Wednesday, 9 September 2026
Ads by

ކޮލަމްބޯ ޕޯޓުން މުދާ ގެންނަން ދިމާވި ދަތިތައް އެމްޕީއެލްއިން ހައްލުކޮށްފި

ކޮލަމްބޯ ޕޯޓުން މުދާ ގެންނަން ދިމާވި ދަތިތައް އެމްޕީއެލްއިން ހައްލުކޮށްފި

މާލޭ ވިޔަފާރި ބަނދަރުން މުދާ ބޭލުން ލަސްވުމުގެ ސަބަބުން، އަވަށްޓެރި ސްރީލަންކާގެ ކޮލަމްބޯ ޕޯޓުން ރާއްޖެއަށް މުދާ ގެންނަން ދިމާވި ދަތިތައް މިހާރު އެއްކޮށް ހައްލުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ.

Ad Image
Ads by

މި އަހަރުގެ ކުރީކޮޅުން ފެށިގެން ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ ހަނގުރާމަތަކާއި، ޚާއްޞަކޮށް ޔަހޫދީންނާއި އެމެރިކާ ގުޅިގެން ދެމުންދާ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ކަނޑުދަތުރުފަތުރަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިކަމުގެ އަސަރު ރާއްޖޭގެ މާކެޓަށް ފޯރުނަ ނުދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކޮލަމްބޯ ބަނދަރުގައި ތާށިވެފައި ހުރި ކޮންޓެއިނަރުތައް ގެނައުމަށް ވަނީ ޚާއްޞަ އިސްކަމެއް ދީފައެވެ.

އެމްޕީއެލްއިން މައުލޫމާތު ދޭ ގޮތުގައި، މި މުއްދަތުގެ ތެރޭގައި ރާއްޖެއާއި ކޮލަމްބޯއާ ދެމެދު އާދައިގެ މަތިން ދަތުރުތައް ކުރަމުން ދިޔަ ނަމަވެސް، ގާތްގަނޑަކަށް 4,200 ކޮންޓެއިނަރު ލަންކާ ބަނދަރުގައި ވަނީ ތާށިވެފައެވެ. މީގެ ތެރޭގައި ވަކި ބާވަތްތަކުގެ މުދާ ހިމެނޭތީ، ރާއްޖޭގެ ބާޒާރުން އެ ތަކެތި ހުސްވިޔަ ނުދިނުމަށްޓަކައި ކަމާގުޅޭ އިދާރާތަކުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

މި މައްސަލައާ ގުޅިގެން އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މީގެ ކުރިން ވިދާޅުވެފައިވަނީ، މުދާ ގެނައުން އަވަސްކުރުމަށް ކަމާގުޅޭ ހުރިހާ އިދާރާތަކާއެކު ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ރާއްޖެއަށް ބޭނުންވާ ޒަރޫރީ ސާމާނު މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނުހަނު އިސްކަންދޭ ކަމެއް ކަމަށްވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

އެމްޕީއެލްއިން މިއަދު ބުނީ، ސަރުކާރުގެ ވުޒާރާތަކާއި ގުޅިގެން ކުރެވުނު މަސައްކަތުން މިހާރު އެ ހުރިހާ ދަތިތަކެއް ހައްލުވެ، މުދާ ގެނައުމުގެ ކަންކަން އާންމު ހާލަތަކަށް ރުޖޫޢަވެފައިވާ ކަމަށެވެ. މީގެ ސަބަބުން ރާއްޖޭގެ ވިޔަފާރިވެރިންނަށް މުދާ ލިބުމުގައި ހުރި ހުރަސްތައް ނެތިގެންދާނެ ކަމަށް އެ ކުންފުނިން އުންމީދު ކުރެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި