Wednesday, 9 September 2026
Ads by

ޕީއެންސީގެ ކޮންގްރެސް ބޭއްވުމަށްޓަކައި މުޅި ޕާޓީ އޮތީ ތައްޔާރަށް: ޝުޖާއު

ޕީއެންސީގެ ކޮންގްރެސް ބޭއްވުމަށްޓަކައި މުޅި ޕާޓީ އޮތީ ތައްޔާރަށް: ޝުޖާއު

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު ޝުޖާއު---

ޕީއެންސީގެ ކޮންގްރެސް ބޭއްވުމަށްޓަކައި ޕާޓީން ވާންޖެހޭ ތައްޔާރީތައް ވަރަށް ފުރިހަމައަށް ވަމުން އަންނަ ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޝުޖާއު މި މޭރުމުން ވިދާޅުވީ، ޕީއެންސީގެ މެންބަރުންގެ މަޖިލީހުން ބޭއްވި ބައްދަލުވުމަކާ ގުޅޭގޮތުން މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ޝުޖާއު ވިދާޅުވީ، މި ބައްދަލުވުމަށް ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މުހިންމު ހުށަހެޅުއްވުމެއް ހުށަހެޅުއްވި ކަމަށެވެ. އެމަނިކުފާނުގެ މި ހުށަހެޅުއްވުން މެންބަރުންގެ މަޖިލީހުގެ އިއްތިފާގުން ފާސްކޮށްފައިވާ ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

ޕާޓީގެ ހިންގުން މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ވެސް ޝުޖާއު ވަނީ އަލިއަޅުއްވާލައްވައިފައެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ޕާޓީގެ މެންބަރުންގެ މަޖިލީހުގެ ބައްދަލުވުންތައް ވަރަށް ގާތްގާތުގައި ބާއްވަމުން ގެންދާނެ ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

”ޕާޓީގެ މެންބަރުންގެ މަޖިލީހުގެ ނިންމުންތަކުގެ މައުލޫމާތު ސާފުކުރުމަށް ޝައުގުވެރިވާ އެންމެހައި ފަރާތްތަކަށް މިކަން ދަންނަވަން،“ – ޝުޖާއު ވިދާޅުވިއެވެ.

ޕީއެންސީން މިހާރު ދަނީ ޕާޓީގެ އެތެރޭގެ ހިންގުން ވަރުގަދަކޮށް، ކުރިއަށް އޮތް ބޮޑު ކޮންގްރެސްއަށް ވާންޖެހޭ ތައްޔާރީތައްވުމުގެ އިތުރުން ނިންމަންޖެހޭ މަސައްކަތްތައް ނިންމުމަށް ކުރަންޖެހޭ މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި