Sunday, 26 July 2026
Ads by

ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިވުމަކީ ސަރުކާރުން ދަރަނި ދެއްކުމުގައި ހޯދި ކާމިޔާބީގެ ނަތީޖާ: ޒަމީރު

ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިވުމަކީ ސަރުކާރުން ދަރަނި ދެއްކުމުގައި ހޯދި ކާމިޔާބީގެ ނަތީޖާ: ޒަމީރު

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ފިޗް ރޭޓިންގސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކުރީ، އަދުގެ ސަރުކާރުން މާލީ ގޮތުން އަޅަމުން އަންނަ ހަރުދަނާ ފިޔަވަޅުތަކާއި ދަރަނި ދެއްކުމުގައި ހޯދި ކާމިޔާބީތަކުގެ ސަބަބުން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު ޒަމީރު މި މޭރުމުން  ވިދާޅުވީ ފިޗް ރޭޓިންގސްއިން ރާއްޖޭގެ ރޭޓިންގ ’ސީސީ‘ އިން ’ސީސީސީ‘ އަށް މަތިކުރުމާ ގުޅިގެން މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ޒަމީރު ވިދާޅުވީ، މި ކުރިއެރުމަކީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ދެއްކި 500 މިލިއަން ޑޮލަރުގެ ސުކޫކް ހިމެނޭހެން، ސަރުކާރުން ކާމިޔާބުކަމާއެކު ދަރަނިތައް އަދާކުރަމުންދާތީ ލިބުނު ކުރިއެރުމެއް ކަމަށެވެ.

ޒަމީރު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ”މެކްރޯ ފިސްކަލް“ ހަމަޖެހުން ގާއިމުކުރުމަށާއި ދެމެހެއްޓެނިވި މިންގަނޑެއްގައި ދަރަނި ހިފެހެއްޓުން ކަމަށެވެ. ހަމައެހެންމެ، ބައިނަލްއަގުވާމީ އިގުތިސާދަށް އަންނަ ލޮޅުންތަކުން އަރައިގަތުމުގެ ގާބިލްކަން އިތުރުކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޒަމީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލީޑަރޝިޕްގެ ދަށުން މާލީ ގޮތުން އަޅަމުން އަންނަ އިސްލާހީ ފިޔަވަޅުތަކަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި