Sunday, 26 July 2026
Ads by

ނަޝީދަށް އެންމެ ބޮޑަށް ފާޑު ވިދާޅުވި ރޮޒައިނާ: އެމްޑީޕީއަށް ޖޯޝު ގެނެވޭނީ ނަޝީދަށް އެކަނި!

ނަޝީދަށް އެންމެ ބޮޑަށް ފާޑު ވިދާޅުވި ރޮޒައިނާ: އެމްޑީޕީއަށް ޖޯޝު ގެނެވޭނީ ނަޝީދަށް އެކަނި!

ރޮޒައިނާ އާދަމް---

އެމްޑީޕީއަށް އަނބުރާ ޖޯޝު ގެނެވޭނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޗެއާޕާސަންކަމުގެ މަގާމަށް ގެނެވިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރޮޒައިނާ މި މޭރުމުން ވިދާޅުވީ، އައްޑޫ ސިޓީގައި ބޭއްވި ނަޝީދުގެ ކެމްޕެއިން ޓީމުގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރޮޒައިނާ ވިދާޅުވީ، ނަޝީދާ ނުލައި އެމްޑީޕީން ވާދަކުރި ދެ އިންތިހާބުގައި ކަންކަން ވެގެންދިޔަ ގޮތް ވަރަށް ގާތުން ފެނިގެން ގޮސްފައިވާ ކަމަށެވެ. އަދި ނަަޝީދާއެކު ވާދަކުރި ކައުންސިލް އިންތިހާބުގައި އެމްޑިޕީއަށް ކާމިޔާބީ ލިބުނުކަން އޭނާ ފާހަގަކުރެއްވިއެވެ.

”އަޅުގަނޑުމެން އެންމެން ވެސް ގަބޫލުކުރަންޖެހޭ ހަގީގަތެއް ރައީސް ނަޝީދަކީ މި ޕާޓީއަށް ވަރަށް ޖޯޝު ގެނެސްދެއްވާ ބޭފުޅެއްކަން. އެހެންވީމަ އެ ޖޯޝާ ފޯރީގަ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެން ނުކުންނަން މި ޖެހެނީ. އެހެންވީމަ އެކަމަށް ބަލައިލާއިރު މި ވަގުތު ޗެއަރޕާސަން ކަމަށް ރައީސް ނަޝީދު ވަޑައިގަންނަވާ ނަމަ އަޅުގަނޑުމެންނަށް ފެންނަނީ މި ޕާޓީން ދުރަށް ޖެހުނު އެންމެން އަނބުރާ އައިސް އަޅުގަނޑުމެންނަށް މި ޕާޓީ އެކަތިގަނޑަކަށް ހަދައިގެން ކުރިއަށް ދެވޭނެ މަންޒަރު.“ – ރޮޒައިނާ ވިދާޅުވިއެވެ.

ނަޝީދަށް ތައުރީފްކުރައްވަމުން ރޮޒައިނާ މިހާރު ވާހަކަދެއްވި ނަމަވެސް މީގެ ކުރިން އޭނާއަކީ، ނަޝީދާ ދެކޮޅަށް، ކުރީގެ ރައީސް ޞާލިޙާއެކު މަސައްކަތް ކުރެއްވި ބޭފުޅެއްކަން ފާހަގަކޮށްލަންޖެހެއެވެ. އަދި އެތަކެއް ޖަލްސާއެއްގައި އަދި މީސް މީޑިއާގެ އެކި މަންސަތަކުގައި ވެސް ނަޝީދަށް އެންމެ ބޮޑަށް ފާޑު ވިދާޅުވި އެއް ބޭފުޅަކަށް ރޮޒައިނާ ވާނެއެވެ.

ނަމަވެސް އެމްޑީޕީގެ ޗެއަރޕާސަންކަމުގެ އިންތިހާބުގައި ނަޝީދު ވާދަކުރައްވަން ނިންމެވިކަން ހާމަކުރެއްވި ހިސާބުން ރޮޒައިނާ ވަނީ، ކުރީގެ ރައީސް ޞާލިޙް ދޫކުރައްވައި ނަޝީދަށް ތާއީދުކުރައްވާކަން ހާމަކުރައްވައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި