Sunday, 26 July 2026
Ads by

ގައުމީ މަޝްވަރާގެ ހަގީގީ ނަތީޖާ ފެންނާނީ ހަމައެކަނި ދެކެވޭ ވާހަކައަކުން ނޫން، ކުރާ އަމަލުން: މެޑަމް ސާޖިދާ

ގައުމީ މަޝްވަރާގެ ހަގީގީ ނަތީޖާ ފެންނާނީ ހަމައެކަނި ދެކެވޭ ވާހަކައަކުން ނޫން، ކުރާ އަމަލުން: މެޑަމް ސާޖިދާ

ކުޑަކުދިންގެ ހައްގުތަކާ ގުޅޭގޮތުން ކުރެވޭ ގައުމީ މަޝްވަރާގެ ހަގީގީ ނަތީޖާ ފެންނާނީ، ހަމައެކަނި ދެކެވޭ ވާހަކައަކުން ނޫން ކަމަށާއި، ހަމައެއާއެކު، އެ މަޝްވަރާތައް ނިންމާލުމަށްފަހު އަމަލީ ގޮތުން ގެނެވޭ ހެޔޮ ބަދަލުތަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މެޑަމް ސާޖިދާ މި މޭރުމުން ވިދާޅުވީ، ހެލްތް މިނިސްޓްރީގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި، ގައުމީ ކުޑަކުދިންގެ ދުވަހުގެ ”މަޝްވަރާ“ ފޯރަމް އިފްތިތާހްކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުންނެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި، ކުދިންނަށް އަޅާލުމަކީ ހަމައެކަނި އެކުދިންގެ ޒަރޫރީ ބޭނުންތައް ފުއްދައިދިނުމެއް ނޫނެވެ. އެކުދިންގެ ވިސްނުން ތަރައްގީކުރުމާއި، ހުލްގު ހެޔޮ ދަރިންތަކަކަށް އެ ކުދިން ހެދުމުގެ އިތުރުން، އެ ކުދިންގެ ހިތްތަކުގައި އީމާންތެރިކަމާއި، ހަމްދަރުދީއާއި، ސާބިތުކަން އަށެގެންނެވުމަށް މަސައްކަތް ކުރުމަކީ ވެސް އެކަމުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.

ހަމައެހެންމެ، ހަގީގީ ރައްކާތެރިކަން ފެނިގެންދާނީ ގޭތެރެއާއި، ސުކޫލުތަކާއި، މުޖުތަމައުގައި ދެމެހެއްޓޭ އުސޫލުތަކާއި އަމަލުތަކުންކަން ފާހަގަކުރައްވައި މެޑަމް ސާޖިދާ ވަނީ، ކުދިންނަށް އޯގާތެރިކަމާއި، އަދަބުވެރިކަމާއި، އިހުތިރާމާއި، ރަނގަޅު އާދަތައް އަބަދު ވެސް ފެންނާނެ ފަދަ މާހައުލެއް ބިނާކުރުމަށް މައިންބަފައިންނަށާއި، މުދައްރިސުންނަށާއި، މުޖުތަމައުގެ އަފްރާދުންނަށް ގޮވާލައްވައިފައެވެ. އަދި އެއީ ކުދިންގެ އަޑުއަހާ، އެ ކުދިން ބަލައިގަނެ، އެ ކުދިންގެ އަގުވަޒަންކުރުމާއިއެކު ލޯބިދޭ މާހައުލަކަށް ވާންޖެހޭނެ ކަމަށް ވެސް އެކަމަނާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ކުދިންނަށް ކުރިމަތިވާ އަނިޔާއާއި، އިހުމާލުވުމާއި، ނަފްސާނީ ތަކްލީފުތަކަކީ ގިނަ ފަހަރަށް ހަނުހިމޭންކަމުގެ ތެރޭގައި ހިނގާ ކަންކަން ކަމުގައި ފާހަގަކުރައްވައި، މުޖުތަމައުތަކުން އަބަދު ވެސް ފާރަވެރިވެ ތިބުމަށާއި، ކުދިންގެ ވާހަކަތައް ކަނުލާ އެހުމަށާއި، ކަންބޮޑުވުމެއް އުޅޭނަމަ އެކަމަކަށް ފިޔަވަޅު އެޅުމަށް، މެޑަމް ސާޖިދާ ބާރުއެޅުއްވިއެވެ.

ޑިޖިޓަލައިޒޭޝަންގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން، ޑިޖިޓަލް މާހައުލުގައި ކުދިންނަށް ޒިންމާދާރުކަމާއިއެކު މަގުދައްކައިދިނުމަށް މައިންބަފައިންނަށާއި، ބެލެނިވެރިންނަށާއި، ތައުލީމީ ދާއިރާގެ ހިދުމަތްތެރިންނަށް މެޑަމް ސާޖިދާ ގޮވާލެއްވިއެވެ. ޓެކްނޮލޮޖީގެ ސަބަބުން އުނގެނުމާއި، ގުޅުން ބަދަހިކުރުމާއި، އާ އީޖާދުތަކަށް ފުރުސަތު ލިބުނު ނަމަވެސް، ފާރަވެރިވެ ތިބުމާއި، ހޭލުންތެރިކަމާއި، އިރުޝާދުތަކަށް ލާޒިމުކުރާ ފަދަ ހިރާސްތަކެއް ވެސް އެކަމުގައި ހުރި ކަމަށާއި ޓެކްނޮލޮޖީގެ ކުރިއެރުންތައް ހޯދަންވާނީ ކުދިންގެ ރައްކާތެރިކަމާއި، މައުސޫމުކަމާއި، ނަފްސާނީ ދުޅަހެޔޮކަން ގުރުބާން ނުކޮށް ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ސަރުކާރުން ފަށާފައިވާ ބައެއް މުހިންމު މަޝްރޫއުތަކަށް މެޑަމް ސާޖިދާ ވަނީ އަލިއަޅުއްވާލައްވައިފައެވެ. އެގޮތުން ނޭޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޝަން އެންޑް ރެސްޕޮންސް ޓު ވައިލެންސް އެގެއިންސްޓް ޗިލްޑްރަން 2024-2028، ކުޑަކުދިންގެ ހޮޓްލައިން 1412، އަދި އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލެއް ތަރައްގީކުރުމުގެ މަޝްރޫއު ފާހަގަކުރެއްވިއެވެ. އަދި އޮންލައިންވެށީގައި ކުދީން ރައްކާތެރިކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އުމުރުން 16 އަހަރުން ދަށުގެ ކުދިން، ބައެއް މީސް މީޑިއާ ޕްލެޓްފޯމްތަކަށް ވަނުން މަނާކުރުމަށް ނިންމާފައިވާ ނިންމުން ވެސް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި، ކުޑަކުދިންގެ ހައްގުތަކާއި ތަރައްގީއަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މަޖައްލާ އިފްތިތާހްކޮށްދެއްވަމުން މެޑަމް ސާޖިދާ އިތުރަށް ވިދާޅުވީ، މިފަދަ މަސައްކަތްތަކަކީ ހޭލުންތެރިކަން އިތުރުކުރުމަށާއި، ކުޑަކުދިން ރައްކާތެރިކޮށް އެ ކުދިންނަށް އެހީތެރިވުމަށް މުޖުތަމައުގެ ގާބިލުކަން އިތުރުކުރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަންކަން ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި