Wednesday, 9 September 2026
Ads by

60 އަހަރުގެ ދިގު މުއްދަތަކަށްފަހު އިކޯސޮކްގެ ގޮނޑިއެއް ރާއްޖެއަށް

60 އަހަރުގެ ދިގު މުއްދަތަކަށްފަހު އިކޯސޮކްގެ ގޮނޑިއެއް ރާއްޖެއަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އދގެ މެންބަރު ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ މި ވޭތުކުރި 60 އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް، އދގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލް (އިކޯސޮކް)ގެ ގޮނޑިއަކަށް ދިވެހިރާއްޖެ އިންތިހާބުވުމަކީ، ތާރީހީ ކާމިޔާބީއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް މުޢިއްޒު މި މޭރުމުން ވިދާޅުވީ، އިކޯސޮކްގެ 2027 – 2029 ދައުރުގެ ގޮނޑިއަކަށް ދިވެހިރާއްޖެ އިންތިހާބުވުމުގެ ފަހުރުގައި މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ، މި ތާރީހީ ކާމިޔާބީން ރަމްޒުކޮށްދެނީ، ބައިނަލްއަގުވާމީ މަސައްކަތްތައް ކުރުމަށް، ބައިނަލްއަގުވާމީ މުޖުތަމައުގައި ދިވެހިރާއްޖެއާ މެދު އޮންނަ ޔަގީންކަމާއި، އެ މުޖުތަމައު ދިވެހިރާއްޖެއަށް ކުރާ އިތުބާރު ކަމަށެވެ.

ތަރައްގީވަމުން އަންނަ ކުޑަ ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން، މޫސުމީ ބަދަލުތަކާއި، އިގްތިސާދީ ވިލުންތެރިކަމާއި، ދެމެހެއްޓެވި ތަރައްގީ ގާއިމުކުރުން ފަދަ، ނާޒުކު ހާލަތްތަކަށް ހުށަހެޅިފައިވާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތަކުގެ ހައްސާސްކަން، ދިވެހިރާއްޖެއަށް ސީދާގޮތެއްގައި ފަހުމުވާކަން ރައީސް ފާހަގަކުރެއްވިއެވެ.

އިކޯސޮކް ވެގެންދާނީ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކާއި، ތަރައްގީވަމުން އަންނަ އެހެނިހެން ގައުމުތަކުގެ މަސްލަހަތުތައް އިސްކޮށް، އެ ގައުމުތަކުގެ އުންމީދުތަކުގެ އަޑުއުފުލަން ލިބޭ މަންސައަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ ފެންވަރުގައި އެއްބާރުލުންދިނުން އިތުރުކޮށް، ދެމެހެއްޓެނިވި ތަރައްގީއަށް ވާސިލުވާން ކުރާ މަސައްކަތްތަކުގެ ދުވެލި އަވަސްކޮށް، މިހާރަށްވުރެ އިންސާފުވެރި އަދި ވިލުންތެރި ބައިނަލްއަގުވާމީ ނިޒާމެއް ގާއިމުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި، ރާއްޖެއިން، ބައިނަލްއަގުވާމީ ބައިވެރިންނާއެކު ގާތުން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ވެސް ރައީސް މުޢިއްޒު ވަނީ ދެއްވައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި