Wednesday, 9 September 2026
Ads by

ރާއްޖޭގައި ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަށް އަރައިފި

ރާއްޖޭގައި ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަށް އަރައިފި

ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ހިމަބިއްސަށް (މީސަލްސް) މިދިޔަ ހަފުތާގެ ތެރޭގައި އިތުރު ދެ މީހަކު ޕޮޒިޓިވްވެ، މި ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޖުމްލަ އަދަދު 11 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

Ad Image
Ads by

އެޗްޕީއޭއިން މައުލޫމާތު ދެއްވާ ގޮތުގައި، އަލަށް ފެނުނު ދެ ކޭސްވެސް ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ. މި ކޭސްތަކާ ގުޅިގެން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ކޮންޓެކްޓް ޓްރޭސިންގް ހަދައި، ސާމްޕަލް ނެގުމުގެ މަސައްކަތް ބާރުމިނުގައި ދަނީ ކުރަމުންނެވެ. މިގޮތުން ބައްޔަށް ޕޮޒިޓިވްވި މީހުންނާ ބައްދަލުވެފައިވާ (ޑައިރެކްޓް ކޮންޓެކްޓްސް) މީހުންގެ އަދަދު މިހާރު 152 އަށް އަރާފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

ހިމަބިއްސަކީ ކޮވިޑް-19 އާއި ޓީބީ ފަދަ ނުރައްކާތެރި ބަލިތަކަށްވުރެވެސް މާ ހަލުވިކޮށް ގައިންގަޔަށް އަރާ ބައްޔެކެވެ. ރާއްޖޭގެ އަވައްޓެރި އިންޑިއާ އަދި ބަންގްލަދޭޝް ފަދަ ގައުމުތަކުގައިވެސް މި ބަލި މިހާރު ދަނީ ވަރަށް ބޮޑަށް ފެތުރެމުންނެވެ.

ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށްޓަކައި، ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކެއްގައި މިހާރު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން ހިމަބިއްސަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ހޮސްޕިޓަލަށްދާ މީހުންނަށް ޚާއްޞަ ޑެސްކެއް މެދުވެރިކޮށް އަވަހަށް ފަރުވާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

އެޗްޕީއޭއިން އިލްތިމާސް ކުރައްވަނީ، ހުންއައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށެވެ. އަދި ހޮސްޕިޓަލަށް ދާއިރު މާސްކު އެޅުމަށާއި، ބައްޔަށް ޝައްކުކުރެވިގެން ޓެސްޓު ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ތިބުމަށްވެސް ވަނީ އަންގާފައެވެ. މީގެ އިތުރުން ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށްވެސް ވަނީ ނަސޭހަތްތެރިވެފައެވެ.

ސިއްޙީ މާހިރުން ފާހަގަކުރައްވާ ގޮތުގައި މި ބަލިން ރައްކާތެރިވުމަށް އޮތް އެންމެ މުހިންމު ހައްލަކީ ހިމަބިހި ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރުމެވެ. އެހެންކަމުން، މިހާތަނަށް ވެކްސިން ފުރިހަމަނުކޮށް ތިބި ފަރާތްތަކުން ވީ އެންމެ އަވަހަކަށް ވެކްސިން ޖެހުމަށް އެޗްޕީއޭ އާއި ޑޮކްޓަރުން ވަނީ ބާރުއަޅުއްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި