Sunday, 26 July 2026
Ads by

”މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރަށް ލިބުނީ ކުރު މުއްދަތެއް، ބުރަ މަސައްކަތްތަކެއް ކުރަން ޖެހުނު“

”މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރަށް ލިބުނީ ކުރު މުއްދަތެއް، ބުރަ މަސައްކަތްތަކެއް ކުރަން ޖެހުނު“

ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސާއިދު---

ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، އިގްތިސާދީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި މި ސަރުކާރަށް ލިބުނީ ވަރަށް ކުރު މުއްދަތެއް ކަމަށާއި އެ މުއްދަތުގެ ތެރޭގައި ކުރަންޖެހުނީ ވަރަށް ބުރަ މަސައްކަތްތަކެއް ކަމަށް ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ސާއިދު މުސްޠަފާ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ސާއިދު މި މޭރުމުން ވިދާޅުވީ، ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގަިއ ވާހަކަދައްކަވަމުންނެވެ. ސާއިދު ވިދާޅުވީ، ކްރެޑިޓް ރޭޓިންގއަކީ ދައުލަތަކުން ދަރަންޏެއް ނަގާއިރު، އެ ދައުލަތުގެ މާލިއްޔާގައި އެ ކެޕޭސިޓީ އެއްބަސްވުމާ އެއްގޮތަށް އޮތްތޯ ބެލުމަށް މިނިވަންކަމާއެކީ ހަދާ ދިރާސާއެއް ކަމަށެވެ. މި ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސާއިދު ވަނީ ރާއްޖޭގެ ރޭޓިންގ ތާރީހަށް ވެސް އަލިއަޅުއްވާލައްވައިފައެވެ.

އެގޮތުން 2017 ވަނަ އަހަރު އެންމެ ފުރަތަމަ ރާއްޖޭގެ ހުރީ ރޭޓިންގ ”ބީ ޕްލަސް“ ގައެވެ. ނަމަވެސް އެ އަހަރު 250 މިލިއަން ޑޮލަރުގެ ”ސަނީ ސައިޑް“ ބޮންޑެއް ނެގުމުން އެ ދަރަނި އަދާކުރުމަށްޓަކައި 2021 ވަނަ އަހަރު އޭރުގެ ސަރުކާރުން 500 މިލިއަން ޑޮލަރުގެ ސުކޫކެއް ނެގިކަން ސާއިދު ފާހަގަކުރެއްވިއެވެ. އެ ދަރަނި ދައްކާ ހަލާސްކުރެވުނީ މިދިޔަ އޭޕްރީލް މަހުގައެވެ.

ހަމައެހެންމެ، ކޮވިޑް-19 ގެ ބަލިމަޑުގެ ދުވަސްވަރާއި އޭގެ ކުރިން ދިމާވި ސުނާމީ ކާރިސާގެ ސަބަބުން އިގްތިސާދަށް ކުރިމަތިވި ގޮންޖެހުންތަކާ ގުޅިގެން ރާއްޖޭގެ ރޭޓިންގ ”ބީ“ އަށް ދަށްވި ކަމަށް ސާއިދު ވިދާޅުވިއެވެ. އަދި ކުރީ ސަރުކާރުން ހަރަދުކުރުމުގައި ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން 2020 ވަނަ އަހަރު ރޭޓިންގ ”ސީސީސީ“ އަށް ދަށްވި ނަމަވެސް، 2021 އަދި 2022 ގައި ”ބީ މައިނަސް“ އަށް ރޭޓިންގ މަތިވިއެވެ.

ސާއިދު ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންނަށް ލިބޭ އަސާސީ ހިދުމަތްތަކަށް އެއްވެސް ބުރޫއެއް ނާރާނެހެން ދަރަނި އަދާކުރުމެވެ. ނަމަވެސް ކުރީ ސަރުކާރުގެ ދަރަނިތަކާއި ގައުމުގެ ހާލަތު އޭރު އޮތް ގޮތުން 2024 ވަނަ އަހަރު ރޭޓިން ”ސީސީސީ ޕްލަސް“ އަށް ދަށްވެ، ފަހުން ”ސީސީ“ އަށް ބަދަލުވިއެވެ. މިކަން މިހެން ދިމާވުމަށް މެދުވެރިވި ސަބަބެއް ކަމަށް ފިޗުން ފާހަގަކުރަނީ ރަސްމީ ރިޒާވުން ކުރަންޖެހޭ ބޭރު ފައިސާގެ ހޭދަތައް ބޮޑުވުމެވެ.

”ވަރަށް ކުޑަ ވަގުތުކޮޅެއް ސަރުކާރަށް ލިބުނީ ދިވެހި ރައްޔިތުންގެ އެކްސްޕެކްޓޭޝަނާ އެކީގައި ވަކި ގޮތަކަށް ކަންކަން ރާވާ ކުރިއަށް ގެންދަން، މި ބުރަ މަސައްކަތާ މި ސަރުކާރުން ހަވާލުވި، މިހާރު މިކަންކަން ކާމިޔާބުކޮށް ނިންމާލުމުގައި ބައިވެރިވެފައިވާތީ ވަރަށް ފަހުރުވެރިވޭ،“ – ސާއިދު ވިދާޅުވިއެވެ.

ދަރަނި ނެގުމަކީ އޭގެ ޒާތުގައި އެއްވެސް މައްސަލައެއް ނޫން ކަމަށާއި، މި ސަރުކާރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ގެނައި ތަރައްގީގެ ބަދަލުތަކާއެކު އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނަ ކަމަށް ސާއިދު ވަނީ އިތުރަށް ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި