަނުގައި ދެން ތިއްބަވަނީ އަލީ ޔޫސުފާއި އާމިނަތު އަމީނާއި ޝިފްލާ އިބްރާހިމްގެ އިތުރުން ސޮފާ ޝަފީގެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި