Wednesday, 9 September 2026
Ads by

ރައީސްގެ އިރުޝާދާއި ޙައްޖު ކޯޕަރޭޝަންގެ ޚިދުމަތްތަކަށް އިސްލާމިކް މިނިސްޓަރުގެ ތަޢުރީފު

ރައީސްގެ އިރުޝާދާއި ޙައްޖު ކޯޕަރޭޝަންގެ ޚިދުމަތްތަކަށް އިސްލާމިކް މިނިސްޓަރުގެ ތަޢުރީފު

1447 ވަނަ އަހަރު ޙައްޖާޖީންގެ ފުރަތަމަ ގުރޫޕް މައްކާއަށް ފުރުން.. ފޮޓޯ / އެމްއޭސީއެލް

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން، ﷲ ގެ ފަޟުލުވަންތަވެރިކަމުން ކާމިޔާބުކަމާއެކު ނިމިގެން ދިއުމާ ގުޅިގެން، ދިވެހި ޙައްޖުވެރިންނަށް ދެވުނު ޚިދުމަތްތަކަށާއި އިންތިޒާމުތަކަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ތަޢުރީފު ކުރައްވައިފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، ޙައްޖުވެރިންގެ ކަންކަން މެނޭޖް ކުރުމުގައްޔާއި ޚިދުމަތް ދިނުމުގައި ދިވެހިރާއްޖޭގެ ޙައްޖު ކޯޕަރޭޝަނުން ދައްކައިދިނީ އުފާކުރުން ޙައްޤު ނަމޫނާ ޚިދުމަތެއް ކަމަށެވެ. އަދި ދިވެހި ޙާޖީންގެ ކަންކަން ފަސޭހަަކަމާއި ފުރިހަމަކަމާއެކު ކުރިއަށް ގެންދިއުމަށް ހިތްވަރު ދެއްވައި، ވަރަށް ގާތުން އިރުޝާދާއި އެހީތެރިކަން ދެއްވަމުން ގެންދަވާތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ. ޚާއްޞަކޮށް އިސްލާމީ ދާއިރާގެ ކަންކަމަށް ރައީސް ދެއްވާ އަހަންމިއްޔަތު މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ޙައްޖުގެ އަޅުކަން ފަސޭހަކަމާއެކު އަދާކުރެވޭނެ ފުރިހަމަ އިދާރީ ނިޒާމެއް ރާއްޖޭގައި ޤާއިމުވެފައިވާކަން ޙައްޖު ކޯޕަރޭޝަނުން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ. އަދި ސަޢޫދީ ސަރުކާރުން ”މައްކާ ރޫޓް އިނީޝިއޭޓިވް“ ގެ ޚިދުމަތް ދިވެހިންނަށް ދެއްވުމަށް ނިންމެވި ނިންމެވުމަކީ މި ނިޒާމަށް ލިބިގެން ދިޔަ ވަރަށް ބޮޑު ފުރިހަމަކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ޙައްޖުގެ އިންތިޒާމުތައް ފުރިހަމަކުރުމަށް ކުރި މަސައްކަތުގެ އަގުވަޒަންކުރައްވައި، ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލަށާއި، ކޯޕަރޭޝަންގެ މުވައްޒަފުންނަށާއި، ޙާޖީންގެ އެހީތެރިންގެ އިތުރުން ޞިއްޙީ ޚިދުމަތްތެރިންނަށް މިނިސްޓަރު ޝުކުރާއި ތަހުނިޔާ ދެންނެވިއެވެ. ހަމައެއާއެކު، އިސްލާމިކް މިނިސްޓްރީގެ ޙައްޖާއި ޢުމްރާ ސެކްޝަނާއި މައްކާގައި ޤާއިމުކުރި ޙައްޖު މިޝަންގެ މަސައްކަތްތައްވެސް ފާހަގަކުރެއްވިއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ޙައްޖުގެ ކަންކަމުގައި ވެދެއްވާ މިންނެތް އެހީތެރިކަމަށްޓަކައި، ޚާދިމުލް ޙަރަމައިނިއްް ޝަރީފައިނި ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލު ސަޢުދުއަށާއި ވަލީ އަޙްދު މުޙައްމަދު ބިން ސަލްމާނަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ. އަދި ސަޢޫދީގެ ކަމާބެހޭ ވުޒާރާތަކުންނާއި ރައްޔިތުން ޙައްޖާޖީންނަށް ބަހައްޓާ ގާތްކަމަކީ ތާރީޚީ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ޑރ. ޝަހީމް ވަނީ ރާއްޖޭގެ ރައްޔިތުންނަށް ޙައްޖާއި ޢުމްރާގެ ޚިދުމަތްތައް ދިނުމުގައި މިހާރަށްވުރެ ފުރިހަމަ ނިޒާމެއް ޤާއިމުކުރުމަށް މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ދެއްވަވާފައެވެ. ”ޙައްޖާއި ޢުމްރާ އަށް ވަޑައިގަންނަވާ ފަރާތްތަކަށް ޚިދުމަތްކުރުމަކީ އަަޅުގަނޑުމެންނަށް ލިބޭ ޝަރަފެއް،“ މިނިސްޓަރު ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި