Wednesday, 9 September 2026
Ads by

މިލަންދޫގައި ޢީދު ފާހަގަކުރުމުގެ ނަމުގައި މުންކަރާތްތަކަށް 3.2 ލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދުކުރި

މިލަންދޫގައި ޢީދު ފާހަގަކުރުމުގެ ނަމުގައި މުންކަރާތްތަކަށް 3.2 ލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދުކުރި

ށ. މިލަންދޫ ކައުންސިލުން މިއަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ކަމަށްބުނެ 321,000 އަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަން އެ ކައުންސިލުން ހާމަކޮށްފިއެވެ.

Ad Image
Ads by

މިލަންދޫ ކައުންސިލުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ކޮންޓްރެކްޓް އުސޫލުން އެކި ފަރާތްތަކާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ކަންކަމަށް ޖުމްލަ 321,940 ރުފިޔާ ވަނީ ހަރަދުވެފައެވެ. ޢީދު ފާހަގަކުރުމުގެ ގޮތުން ރަށުގައި ކުރިއަށްގެންދިޔަ މުންކަރާތްތަކަށް ހަރަދުކުރި ގޮތުގެ ތަފުސީލު މިހާރު ވަނީ އާންމުކޮށްފައެވެ.

އެގޮތުން، ”އާރޯ“ ނަމަކަށް ކިޔާ ގްރޫޕާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ކަންކަމަށް 34,499 ރުފިޔާ ހަރަދުކޮށްފައިވާއިރު، އެ ގްރޫޕުން ކުރިއަށްގެންދިޔަ ދަފިނެގުމުގެ ހަރަކާތްތަކަށް 49,451 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މީގެ އިތުރުން، ”ހިސް ސްޓާ އިންވެސްޓްމަންޓް“ އާ ހަވާލުކޮށްގެން ބޭއްވި ވާދެމުމުގެ މުބާރާތަށް 44,500 ރުފިޔާ ހަރަދުވެފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

މިއަހަރުގެ ޢީދު ހަރަކާތްތަކުގެ ތެރެއިން މިލަންދޫ ކައުންސިލުން އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ އާއިލީ ހަވީރަށެވެ. ”ޑީސްޓިންގްންސްޑް ސްޕޯޓްސް ގަބީލާ“ އާ ހަވާލުކޮށްގެން ބޭއްވި މި އާއިލީ ހަވީރަށް 179,990 ރުފިޔާ ހަރަދުކޮށްފައިވެއެވެ. އަދި ”ޑިވޯފް“ ކިޔާ ބަޔަކާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ގްރެސް ޑިޒައިންގެ މަސައްކަތްތަކަށް 13,500 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

މިއަހަރުގެ ބޮޑު އީދާ ގުޅިގެން ރާއްޖޭގެ ބައެއް އެހެން ކައުންސިލްތަކުން ވެސް ވަނީ ނަށާ ގްރޫޕްތަކާއި، ބޮޑުބެރު ގްރޫޕްތަކުގެ އިތުރުން މިއުޒިކް ބޭންޑްތައް ރަށްރަށަށް ގެންގޮސް މުންކަރާތްތަކަށް ބޮޑެތި ހަރަދުތަކެއް ކޮށްފައެވެ. މީގެ އިތުރުން މާލި ނެރުމާއި ކުލަ ޖެހުން ފަދަ، އީދު ދުވަހުގެ މަގުސަދާ އެދެވޭ ގޮތެއްގައި ނުގުޅޭ ކަންކަމަށް ވެސް ބައެއް ރަށްރަށުން ބޮޑެތި ހަރަދުތައް ކޮށްފައިވާކަން ފާހަގަކުރެވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި