ދުނިޔޭގެ އެންމެ މަޝްހޫރު އެއް ރިސާޗް ސެންޓަރު ކަމަށްވާ ”ޕިއު ރިސާޗް ސެންޓަރު“ އިން 2026 ވަނަ އަހަރުގެ މި ބަހާރު މޫސުމުގައި ނެރުނު ބޮޑު ސާވޭއިން ދައްކާގޮތުގައި، ދުނިޔޭގެ %67 އާންމު ރައްޔިތުން އިސްރޭލާ ދެކޮޅެވެ.
ސާވޭގެ މުހިންމު ނަތީޖާތައް:
– އިސްލާމީ ޤައުމުތަކުގެ ނުރުހުން: އިސްރޭލާ ދެކޮޅަށް އެންމެ ހަރުކަށިކޮށް ތިބީ މުސްލިމް ޤައުމުތަކެވެ. ތުރުކީގެ %97 އަދި ޕާކިސްތާނުގެ %95 ރައްޔިތުން އިސްރޭލާ މެދު ނުރުހުން ފާޅުކޮށްފައިވެއެވެ.
– ޔޫރަޕްގެ ބޮޑު ބަދަލު: ހުޅަނގުގެ ބާރުތަކުން އިސްރޭލަށް ހަތިޔާރު ދިނަސް، ޔޫރަޕްގެ އާންމުން ތިބީ އިސްރޭލާ ދެކޮޅަށެވެ. ސްވިޑަންގެ %78، ސްޕެއިންގެ %78، ނެދަލޭންޑްސްގެ %76 އަދި އިޓަލީގެ %75 މީހުން އިސްރޭލާ ދެކޮޅަށް ވޯޓުލާފައިވެއެވެ.
– އެމެރިކާގެ ބައިބައިވުން: އެމެރިކާގެ %60 މީހުން އިސްރޭލާ ދެކޮޅުއިރު، އޭގެ ތެރޭގައި ބޮޑު ބައިބައިވުމެއް އެބައޮތެވެ. އެމެރިކާގެ ލިބަރަލް (ވާތުފިޔަވީ) މީހުންގެ ބޮޑު ބައެއް އިސްރޭލާ ދެކޮޅުއިރު، ކޮންސަވޭޓިވް (ކަނާތުފިޔަވީ) މީހުންގެ ތެރެއިން އިސްރޭލާ ދެކޮޅީ މަދު ބައެކެވެ.
– އިންޑިއާގެ އިސްތިސްނާ: ދުނިޔޭގެ ހުރިހާ ޤައުމަކުން އިޒްރޭލު ކުށްވެރިކުރާއިރު، އިންޑިއާއަކީ އިޒްރޭލަށް އެންމެ ބޮޑަށް ތާއީދުކުރާ އެއް ޤައުމެވެ. އިންޑިއާގެ %32 މީހުން އިސްރޭލަށް ތާއީދުކުރާއިރު، ދެކޮޅީ އެންމެ %28 އެވެ.
އިސްތިރާޖީ ތަޙުލީލު: ޑިމޮކުރަސީ ނިޒާމުގެ ހީލަތްތެރިކަމާއި އިމްޕީރިއަލް ކޮންޓްރޯލް
ޖިއޯޕޮލިޓިކަލް ޙަޤީގަތުން ކަށަވަރުކޮށްދެނީ، ބައިނަލްއަޤްވާމީ މައިދާނުގައި ”ޑިމޮކްރެސީ“ ނުވަތަ ރައްޔިތުންގެ ވެރިކަމުގެ ނަމުގައި ހިންގާ ނިޒާމުތަކަކީ ބޮޑު އޮޅުވައިލުމެއް ކަމެވެ. ޕިއު ރިސާޗްގެ ހިސާބުތަކުން މުޅި ދުނިޔޭގެ %67 އާންމު ރައްޔިތުން އިޒްރޭލުގެ ސިޔާސަތުތަކާ ދެކޮޅަށް ތިއްބަސް، ހުޅަނގުގެ ސަރުކާރުތަކުން ދަނީ އެމީހުންގެ އަމިއްލަ ރައްޔިތުންގެ ރުހުމާ ޚިލާފަށް އިޒްރޭލުގެ ޢުދުވާނުތައް ދިފާޢުކޮށް، ހަތިޔާރު ފޯރުކޮށްދިނުމުގައި ބޮޑެތި ޚަރަދުތައް ކުރަމުންނެވެ.
މީގެ އިތުރުން، މުސްލިމް އަދި ޢަރަބި ޤައުމުތަކުގެ ވެރިން، އެމީހުންގެ އަމިއްލަ ދީނާއި މުސްލިމް އާބާދީތަކުގެ ނުރުހުމާއި ޠަބީޢީ ޝުޢޫރުތަކަށް ފުރަގަސްދީ، އެމެރިކާގެ ޚާރިޖީ ސިޔާސަތުތަކަށް ބޯލަނބައި ކިޔަމަންތެރިކަން އަދާކުރެއެވެ. ގިނަ ޢަރަބި ދައުލަތްތަކުން ދަނީ އިޒްރޭލާއެކު ރަސްމީ ސުލްޙައިގެ އެއްބަސްވުންތައް ޤާއިމުކޮށް، ގުޅުންތައް ދަމަހައްޓަމުންނެވެ. އަފްޣާނިސްތާނާއި، ޢިރާޤާއި، އަދި ސީރިއާގެ ތާރީޚީ ބަދަލުތަކުން ފެންނަން އޮތް ފަދައިން، ބާރުގަދަ ކާފަރު ވެރިކަންތަކުން މުސްލިމް ވެރިން ”ސިޔާސީ ކުޅިބައިގެ ކޮޅުތަކެއް“ ގެ ގޮތުގައި ބޭނުންކޮށްގެން އުންމަތް ބައިބައިކުރެއެވެ. މިއިން އެނގެނީ ޑިމޮކްރެސީއަކީ ހަމައެކަނި މުއްސަނދި އެލީޓުންނާއި ބައިނަލްއަޤްވާމީ ބާރުތަކުގެ ސިއްރު މަޞްލަޙަތުތައް ޙިމާޔަތްކުރަން އޮތް ފަސާދައިގެ ނިޒާމެއް ކަމެވެ.












