Sunday, 25 October 2026
Ads by

މުޖުތަމަޢުގެ އަމާންކަން ދެމެހެއްޓޭނީ ހެޔޮ ކަންތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީކޮށްގެން: ހުކުރު ޚުޠުބާ

މުޖުތަމަޢުގެ އަމާންކަން ދެމެހެއްޓޭނީ ހެޔޮ ކަންތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީކޮށްގެން: ހުކުރު ޚުޠުބާ

އިސްލާމްދީނުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ހިމެނޭ ހެޔޮ ކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމުގެ މުހިންމުކަމުގެ މޗަށް މިއަދުގެ ހުކުރު ޚުޠުބާގައި ޚާއްޞަ އަލިއަޅުވައިލުމެއް ދެއްވައިފިއެވެ.

Ad Image
Ads by

ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ބިނާކޮށްފައިވަނީ ”ހެޔޮ ކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުން“ މި މައުޟޫޢުގެ މައްޗަށެވެ. ޚުޠުބާގައި ބަޔާންކުރި ގޮތުގައި، މާތް ﷲއަށް އީމާންވުމާއި، އެކަކު އަނެކަކަށް ހެޔޮ ކަންތައްތަކުގައި އެހީތެރިވުމަކީ މުޖުތަމަޢު ނުބައި ކަންކަމުން ޙިމާޔަތްކުރުމަށް އޮތް އެންމެ ވަރުގަދަ ބަހާއެވެ.

ޚުޠުބާގައި ވިދާޅުވި ގޮތުގައި، ހެޔޮ ކަންތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރުމަކީ ވެރިކަން ދެއްވައިފި ބައެއްގެ މައްޗަށް އޮތް އެންމެ އިސް ވާޖިބެވެ. މިކަމުގެ ދަލީލެއްގެ ގޮތުން ކީރިތި ޤުރުއާނުގެ އާޔަތެއް ހިމަނައި، ބިމުގައި ބާރުވެރިކަން ލިބުމުން ނަމާދު ޤާއިމުކޮށް، ޒަކާތްދީ، ހެޔޮ ކަންތަކަށް އަމުރުކުރުމުގެ މުހިންމުކަން ވަނީ ހަނދާންކޮށްދީފައެވެ.

މާތް الله ވަޙީކުރައްވައިފައި ވެއެވެ. (كُنْتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنْكَرِ وَتُؤْمِنُونَ بِاللَّهِ)

މާނައީ: މީސްތަކުންނަށްޓަކައި“ ނެރުއްވި އެންމެ ހެޔޮ އުންމަތް ކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮ ކަންތަކަށް އަމުރު ކުރަމުއެވެ. އަދި، ނުބައި ކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން ﷲއަށް އީމާން ވަމުއެވެ.

މިއަދުގެ މުޖުތަމަޢުގެ ޙާލަތަށް އަލިއަޅުވައިލަމުން ޚުޠުބާގައި ފާހަގަކުރެއްވީ، ރާއްޖޭގެ އިޖުތިމާޢީ އަދި އަޚުލާޤީ ފޭރާމުގައި ރަނގަޅުކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަމެވެ. ވަކީން ޚާއްޞަކޮށް މީސްތަކުންގެ ލެޔާއި، މުދަލާއި، އަބުރު ރައްކާތެރިކުރުމަށްޓަކައި މުޅި މުޖުތަމަޢު ގުޅިގެން މަސައްކަތްކުރަން ޖެހިފައިވާކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މުންކަރާތްތައް މަނާކުރުމުގައި ކޮންމެ ފަރުދަކަށް ލިބިފައިވާ ޒިންމާގެ މައްޗަށް ބަޔާންކުރައްވަމުން، ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅެއްގެ އަލީގައި، އަތުން ނުވަތަ ދުލުން ނުވަތަ ހިތުން ނަމަވެސް ނުބައިކަންކަމާ ދެކޮޅު ހެދުމަށް ގޮވައިލެއްވިއެވެ. ނަވެއްގައި ދަތުރުކުރާ ބައެއްގެ މިސާލު ޖައްސަވައި، މުޖުތަމަޢުގައި ހިނގާ ނޭއްގާނީ ކަންކަން ހުއްޓުވުމަކީ އެންމެންގެ ސަލާމަތަށްޓަކައި ކުރަންޖެހޭ ކަމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. (من رأى منكم منكرًا فليغيره بيده، فإن لم يستطع فبلسانه، فإن لم يستطع فبقلبه، وذلك أضعف الإيمان)

މާނައީ: ތިޔަބައިމީހުން ކުރެ މީހަކަށް މުންކަރާތެއް ފެނިއްޖެ ނަމަ ފަހެ އެ މީހެއްގެ އަތުން، އެ ކަން މަނާކުރާށެވެ؟، އަތުން، މަނާކުރުމުގެ ކުޅަދާނަކަން ނުލިބުނު މީހާ، ދުލުން އެކަން މަނާކުރާށެވެ. ދުލުން މަނާކުރުމުގެ ކުޅަދާނަކަން ނުލިބުނު މީހާ ހިތުން އެ ކަމަށް އިންކާރުކުރާށެވެ. މިއީ އީމާންކަމުގެ އެންމެ ދަށު ދަރަޖައެވެ.

ޚުޠުބާ ނިންމަވައިލެއްވީ، ހަރުދަނާ އަޚުލާޤީ ޖީލެއް ބިނާކުރުމަށްޓަކައި މައިންބަފައިންނާއި، މުދައްރިސުންނާއި، ދީނީ ޢިލްމުވެރިން އަދި ދައުލަތުގެ މަސްއޫލުވެރިން އެކުގައި އަތުގުޅައިލުމަށް އިލްތިމާސްކުރައްވަމުންނެވެ. އަދި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ލިބިގެން މެނުވީ އަމާން އަދި ތަހުޒީބީ މުޖުތަމަޢެއް ބިނާނުކުރެވޭނެކަން ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި