Sunday, 26 July 2026
Ads by

އެސްޓީއޯގެ 193 ފާމަސީއެއް އަންނަ މަހު ދައުލަތުގެ ބޭސް ކުންފުނީގެ ދަށަށް ބަދަލުކުރަނީ

އެސްޓީއޯގެ 193 ފާމަސީއެއް އަންނަ މަހު ދައުލަތުގެ ބޭސް ކުންފުނީގެ ދަށަށް ބަދަލުކުރަނީ

އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ ބޭސް ފިހާރަތައް އަންނަ މަހުގެ އެއް ވަނަ ދުވަހު ދައުލަތުގެ ބޭސް ކުންފުނި، ސްޓޭޓް ފަރމާގެ ދަށަށް ބަދަލުވާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

Ad Image
Ads by

ދައުލަތުގެ މީޑިއާ ”ޕީއެސްއެމް“ އަށް ދެއްވި އިންޓަވިޔުއެއްގައި ދައުލަތުގެ ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލްގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހް މާހިރު ވިދާޅުވީ އެ ކުންފުނިން މިހާރު ބޭސް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ޑރ. ޝާހް ވިދާޅުވީ، ކުރިން ރާއްޖޭގައި ބޭހުގެ ސްޓޮކް ހުރި މިންވަރު ބެލޭނެ ރަނގަޅު އިންތިޒާމެއް ނެތް ކަމަށާއި ނަމަވެސް ބޭހުގެ ސްޓޮކް ބެލެހެއްޓުމަކީ، ސްޓޭޓް ފާމާއިން ހާއްސަ އިސްކަމެއް ދޭނެ ކަމެއް ކަމަށެވެ.

ޑރ. ޝާހް ވިދާޅުވީ، ބޭސް ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ އިތުރުން އެސްޓީއޯގެ ދަށުން ހިންގަމުންދާ ބޭސް ފިހާރަތައް ދައުލަތުގެ ބޭސް ކުންފުނީގެ ދަށަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެސްޓީއޯގެ ބޭސް ފިހާރަތަކާއި ސްޓޭޓް ފާމާއިން ހަވާލުވާނެ ކަމަށް ޑރ. ޝާހް ވިދާޅުވިއެވެ.

”މި ފޯކަސް ކުރަނީ އެއީ 193 ފާމަސީ، އަދި މުޅިން އަލަށް އަޅުގަނޑުމެން ހުޅުވި ފާމަސީއެއް އައިޖީއެމްއެޗްގައި މިހުރީ. އެ ފާމަސީ ލައިގެން 194 ފާމަސީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނާނެ. އެތަންތަނުގެ ސަޕްލައިއާއި ކޮންސިއުމަަބަލްސް، މިބައިގަ މިހާރު ތައްޔާރުވަނީ، އެހެންވީމަ އަޅުގަނޑުމެން، އިލެކްޓްރޯނިކް ސިސްޓަމް އެބަ ބޭނުންވޭ މިކަމަށް. އެހެންވީމަ މިހާރު އެ އިންސްޓޮލޭޝަން އެބަދޭ ބާރަށް ކުރިއަށް. ޖުލައި މަހުގެ ކުރިން އެބައި ފުރިހަމަ ކުރެވޭނެ.“ ޑރ. ޝާހް ވިދާޅުވިއެވެ.

ޑރ. ޝާހް އިތުރަށް ވިދާޅުވީ،  ބޭސްފިހާރަތަކާ ހަވާލުވާއިރު ބޭސް ފިހާރުތަކުގައި ހުރި ސްޓޮކް އެނގޭނެހެން އެކަމަށް ބޭނުންވާ ސިސްޓަމް އިންސްޓޮލޭޝަން މަސައްކަތްވެސް އަންނަ މަހުގެ ކުރިން ނިންމާލެވޭނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި