Wednesday, 9 September 2026
Ads by

”ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިވުމަކީ ރައީސް މުއިއްޒު ގެންނަވަމުންދާ މާލީ އިސްލާހުތަކުގެ ހެޔޮ ނަތީޖާ“

”ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިވުމަކީ ރައީސް މުއިއްޒު ގެންނަވަމުންދާ މާލީ އިސްލާހުތަކުގެ ހެޔޮ ނަތީޖާ“

އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ފިޗް ރޭޓިންގސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންނަވަމުންދާ މާލީ އިސްލާހުތަކުގެ ހެޔޮ ނަތީޖާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު ސަޢީދު މި މޭރުމުން ވިދާޅުވީ، ފިޗުން ރާއްޖޭގެ ރޭޓިން ’ސީސީ‘ އިން ’ސީސީސީ މައިނަސް‘ އަށް މަތިކުރުމާ ގުޅިގެން މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ފިޗްއިން ބުނާ ގޮތުގައި މިއީ މިދިޔަ އޭޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުމާ ގުޅިގެން، ގައުމު ބަނގުރޫޓުވުމުގެ ބިރު ކުޑަވުމުން ގެނައި ބަދަލެކެވެ.

މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި، މިއީ ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން އިގުތިސާދަށް ލިބެމުންދާ ކުރިއެރުމެކެވެ. އެގޮތުން އާމްދަނީ އިތުރުކުރުމަށް ގެންނަ ބަދަލުތަކާއި ބޭރު ފައިސާއާ ބެހޭ އާ ގާނޫނުގެ ސަބަބުން ދައުލަތަށް ޑޮލަރު ލިބޭ މިންވަރު އިތުރުވަމުން އަންނަ ކަމަށް ފިޗްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާކަން އޭނާ ވިދާޅުވިއެވެ.

ސަޢީދު ވަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ދަރަނީގެ ސިޔާސަތުތަކަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން މާލީ ނިޒާމަށް ކުރިމަތިވި ހީނަރުކަމަކީ ފައިސާ ޗާޕުކުރުމާއި ދަރަނި އަދާކުރާނެ ގޮތުގެ އެކަށީގެންވާ ޕްލޭނެއް ނެތި ބޮޑެތި އިންޓަރެސްޓް ރޭޓުތަކުގައި ލޯނު ނެގުމުގެ ސަބަބުން ދިމާވި ކަމެއް ކަމަށާއި ނަމަވެސް، އަދުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ އިގުތިސާދީ ހަމަޖެހުން ގާއިމުކޮށް، ދަރަނި މެނޭޖުކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި