ކުރިއަށް އޮތްތަނުގައި ޕީއެންސީގެ ވެރިކަމުގެ ހަގީގީ ފޮނި މީރުކަން ރައްޔިތުން ދެކޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މި މޭރުމުން ވިދާޅުވީ، ޕީއެންސީގެ ކޮންގްރެސް ބޭއްވުމަށްޓަކައި އެ ޕާޓީން ވަމުން އަންނަނަ ތައްޔާރީތަކާ ގުޅޭގޮތުން މީސް މީޑިއާގައި ހިއްސާކުރެއްވި ކުރު ޕޯސްޓެއްގައެވެ. ޝުޖާއު މި މޭރުމުން ވިދާޅުވީ، ޕީއެންސީގެ އާންމު މެންބަރުންނާ ބައްދަލުކުރުމަށް އެ ޕާޓީގެ ހާއްސަ ޓީމެއް އަތޮޅުތެރޭގެ ރަށްރަށަށް ދަތުރުކުރުމަށް އެ ޕާޓީން ނިންމުމާ ގުޅިގެންނެވެ.
ހުރިހާ ރަށަކުން ތައްޔާރުވޭ.ހުރިހާ މެމްބަރުން ހެޕީ ވާނެ.ޕާޓީގެ ވެރިކަމުގެ ފޮނި މީރުކަން އެންމެން ދެކޭނެ.އިންޝާالله@pnc_secretariat #ދިވެހީންގެރާއްޖެ https://t.co/ZDLsot5hv2
— Ibrahim Shujau (@IbrahimShujaau) June 3, 2026
ޕީއެންސީގެ ޓީމެއް އަތޮޅުތެރޭގެ ރަށްރަށް ވަރަށް އަވަހަށް ފުރާނެކަމުގެ އިޝާރާތެއް ދެއްވަމުން ޝުޖާއު ވަނީ، ހުރިހާ ރަށަކުން ވެސް މިކަމަށް ތައްޔާރުވުމަށް ގޮވާލައްވައިފައެވެ. އަދި ޕީއެންސީގެ ވެރިކަމުގެ ހަގީގީ ފޮނި މީރުކަން ކުރިއަށް އޮތްތަނުގައި ރައްޔިތުން ދެކޭނެ ކަމަށް ވެސް ޝުޖާއު ވަނީ ވިދާޅުވެފައެވެ.
”ހުރިހާ ރަށަކުން ތައްޔާރުވޭ. ހުރިހާ މެންބަރުން ހެޕީ ވާނެ. ޕާޓީގެ ވެރިކަމުގެ ފޮނި މީރުކަން އެންމެން ދެކޭނެ. އިންޝާالله“ – ޝުޖާއު ވިދާޅުވިއެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި، ޕީއެންސީގެ އާންމު މެންބަރުންނާ ބައްދަލުކޮށް، ޕާޓީގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި އެ ޕާޓީގެ އިސް ޓީމުތައް އަތޮޅުތެރޭގެ ހުރިހާ ރަށަކަށް ކުރާ ދަތުރުތަކުގެ ތައްޔާރީތަކާ ގުޅޭގޮތުން އިންތިޒާމް ކޮމިޓީން ވަނީ މަޝްވަރާ ބައްދަލުވުމެއް ވެސް ބާއްވައިފައެވެ.
ޕީއެންސީން މިހާރު ދަނީ ޕާޓީގެ އެތެރޭގެ ހިންގުން ވަރުގަދަކޮށް، ކުރިއަށް އޮތް ބޮޑު ކޮންގްރެސްއަށް ވާންޖެހޭ ތައްޔާރީތައްވުމުގެ އިތުރުން ނިންމަންޖެހޭ މުހިއްމު މަސައްކަތްތައް ނިންމުމަށް ކުރަންޖެހޭ މަސައްކަތްތަކެއް ކުރަމުންނެވެ.












