Saturday, 24 October 2026
Ads by

ތިލަމާލެ ބްރިޖްގެ ނުނިމި އިނީ ޗޮކްލެޓް ބަރއެއް ވަރުގެ ތަންކޮޅެއް: އިބްރާހިމް

ތިލަމާލެ ބްރިޖްގެ ނުނިމި އިނީ ޗޮކްލެޓް ބަރއެއް ވަރުގެ ތަންކޮޅެއް: އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު އެކްސް ގައި ހިއްސާ ކުރެއްވި ފޮޓޯ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ގްރޭޓަރ މާލެ ކްނެކްޓިވިޓީ ބްރިޖްގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ނިންމަވަމުން ގެންދަވާތީ ބަޔަކު އެމަނިކުފާނަށް ހަސަދަވެރިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މެންބަރު އިބްރާހިމް މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުޢިއްޒާ ވަކި ބަޔަކު ހަސަދަވެގެން، ޒާތީ ގޮތުން ޖައްސާލައިގެން އުޅޭ ސަބަބަކީ ރާއްޖޭގެ ބޮޑެތި ދަރަނިތައް ދައްކަވާދެއްވައި، ކުރިއަށް އޮތް ޖީލުތަކަށް އިގްތިސާދީ މިނިވަންކަން ހޯއްދަވައިދެއްވަމުން ގެންދަވާތީ ކަމަށެވެ.

ވަކިން ހާއްސަކޮށް، ކުރީ ސަރުކާރުން ފެށި އެހެންނަމަވެސް ނުނިންމުނު ބްރިޖްގެ މަސައްކަތް މި ސަރުކާރުން ހަލުވިކަމާއެކު ކުރިއަށް ގެންގޮސް ނިންމާލުމަކީ އެފަދަ ފަރާތްތަކަށް ކެތްކުރަން ދަތި މަންޒަރެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ މަސައްކަތާ ގުޅޭގޮތުން މެންބަރު އިބްރާހިމް ވިދާޅުވީ، ބްރިޖުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރު، މިހާރު ނުނިމި އިނީ ”ޗޮކްލެޓް ބަރއެއްވަރުގެ“ ކުޑަ ތަންކޮޅެއް ކަމަށެވެ. މިއީ ބްރިޖުގެ މަސައްކަތް ނިންމުމާ ވަރަށް ގާތްވެފައިވާކަން ހާމަކޮށްދިނުމަށް އޭނާ ބޭނުންކުރެއްވި މިސާލެކެވެ.

މެންބަރު އިބްރާހިމް މި މޭރުމުން ވިދާޅުވެފައިވާއިރު ފާހަގަކޮށްލަންޖެހޭ ކަމަކީ ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ބްރިޖުގެ އެއްވެސް މަސައްކަތެއް ފެށިފައެއް ނުވެއެވެ. ނަމަވެސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާއާއެކު ކުރެވުނު މަޝްވަރާތަކުގެ ސަބަބުން ބްރިޖްގެ މަސައްކަތް މެކުހަށް ޖަހާލައި އެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ.

މި މަސައްކަތް ކުރިއަށްގެންދާ އެފްކޮންސްއިން ބުނާ ގޮތުގައި ބްރިޖްގެ މަސައްކަތްތައް އެއްކޮށް ނިންމާލެވޭނީ އަންނަ 2027 ވަނަ އަހަރުގެ ތެރޭގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި